ޓިކްޓޮކް އެޕްލިކޭޝަނ ބޭނުން ނުކުރެވޭނެހެން، އެޕަލްގެ އެޕް ސްޓޯރ އަަދި ގޫގަލްގެ ޕްލޭ ސްޓޯރ އިން ނަގައިދިނުމަށް އިންޑިޔާގެ އިލެކްޓްރޯނިކްސް އެންޑް އިންފޯމޭޝަން ޓެކްނޮލޮޖީ މިނިސްޓްރީން، އެޕަލް އަދި ގޫގަލްގައި އެދިއްޖެއެވެ.

އިންޑިޔާގައޮ ޓިކްޓޮކް މަނާ ކުރަން ކުރަމުން ދާ މަސައްކަތުގެ ތެރެއިން، އެޤައުމުގެ ބައެއް ސްޓޭޓްތަކުގައި މިހާރުވެސްވަނީ ޓިކްޓޮކް ކުޅުން މަނާކޮށްފައެވެ.

ޓިކްޓޮކް އެޕްލިކޭޝަން ނަގައިފިނަމަ، ފޯން ބޭނުންކޮށް އެ އެޕްލިކޭޝަން ހޯދަން އުދަގޫތަކެއް ކުރިމަތިވާނެއެވެ. ނަމަވެސް އޭރުންވެސް ޓިކްޓޮކްގެ ރަސްމީ ސައިޓަށްވަދެ އެޕްލިކޭޝަން ބޭނުން ކުރެވޭނެއެވެ. އަދި އެޕްލިކޭޝަން ބޭނުން ނުކުރެވޭގޮތަށް ހަދައިފިނަމަ، ވީޕީއެން ބޭނުންކޮށްގެން ޤައުމު އޮޅުވައިލައިގެން ބޭނުން ކުރެވޭނެއެވެ. ޓިކްޓޮކް ޙަޤީޤަތުގައި ހުއްޓާލަން ބޭނުންނަމަ އެކަން ކުރެވޭނީ ޓިކްޓޮކް ކުންފުންޏަށެވެ.

ޓިކްޓޮކް އަކީ ޗައިނާގެ ކުންފުންޏެއްކަމުގައިވާ ބައިޓްޑާންސް އިން އުފައްދާފައިވާ އަދި އެކުންފުނިން ހިންގަމުންދާ އެޕްލިކޭޝަނެކެވެ. ލަވަޔާއި އޯޑިޔޯ ކްލިޕުތައް ވީޑިޔޯއަށް އެއްކޮށްގެން އުފެއްދުންތައް، މި އެޕްލިކޭޝަނުން ހެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިއްބެ

    އިންޑިއާއިން ފުރަތަމަކުރަންވީ ކަމަކީ ކުޑަކުދިން ރޭޕްކުރުން ހުއްޓުވަން އޭގެފަހުން މުސްލިމުން މެރުން ހުއްޓުވުން

  2. Anonymous

    މޮޔަވެފަ ތިބި ބައެއްތީ؟