އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދޮށީ ދަރިފުޅު، ޑޮނަލްޑް ޖޯން ޓްރަމްޕް (ޑޮނަލްޑް ޓްރަމްޕް ޖޫނިއަރ) އޭނާގެ އަނބިމީހާ ވެނީސާ ޓްރަމްޕްއަށް ބޭވަފާތެރިވިކަން ފަޅާއަރައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ޑޮނަލްޑް ޓްރަމްޕް ޖޫނިއަރ ވެނީސާއަށް ބޭވަފާތެރިވީ އަނބިމީހާ އޭނާގެ ތިންވަނަ ދަރިފުޅަށް ބަލިވެ އިންދައި 2012 ވަނަ އަހަރުގެ ތެރޭގައެވެ. އެގޮތުން އޭނާ އައީ ލަވަކިއުންތެރިޔާ އޯބްރޭ އޯޑޭ އާއި ސިއްރު ގުޅުމެއް ބާއްވަމުންކަން ވަނީ އެނގިގެން ގޮސްފައެވެ.

ލަވަކިއުންތެރިޔާ އޯބްރޭ އޯޑޭ

މިދެމީހުން ސިއްރު ގުޅުމެއް ބާއްވަން ފަށާފައިވަނީ، އެމެރިކާގެ މަޝްހޫރު ރިއަލިޓީ ޝޯވް އެއް ކަމަށްވާ "ސެލެބްރިޓީ އެޕްރެންޓިސް"ގައި ބައިވެރިވެގެން އުޅުނު ދުވަސްވަރު ކަމަށް ވެއެވެ. އެގޮތުން ޕްރޮގްރާމް ކުރިއަށްދިޔަ ދުވަސްވަރުގައި، ކެމެރާގެ ފުރަގަހުން އެދެމީހުންގެ މެދުގައި ގުޅުމެއް ހިނގަމުންދިޔަކަމުގެ އަޑުތަކެއް ކުރިންވެސް ވަނީ ފެތުރިފައެވެ.

ބައެއް ރިޕޯޓްތަކުގައި ވާގޮތުގައި، ޑޮނަލްޑް ޓްރަމްޕް ޖޫނިއަރ ވަނީ އޯޑޭ އާއި ކައިވެނި ކުރުމަށްވެސް އޭނާއަށް ހުށަހަޅާފައެވެ. އެގޮތުން އޯޑޭ ކައިވެންޏަށް އެއްބަސް ވެއްޖެނަމަ، އޭރު ބަލިވެ އިން އަނބިމީހާ ދޫކޮށްލާނެ ކަމަށް ބުނެ އޯޑޭގެ ކިބައިން އެކަމަށް އެދެމުންދިޔަ ކަމަށްވެސް ވެއެވެ.

ނަމަވެސް ޑޮނަލްޑް ޓްރަމްޕް ޖޫނިއަރގެ އަނބިމީހާއަށް ފަހުން ވަނީ އެކަން ފަޅާއަރާފައެވެ. އޭނާއަށް އޯޑޭ އާއި ޑޮނަލްޑް ޓްރަމްޕް ޖޫނިއަރ ގެ ދެމެދުގައި ސިއްރު ގުޅުމެއް ހިނގާކަން ހާމަވީ ލީކުވި އީމެއިލްތަކެއްގެ ސަބަބުން ކަމަށް ވެއެވެ. އެއަށްފަހު އޯޑޭ އާއި ޑޮނަލްޑް ޓްރަމްޕް ޖޫނިއަރގެ ގުޅުންވެސް ހީނަރުވެގެން ދިޔަ ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

ޑޮނަލްޑް ޓްރަމްޕް ޖޫނިއަރ ކައިވެނީގެ ބޭރުން އެހެން އަންހެނަކާއި އެކު ގުޅުން ބޭއްވިކަން ހާމަވިއިރު، އޭނާގެ ބައްޕަ ޑޮނަލްޑް ޓްރަމްޕްވެސް އެފަދަ ޢަމަލެއް ހިންގާފައިވާކަމުގެ އަޑުތަކެއް ދާދިފަހުން ފެންމަތިވެފައިވެއެވެ. އެކަން ސިއްރެއްގެ ގޮތުގައި ބޭއްވުމަށް ޓްރަމްޕް އެ އަންހެން މީހާއަށް ފައިސާވެސް ދިން ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގަނޑިޔާ!!!

    ލައިކް ފާދާރު، ލައިކު ސާނު!!!! ފަރަންޖީ ބަސް ނުދަންނަ ބޭފުޅުން ފަރަންޖީ ބަސް ގަންނަ ރޯނު އެދުރަކާއި ކުއެއްޝަން ކޮށްލައްވާ!!!!