1.3 މިލިއަލް ޑޮލަރަށް ވިއްކާ ދުނިޔޭގެ އެންމެ އަގު ބޮޑު ސެންޓް ދުބާއީގައި ލޯންޗް ކޮއްފިއެވެ.

ޝުމުޚް 'ސްޕިރިޓް އޮފް ދުބާއި' ގެ ނަމުން ނަން ދީފައިވާ ދުނިޔޭގެ އެންމެ އަގުބޮޑު މި ސެންޓަކީ ގިނެސް ވާރލްޑް ރެކޯޑްގެ ގިނަ ރެކޯޑްތަކެއް މުގުރާލާފައިވާ މި ސެންޓުފުޅިއެކެވެ. 3،571 ޖަވާހިރާއި ޓޯޕެޒް، މުތް އަދި ރަން ފަދަ އެހެނިހެން އަގުހުރި އެއްޗެހި މި ސެންޓް ފުޅީގައި ހިމެނިގެންވެއެވެ. ސެންޓުފުޅި ހަދާފައިވަނީ ޢަރަބް އިމާރާތުގެ ސަގާފަތްތައް ދައްކުވައިދޭ ގޮތަށެވެ. މިގޮތުން ބަލާލާއިރު، އަރަބި އަސްތަކާއި، ފިނިފެންމާގެ އިތުރުން ދޫނިތައް ފެންނަން ފުޅިން ފެންނަން ހުރެއެވެ.

ފުޅީ ތައްޔާރު ކުރަން 3 އަހަރަށް ވުރެ ގިނަދުވަސް ހޭދަވި މި ފުޅީގެ ދިގުމިނުގައި 1.97 މީޓަރު ހުރެއެވެ. މި ސެންޓަކީ ދުނިޔޭގެ އެންމެ ދުރު ހިސާބަތަކުން ނަގާފައިވާ މާއްދާތަކުން ތައްޔާރުކޮށްފައިވާ ސެންޓެކެވެ. މިސެންޓުގައި ސެންޑަލްވުޑް އާއި މަސްކް އަދި ޓާކިޝް ރޯސް އާއި ޕަޗޫލީ، އީލަންގ-އީލަންގ އަދި އަގާވުޑްގެ ވަސްތައް އެކުލެވިގެން ވެއެވެ. ޢަރަބި ބަހުން "ޝުމުޚް"ގެ މާނައަކީ އެންމެ މަތީ ދަރަޖަ ޙައްޤުވާއެވެ.

ސެންޓްފުޅީގެ މޮޅު ކަމަށް ބަލާއިރު މި ފުޅިއަކީ ރިމޯޓުންވެސް ކުޅެލެވޭ ސެންޓްފުޅިއެކެވެ. އެހެންކަމުން މި ސެންޓަށް ވަނީ ގިނެސް ވާރލްޑް ރިކޯޑްގެ ދެ ޓައިޓަލް ލިބިފައެވެ. އެންމެ ގިނަ ޖަވާހިރު ހަރުކޮށްފައިވާ ސެންޓުފުޅި އަދި ރިމޯޓް ކޮންޓްރޯލެއް ބޭނުންކޮށްގެން އޮޕަރޭޓްކުރެވޭ އެންމެ ދިގު ސެންޓުފުޅީގެ ލަޤަބެވެ.

ދުބާއި މޯލްގެ ފެޝަން އެވެނިއުގައި މާޗު މަހުގެ 14 ވަނަ ދުވަހުން ފެށިގެން މާޗު 30ގެ ނިޔަލަށް "ޝުމުޚް" ސެންޓް ޑިސްޕޭލޭއި ކޮއްފައި ހުއްނާނެއެވެ. ދީފައިވާ މުއްދަތުގެ ތެރޭގައި ސެންޓުފުޅި ބަލާލުމުގެ އިތުރުން ވަކިވަކި ސެންޓުފުޅިތައް ގަނެ، އެ ފުޅިތަކުގައި ބޭނުން އެއްޗެއް ޖެހުމުގެ ފުރުސަތު ވެސް އާންމުންނަށް ވަނީ ހުޅުވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ބޭކާރު ލާރި ހަރަދުކުރާން ބޮލަށް ތެޔޮ އަރާފަ ތިބޭމީހުންނަށް ރަނގަޅުވާނެ ކެކެ

    7
    2