ރާއްޖޭގެ ޓިކްޓޮކްގެ ފަންނާނުން މިހާރު ވަރަށް މަޝްހޫރެވެ. އެ މީހުންގެ ހުނަރުވެރިކަން އިންތިހާއަށް ގޮސް އެންމެ ފަހުން ޓީވީ އިޝްތިހާރު ތަކާއި، ޕްރޮގްރާމްތަކުގައި އެ މީހުންގެ ވާހަކަދައްކަން ފަށައިފިއެވެ. އަދި މިހާރު ޓީކްޓޮކްގައި ފިޔަޖަހަމުން އަންނަ އެންމެ މަޝްހޫރު މީހުން މިވަނީ ފިިލްމާއި، ސީރީޒްތަކުން ޖާގަ ހޯދަން ފަށާފައެވެ.

އެގޮތުން އެންމެ އަވަހަށް ބެލުންތެރިންނާއި ހަމައަށް ފެނިގެންދާނެ އެއް ސީރީޒްކަމުގައިވާ "އެހެނަސް"ގެ އެންމެ ލީޑް ތަރިންގެ ގޮތުގައި ހިމެނެނީ ޓިކްޓޮކްގެ މަޝްހޫރު މީހުންނެވެ. ޓިކްޓޮކްގައި އެ މީހުންގެ އެކްޓިންގ ހުނަރު ދައްކާލުމާއެކު، އެތައް ބަޔަކަށް އެ މީހުން ކަމުގޮސްފިއެވެ.

އެ މީހުން ޓިކްޓޮކްގައި ދައްކަމުންދާ ހުނަރުގެ ހުރި ފެންވަރު ބަލަން ހޮވެއްޔެއް (އޮޑިޝަނެއް) ވެސް ބޭއްވިއެވެ. އޭގެން އެމީހުން ފާސްވީ ޔަގީނުންވެސް މަޝްހޫރު ޑައިރެކްޓަރުންނާއި، ޕްރޮޑިއުސަރުންނަށް ކަމުގޮސްގެންނެވެ.

ޓިކްޓޮކްގައި ފިޔަޖަހަމުން އަންނަ އަހުމަދު ވިޝާލްއަކީ އެހެނަސްގެ ބަތަލްއެވެ. އޭނާގެ އިތުރުން ޝަރާ، ޔާމިން، ޝަމަނާ މިއީ ޓިކްޓޮކްގައި އުދުހެމުންދާ ރާއްޖޭގެ ދޫނިތަކެވެ.

ޓިކްޓޮކްގެ މީހުންގެ ފިލްމީ ދުނިޔެއަށް

ރޭ ބައިސްކޯފްގައި ބޭއްވި އެހެނަސްގެ ޓްރެއިލާ ލޯންޗިންގ އިވެންޓްގައި، ސީރީޒްގެ ޑައިރެކްޓަރ ރަވީ ފާރޫގް ބުނީ، އެ ސީރީޒްގެ ބައެއް ތަރިންނަކީ އާ ތަރިން ނަމަވެސް، އެ މީހުންގެ އެކްޓިންގއިން އެކަން ނުފެންނާނެ ކަމަށެވެ.

އެހެންކަމުން ޓިކްޓޮކްގައި މި އުޅެމުންދާ ޒުވާނުންނަށް ފިލްމީ ދުނިޔޭގައި ފިޔަޖަހާލުމަށް މި ލިބެމުންދަނީ ރަނުގެ ފުރުސަތު ތަކެކެވެ. މިއީ ފެށުމެއް ކަމަށް ބަލަމާ ހިނގާށެވެ. ކުރިއަށް އޮތްތަނުގައި އިތުރު ޓިކްޓޮކް ތަރިންނަށް މިފަދަ ފުރުސަތު ލިބޭނެކަމަށް އުއްމީދު ކުރަމާ ހިނގާށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ނާލީ

  ޝަޒީލާ ނުފެނުނީމަ ވަރަށް ދެރަ....

  31
  15
 2. ބަކުރު

  ކޮބާ އަހުންގެ އަސްމާ!!! އަސްމާވަރެއްނުވާނެ...

  13
  4
 3. Anonymous

  Lol

  8
  1
 4. މަހަތުމާ ގާންދީ

  ޕަބްޖީ ކުޅޭކުދިން ހަނުރާމާގެ ދުނިޔެ އަށް?????????

  11
  1
 5. ފާތުން

  ހުސްވަގުތުތަކުގެ ބޭނުން ހެޔޮގޮތުގާ ބޭނުން ކުރޭ ޢަހުންނޭ.މާތްﷲ ނަހީކުރައްވަވާފައިވާ ކަންތައްތަކާ ދުރުހެލިވޭ.ހަމަ ކޮއްމެ ވަގުތެއްގާވެސް މަރުގެންދަވާފާނެ.

  13
 6. Anonymous

  މިކަހަލަ ކަސްބީން ތަނެއްގަ ތިބިއްޔާ އެބަޔަކު ނެރޭނެ ކަސްބީންގެ ދުނިޔެއައް