ޓިކް ޓޮކް ކުޅޭ މީހުން ދެކެ ކިތަންމެ ނަފްރަތެއް ކުރިޔަސް، މިއަދު ޤަބޫލު ކުރަން ޖެހޭ ޙަޤީޤަތަކީ ޓިކް ޓޮކް އަކީ މިހާރު ދުނިޔޭގައި އެންމެ ގިނަ މީހުން ބޭނުން ކުރަމުން އަންނަ އެއް އެޕްލިކޭޝަން ކަމެކެވެ. މިއާއެކު ޓިކް ޓޮކް އަކީ ކޯއްޗެއްކަން ހޯދާލަން ބޭނުންވާ އެތައް ބަޔަކު ތިބޭނެއެވެ.

ފެށިގެން އައީ ކިހިނެތް؟

ޓިކްޓޮކް މަޝްހޫރުވެގެންދިޔަ އައީ 2017 ނޮވެންބަރު މަހުގެ ޓިކްޓޮކް ކޮންޕެނީއިން 1 މިލިޔަން ޑޮލަރު ޚަރަދު ކުރުމަށްފަހު ގަތް މިއުޒިކަލީ އިންނެވެ. ގިނަ ބައެއްގެ ތާޢީދު މިއުޒިކަލީއަށް ލިބިފައިވާއިރު، ފަހުން މިއުޒިކަލީ ވަނީ ޓިކްޓޮކް އިން ގަނެފައެވެ. އެއާއެކު ފުރަތަމަ ތިން މަސް ތެރޭގައި 500 މިލިޔަން މީހުން، ތަފާތު 150 ޤައުމަކުން މި އެޕްލިކޭޝަން އަޅާފައިވެއެވެ. އަސްލު ޓިކްޓޮކް އެޕްލިކޭޝަންއަކީ ޗައިނާގެ އެޕްލިކޭޝަންއެކެވެ. މިއުޒިކަލީ އާ މާޖް ކުރުމުގެ ކުރިން ޓިކްޓޮކް ކުޅެމުން އައީ ހަމައެކަނި ޗައިނާގައެެވެ. 2016 ވަނަ ސެޕްޓެންބަރު މަހު ވުޖޫދަށް އައި ޓިކްޓޮކް ގިނަ ބައެއްގެ ތެރޭގައި މަޝްހޫރުވީީ، މިއުޒިކަލީ އާ މާޖް ކުރުމަށް ފަހުގައެވެ.

 

ރާއްޖޭގައި ޓިކްޓޮކް އާއްމު ވެގެން އައީ މިދިޔަ އަހަރު ޑިސެންބަރު މަހުގެ ތެރޭގައެވެ. އޭރު ގިނަ ބަޔަކު ޓިކްޓޮކް ކުޅުނު ކަމުގައި ވީނަމަވެސް ފަހަކަށް އައިސް ޓިކްޓޮކް ކުޅުން ގިނަ ބޔަަކު ވަނީ ހުއްޓާލާފައެވެ.