މިއީ ބ. ތުޅާދޫ ޒުވާނެކެވެ. ބޮޑުބެރުގައި ކުރިއަރާނެ އަދި ކުރިއަމުން އަންނަ ޒުވާނެކެވެ. މިހާރު މަންދީރާ ބޮޑުބެރު ގުރޫޕްގެ ކުޑައިގެ ދަށުގައި ބޮޑުބެރުގެ ދުނިޔޭގައި ކުރި އަރަމުން އަންނަ ތަރިއެކެވެ. މަންދީރާ ބޮޑު ބެރު ގުރޫޕްގައި އުޅޭތާ އަދި ތިން ވަރަކަށް މަސް ވީނަމަވެސް، އެ ގުރޫޕަށް އިބްރާހިމް އަހުޒަމް (19އ)ގެ ހިތްވަނީ، ވަކިނުވާ ވަރަށް ދެވިފައެވެ.

އަހުޒަމްގެ ބޮޑުބެރުގެ ފެށުމަކީ ކާފައެވެ. ކާފައަކީ ރަށުގެ "ބެރުގެ ވެރިޔާ"އެވެ. އެ ނަމުން ކާފަ ވަނީ ރަށަށް މަޝްހޫރުވެފައެވެ. އެހެން ނަމަވެސް މިއަދު އަހުޒަމަށް އެހިސާބަށް ދެވިފައި ހުރީ މަންމަ ފަރާތުގެ ބޭބެ (ކުޑަބެ)ގެ ފަރާތުން ކަމަށް އަހުޒަމް ބުންޏެވެ.

އަހުޒަމް މަންދީރަ ޓީމާއެކު ---

އަހުޒަމް ފާހަގަކުރިގޮތުގައި، އުމުރުން ގާތްގަނޑަކަށް ނުވަ އަހަރުގައި ބޮޑުބެރު ދަސްކޮށް، ބޮޑުބެރު ޖަހަން ފެށި ގޮތަށް ހުއްޓައެއް ނުލައެވެ. ރަށުގައި ބޮޑުބެރު ޖަހަމުން ދިޔައީ ކުރިއަށެވެ. އީދު ޝޯވތަކާއި އެހެނިހެން ހަރާކްތަތަކުުގައި ވެސް އަހުޒަމުމެން ދިޔައީ ވިދަމުންނެވެ. އެކަމުގައި ދެން އުޅެނީ އާއިލާގެ ފަސް މީހަކާއި، ރަހުމަތްތެރިންނެވެ.

"ބެރު ޖަހަން ދަސްކުރީ ކުޑަބެ ޖަހާތަން ބަލައިގެން ކުޑަބެއާއި އެކީގައި ޕްރެކްޓިސްތަކެއްކޮށްގެން،" އަހުޒަމް ބުންޏެވެ.

އަހުޒަމް ބޮޑުބެރުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވެފައި ހުންނަތާ ދުވަސްތަކެއްވިއެވެ. އެކަމަށް މަގުކޮށައިދިން ބަޔަކީ މަންދީރާ ބޮޑު ބެރު ގުރޫޕްކަމަށް އަހުޒަމް ބުންޏެވެ.

"ކުރީގައިވެސް ހުރީ މަންދީރާއިން ޗާންސް ލިބޭތޯ. ދެން ޗާންސްއެއް ލިބޭތޯ ބެލިން، ދެން އެކަމަކު ނުއެއް ލިބުން، މަންދީރާއިން އެކަނި ޓްެރައިވެސް ކޮށްފައި އިންނާނީ. އަސްލު މަންދީރާ ޗޫޒްކުރީ މިހާރަށް ބަލާފައި، އެންމެ ރަނގަޅީ މަންދީރާކަމަށް ވާތީ". އަހުޒަމް ބުންޏެވެ.

އަހުޒަމް މަންދީރަ ޓީމާއެކު ---

މަންދީރާ ޓީމަށް ތައުރީފް ކުރަމުން އަހުޒަމް ބުނީ، އެ ޓީމުގެ މެމްބަރުންނަކީ ވަރަށް އަހުލާގު ރަނގަޅު، މިހާތަނަށް ހަޔާތުގައި ފެނުނު ހުނަރުގެ ގޮތުން އެންމެ ތަފާތު އެއް ޓީމް ކަމަށެވެ. އަދި މަންދީރައަކީ ދެވަނަ އާއިލާގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ. އަހުޒަމް ބުނީ، މަންދީރާއިން ބޮޑުބެރުގެ ދާއިރާއަށް އިތުރަށް ވަނުމަށް ލިބުނު ފުރުސަތުގެ ސަބަބުން ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށެވެ. އެގޮތުން އުޅެން ދަސްވެއްޖެ ކަމަށާއި، ބޮޑުބެރާއި، ދިރިއުޅުމުގެ އެ ދިމާވާ ކަންކަމާއި ކުރިމަތިލާން ޖެހޭނެ ގޮތް ބުނެދޭ ކަމަށް އަހުޒަމް ބުންޏެވެ.

"މަންދީރާއަށް ޖޮއިން ކުރި ހިސާބުން އެނގިއްޖެ އާ ބިންގަލެއްކަން މި އެޅުނީ. ރަށުގައި މިކަން އޮތީ ކުއްލިއަކަށް މަޑުޖެހިފައި، މަޑުޖެހިފައި އޮއްވާ ކުއްލިއަކަށް މިކަހަލަަ އޮޕަޗުނިޓީއެއް ލިބުނީމަ ދެން މިއެއް ދުލެއް ނުކޮށްލާނަމޭ ހިތަށް އެރި. ކުރިއަށްއޮތް ތަނުގައި ބޮޑުބެރުގައި ދެވެން އޮތް ހިސާބަކަށް ދާނަން. ޓީމުގެ އުޅޭ މީހުންނާއި ސީނިއާ މީހުންގެ އިރުޝާދުގެ ދަށުން،" އަހުޒަމް ބުންޏެވެ.

ބޮޑުބެރުގެ ދާއިރާގައި އުޅޭ މީހުންނަކީ ލޯބީގެ ގޮތުން ވަރަށް ކާމިޔާބު ބައެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. އެކަމާއި ގުޅޭގޮތުން އަހުޒަމްއާވެސް ސުވާލުކޮށްލީމެވެ. އަހުޒަމް ބުނީ، އެއީ އިއްތިފާގުން ދިމާވާ ކަމެއް ކަމަށެވެ.

"ފޭމަސް މީހުންނަށް ވާނެ ހަމަ. އެކަމަކު ވަކި ފޭމަސް މީހުން ނޫނަސް ރައްޓެހިވާން ބޭނުންވާ މީހަކު ހުރިއްޔާ ރައްޓެހިވާނެ،" އަހުޒަމް ބުންޏެވެ.

އަހުޒަމް މަންދީރަ ކިޓްގައި ---

މަންދީރާއާއެކު ކުރިއަށްދިއުމުގެ އަޒުމުގައި ހުރި އަހުޒަމް ބޮޑުބެރު ދޫކޮށްލަން އެއްވެސް ވަރަަކަށް ބޭނުމެއް ނުވެއެވެ. ބޮޑުބެރުގެ ދާއިރާއިން ކުރިއަށް ދެވެން އޮތް އެންމެ ކުރިއަކަށް ދާން ތައްޔާރަށް ހުރިއިރު، ލޯބިވެރިޔާ ބުންޏަސް ބޮޑުބެރަށް ޖެހިފައި އޮތް ހިތް ފަނޑުކޮށްނުލެވޭނެކަމުގެ ޔަގީންކަން އަހުޒަމް ވަނީ ދީފައެވެ.

"ލޯބިވެރިއެއް ބުނެގެންނެއް ބޮޑުބެރަކާއި ދުރެއް ނުވެވޭނެ. އެކަމަކު މަންމަ ބައްޕަ ބުނެގެން ކޮންމެހެން ދޫކޮށްލަން ޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެއްޔާ ދޫކޮށްލާނަން. ރަނގަޅީ އެކަހަލަ ހާލަތެއް މެދުވެރި ނުވުން". އަހުޒަމް ބުންޏެވެ.

އަހުޒަމް ބޮޑުބެރުގައި އެހާ ދުވަސްވީއިރު، އޭނާގެ ވެސް ހުވަފެންތަކެއް އެބަހުއްޓެވެ. އެގޮތުން ރާއްޖޭގައި ނަން ވިދާލާވަރުގެ ބެރުވެރިއަކަށްވުމަކީ އޭނަގެ ހުވަފެނެއް ކަމަށް އަހުޒަމް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އޖޑ 19

  ހަރާމޭނުންތަ މިޔުޒިކު

  41
  1
 2. ޢަލީނަސީރު

  ނަރަކައިގެ އަލިފާނަށްވެސް ނުގުޑާނެބާ

  47
  2
 3. ނާއިޝް

  އަހުޒަމް ސާބަހޭ....

  4
  30
 4. މަ

  މަށަކީ އޭނަގެ ލޯބިވެރިޔާނަމަ ރުޅިވާން ބުއްޏަސް އެކަމާ ދުރުކުރާނަން..

  10
 5. ދޮން

  އުޅެން ދަސް ވެއްޖެޔޭ ބުންޏަސް އަދި އުޅެން ދަހެއްނުވޭ. މަވެސް އުމުރުން 6 އަހަރުގަ ބެރުޖަހަން ފަށައިފިން. ސްކޫލް ދައުރުގަ ބޮޑުބެރާއި ޑާންސުން ސުޕަރ ހިޓެއް. ޢެކަމް ޙަރާމް ކަމެއްވީމަ ހުއްޓާލީ.

  14
 6. ބަކަމޫން ދަ ހަސަދަކިންގް

  ޗަކޮޔާ! ޗަކޮއެ ދުވަހަކުވެސް މޫދަށްއެރެފަ ލޮނުބޮއެފިންތަ؟ ރަހަބަލޭލުމުން ޗަކޮޔަށް އެނގޭނެ ބޭބެމިބުނާ ވާހަކަ. ހިއެއްނުވޭ މިސޮރު ދުވަހަކުވެސް އަދި ވަޅެއް ދިޔަހިއްކާލި ހެނެއް.
  އެސޮރަށް އެނގޭނެބާ؟

  1
  1