މެލޭޝިއަން އެއާލައިންސްގެ ފްލައިޓް، އެމްއެޗް370 ގެއްލުނުތާ މިދިޔަ މަހު އަށްވަނަ ދުވަހަށް ވަނީ ފަސް އަހަރުވެފައެވެ. ނަމަވެސް ފްލައިޓް ހޯދުމަށް މިހާތަނަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެ އެތައް ފަހަރެއްގެ މަތިން ފެށުމަށްފަހު ވެސް ހުއްޓާލަން ޖެހިފައެވެ. ފާއިތުވެދިޔަ ފަސް އަހަރުގައިވެސް، ކަމުގެ އެންމެ ތަޖުރިބާކާރުން ކުރި މަސައްކަތުން ފްލައިޓް ވީތަނެއް ހޯދިފައި ނުވާއިރު، އެއިން ދަތުރުކުރި މީހަކުވެސް ފެނިފައެއް ނުވެއެވެ. އެހެންކަމުން މި ހިތާމަވެރި ހާދިސާ ވަނީ ޖަވާބު ނޭނގޭ އެތައް ސުވާލަކާއި ގުޅިފައެވެ.

މެލޭޝިއަން އެއާލައިންސްގެ ފްލައިޓް 370 ހޯދުމަށް ފާއިތުވެދިޔަ ތަނުގައި އެތައް ބަޔަކު ގިނަ ދިރާސާތަކެއް ކުރިޔަށް ގެންދިޔައެވެ. އެގޮތުން ހެދި ދިރާސާތަކުން އެންމެ ބޮޑަށް ބުރަވެފައި ވަނީ އެ ފްލައިޓު ރައްކާތެރިކަމާއެކު ސިއްރު ރަންވޭއެއްގައި ޖައްސާފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށެވެ. އެއަށްފަހު އަނެއްކާވެސް މިވަނީ އާ ވާހަތަކެއް ފެންމަތިވެފައެވެ.

ރާޑަރުން ގެއްލުމުގެ ކުރިން އެމްއެޗް 370 އެހެން ފްލައިޓަކާ ކޮންޓެކްޓް ކުރި ކަމަށް، އެހެން ފްލައިޓެއްގެ ޕައިލެޓެއް ވަނީ ބުނެފައެވެ.

ނަން ހާމަކޮށްފައި ނުވާ ބޮއެން 777ގެ އެ ފްލައިޓްގެ ކެޕްޓަން ބުނެފައި ވަނީ އެމްއެޗް 370 އެމަޖެންސީގައި އެ ފްލައިޓާ ކޮންޓެކްޓް ކުރި ކަމަށެވެ. އަދި ބައެއް އަޑުތައް އިވުނު ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އެހެން ނަމަވެސް ކިޔާ އެއްވެސް އެއްޗެއް ސާފުކޮށް ނޭނގޭ ކަމަށް އެ ކެޕްޓަން ބުނެފައިވެއެވެ.

ޖަޕާނަށް ދިޔަ ފްލައިޓްގެ ކެޕްޓަން ދީފައިވާ އިންޓަވައިއާ ގުޅިގެން އާ ހޯދުންތަކެއް ފެންމަތިވެފައިވާ އިރު، އެމްއެޗް 370 ހޯދުމުގެ މަސައްކަތް މިހާރު ވަނީ ހުއްޓާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕީޖޭ

    އިސްރާއީލުގެ މޮސާޑުގެ ކަމެއް..މަހާތީރު މަތަކުރަން ސީދާ މުސްލިމުންނަށް ދިން ބޮނޑިއެއް..އަދި ޗައިނާގެ ނިއުކުލިއަރ ސައިންޓިސްޓުންގެ ބޭނުމުގައި

    16
    1