ރަނގަޅު ސިއްހަތެއްގައި ހުރުމަށް، ކެއުންބުއިމުގައި އެންމެ ރަނގަޅު ކާނާ ބޭނުން ކުރުމަށް ކޮންމެ މީހަކުވެސް މަސައްކަތް ކުރާނެއެވެ. އެންމެ ފައިދާ ހުރި ކާނާއަކީ ކޮބާތޯ ބަލާ، އެންމެ ފައިދާ ހުރި ކާނާ ކެއުމަށް ހުރިހާ އެންމެންވެސް މަސައްކަތް ކުރެއެވެ. އެހެން ނަމަވެސް ގިނަ ފަހަރު އެންމެ ފައިދާ ހުރި ކާނާ އާންމުކޮށް ދޫކޮށްލެވެއެވެ.

ކޮންމެވެސް ސަބަބަކާ ހުރެ، އެންމެ ފައިދާ ހުރި ކާނާ ދޫކޮށްލެވެނީ ކޮންމެވެސް ސަބަބަކާ ހުރެއެވެ. ނޫނީ ކުރިންސުރެ ގައިގައި ހިފާފައިވާ އާދައެއްގެ ސަބަބުންނެވެ. އާންމުކޮށް ގިނަ ބަޔަކު ދެކޭ ގޮތުގައި، ލޮނުމެދަކީ ވަސް ނުބައި އެއްޗެކެެވެ. އަދި ކާއެއްޗެހީގެ ރަހަ ވަރަށް ބޮޑަށް ބަދަލު ކޮށްލާ ބޭކާރު އެއްޗެކެވެ.

ލޮނުމެދު އެގޮތަށް ދޫކޮށްލެވިފައިވާ ނަމަވެސް، އެއީ އެއްގޮތަކަށްވެސް ދޫކޮށްލެވޭނެ އެއްޗެއް ނޫނެވެ. އެއަށްވުރެ މާބޮޑަށްވެސް ފައިދާ ބޮޑު އެއްޗެކެވެ. ލޮނުމެދުން ވިޓަމިން އޭ، ބީ އަދި ބީ1ގެ އިތުރުން ވިޓަމިން ސީ ހަށުގަނޑަށް ލިއްބައިދެއެވެ. އޭގެ އިތުރުން ހަށިގަނޑަށް ބޭނުންވާ މުހިއްމު ބައިތައް ކަމަށްވާ، ސަލްފާއާއި އައިޑައިޑްވެސް ލޮނުމެދުން ލިބޭ އިރު، ލޮނުމެދުގެ ސަބަބުން ލޭގެ ހިނގުން ރަނގަޅު ކޮށްދީ ކޮލެސްޓްރޯލް ވިރުވާލަ ދެއެވެ.

ހަމައެއާއެކު ހަށގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަކޮށް، ލޮނުމެދުގެ ސަބަބުން ހަށިގަނޑުގެ ބެކްޓީރިއާވެސް މަރާލަދެއެވެ.