ކްރޮސްރޯޑްސް މޯލްޑިވްސް އާއި ބައިސްކޯފް ގުޅިގެން "ބެޓްލް އޮފް ބޮޑުބެރު"ގެ ނަމުގައި ބޮޑުބެރު ޗެލެންޖެއް މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަން ތައްޔާރުވެއްޖެއެވެ. މި ޗެލެންޖްގައި ބޮޑުބެރާއެކު، އެހެނިހެން މިއުޒިކަލް އިންސްޓްރުމެންޓްސްވެސް ބޭނުން ކުރެވޭނެއެވެ.

މި ކްރޮސްރޯޑްސް މޯލްޑިވްސްއިން ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ. މި މުބާރާތުގައި ވަކިވަކިން ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮތްއިރު، ފަސް މީހުންގެ ގްރޫޕަކުންވެސް ބައިވެރިވެވޭނެއެވެ.

ރާއްޖެއަކީ ބޮޑުބެރުގެ ފޯރި ވަރަށް ގަދަ ގައުމެކެވެ. ހާއްސަކޮށް މިފަދަ ފޯރިގަދަ ޗެލެންޖްތައް މީގެ ކުރިން އެތައް ފަހަރެއްގައި ބާއްވާ، ބޮޑުބެރުގައި ދިވެހިންގެ ލޭ ކައްކުވާލިއެވެ. އަދި ބޮޑުބެރަށް ގިނަ ޒުވާނުންވެސް ނެރެދިނެވެ.

ކްރޮސްރޯޑްސް މޯލްޑިވްސް އިން ބުނީ، މި ބޮޑުބެރު ޗެލެންޖްގައި ބައިވެރިވުމަށް އެންމެންނަށް ހުޅުވާލާފައިވާ ކަަމަށެވެ. އަދި އެޕްލިކޭޝަން އަންނަ މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ހުށަހެޅޭނެ ކަމަށް ބުނެފައި ވެއެެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ އޮޑިޝަނެއް ބާއްވާ، އެ އޮޑިޝަނުން ހޮވާލެވޭ ފަރާތްތަކަށެވެ. އެ ފަރާތްތަކަށް ހޮވުމަށް ބާއްވާ އޮޑިޝަން އޮންނަ ތާރީހް އަންނަ މަހުގެ 10 ވަނަ ދުވަހު އިއުލާނު ކުރާނެއެވެ. މި އޮޑިޝަން ބާއްވާ ގޮތަށް ހަމަޖެހިފައި ވަނީ ބައިސްކޯފްގެ ސްޓޫޑިއޯގައެވެ.

މި މުބާރާތުގައި ފަނޑިޔާރުންގެ ގޮތުގައި ހަރަކާތްތެރިވާނީ ރާއްޖޭގެ ނަން މަޝްހޫރު ދާއިރާގެ ލެޖެންޑުންނެވެ. އަދި ފައިނަލަށް ދާ ފަރާތްތައް ހޮވާނީ ފަނޑިޔާރުންގެ މާކްސް އާއި ބެލުންތެރިންގެ އެސްއެމްއެސް އިންނެވެ.

އެގޮތުން ގްރޭންޑް ފިނާލޭއަށް ހަތަރު ޓީމެއް ހޮވާނެއެވެ. އަދި ގްރޭންޑް ފިނާލޭ ބޭއްވުމަށް ހަމަޖެހިފައި ވަނީ ކްރޮސްރޯޑްސް މޯލްޑިވްސްގެ ދަ ހާޑް ރޮކް ކެފޭގައެވެ. މުބާރާތުގެ އެއް ވަނަ ޓީމް ހޮވާނީ، އެ ޝޯގެ ފޯރިގަދަ ހުށަހެޅުންތަކަށް ބެލުމަށް ފަހުއެވެ.

މިއީ ދިވެހި އާޓިސްޓުންނަށް އެ މީހުންގެ ހުނަރު ދައްކާލުމަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ. މިއީ މިއުޒީޝަނުންނަށް އެ މީހުންގެ އަމިއްލަ ދިވެހި ވަންތައް ބޮޑުބެރު ލަވަތައް އުފައްދަންވެސް ލިބޭނެ ރަނުގެ ފުރުސަތެކެވެ.

އަދި މުބާރާތުގެ އޮޑިޝަނާއި، ގްރޭންޑް ފިނާލޭއަށް ހޮވޭ ފަރާތްތަކުގެ ހުށަހެޅުންތައް ބައިސްކޯފްއިން ރެކޯޑް ކުރުމަށް ހަމަޖެހިފައިވާއިރު، އެ އެޕްލިކޭޝަން މެދުވެރިކޮށް އެ ހުށަހެޅުންތައް ބަލާލެވޭނެ ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަހުމަދު

    މިއުޒިކަކީ ހަރާމް އެއްޗެއް. ޒުވާނުންނަށް މިއައްވުރެ މާ ފައިދާ ހުރި ކަން ކަން އެބަހުރި

    30
    3
  2. ބާޗީ

    ޝުކުރިއްޔާ ތިޔަ ކުރައްވާ ހިތްވަރަށް ކުރޮސްރޯޑްސް. ރާއްޖޭގަ އުވިގެންދާ ހުރިހާ ކަމެއް އަނބުރާ ގެންނާތީ ޝުކުރިއްޔާ.

    4
    14
  3. Anonymous

    އަދިވެސް މީސްތަކުން ﷲ ގެ މަގުން ދުރައްދާނެހާ ދުންމާރިތަކުގެ މުބާރާތްތައް ބާއްވަނީ. މިހާރުވެސް ޤައުމު އަޚްލާޤިއްޔަތު ގޮއްސާ އޮތް ހާލަތަކީ އެމެރިކާގެ ނިއުޔޯކު ގެ ހާލަތު.
    ނިމިދިޔަ ޢީދުގައި މި ރަށުގައި އޮތް ކުޅިވަރުތަކުގައި، ބެރުދުންމާރި ލަވައިގެ އަޑުގަދަކަމުން އަސުރުނަމާދު ކުރަންވެސް މިސްކިތުގެ މީހުންނަށް އުނދަގޫވި.

  4. ދިދަ ދަނޑި

    މިހާރު މިރާއްޖެއަކު ނެތް ބޮޑުބެރެއް... މިފަހުން އައި ބައިގަނޑެއް މުޅި ބޮޑުބެރު ހަރާބުކޮށްފި... ބޮޑުބެރޭ ކިޔާއިރަށް އެތަނަކަށް ފާވެ އެކަމެއް ފަނިކުރާނެ، އެވަރުގެ ބަޔަކުނެތިގެން.

    11
    3
    • Anonymous

      وَمِنَ ٱلنَّاسِ مَن يَشْتَرِى لَهْوَ ٱلْحَدِيثِ لِيُضِلَّ عَن سَبِيلِ ٱللَّهِ بِغَيْرِ عِلْمٍۢ وَيَتَّخِذَهَا هُزُوًا ۚ أُو۟لَـٰٓئِكَ لَهُمْ عَذَابٌۭ مُّهِينٌۭ (ލުޤްމާން ސޫރަތުގެ 6 ވަނަ އާޔަތް)

      وَمِنَ ٱلنَّاسِ އަދި މީސްތަކުންގެ ތެރޭގައި ވެއެވެ.
      مَن يَشْتَرِى ގަންނަ މީހުން. ގަނެވިއްކާ މީހުން
      لَهْوَ ٱلْحَدِيثِ ލަވަ (ލަވަޔާއި ލަވަ އަޑުއެހުމާއި)
      لِيُضِلَّ عَن سَبِيلِ ٱللَّهِ ﷲ ގެ މަގު ބަންދުކުރުމަށް (ﷲ ގެ މަގުން ވާވެއްދުމަށް)
      بِغَيْرِ عِلْمٍۢ އެއްވެސް އެނގުމަކާ ނުލައި

      وَيَتَّخِذَهَاهُزُوًا ۚ އަދި އެތަކެތި (ﷲ ގެ އާޔަތްތަކާއި ޒިކުރު) ބޭކާރު ތާކުންތާކު ނުޖެހޭ އެއްޗަކަށް ހަދައި
      أُو۟لَـٰٓئِكَ لَهُمْ ކަނޑައެޅިގެން އެމީހުންނަށް ހުންނަހުށީ
      عَذَابٌۭ مُّهِينٌۭ އިހާނާތްތެރި ކުރެވިގެންވާ ޢަޒާބެކެވެ.

      އިޖްމާލީ މާނަ: އަދި މީސްތަކުންގެ ތެރޭގައި لَهْوَ ٱلْحَدِيثِ (ލަވަ އަދި ލަވަޔާއި މިޔުޒިކު) ގަންނަ މީހުން (ނުވަތަ ގަނެވިއްކާ މީހުން) ވެއެވެ. އެމީހުން އެ ގަނެވިއްކާ ހަދަނީ އެއްވެސް އެނގުމެއް ނެތި ﷲ ގެ މަގު މީސްތަކުންނަށް އޮޅުވާ އެމީހުން މަގުފުރެއްދުމަށްޓަކައެވެ. އަދި ﷲ ގެ އާޔަތްތަކާއި ޒިކުރު ނުވަތަ އިސްލާމްދީން ތާކުންތާކު ނުޖެހޭ ބޭކާރު އެއްޗަކަށް ހެދުމަށްޓަކައެވެ. އެމީހުންނަށް (ޤިޔާމަތްދުވަހުން) ހުންނަހުށީ ހަމަ އިހާނާތްތެރިވެގެންވާ ޢަޒާބެވެ.

      ތަރުޖަމާ(ޤުރުއާނުގެ މާނައިގެ ދިވެހި ތަރުޖަމާ: ފަޟީލަތުލް އުސްތާޒުއް ޝައިޚް އަލް މަރްޙޫމް އަބޫބަކުރު އިބްރާހިމް/ ބަކުރުބެ)

    • އަނި

      ދީނީ އިލްމޭ ކިޔާގެ މި ގައުގައި ތިބި ކޭކު އިލުމުވެރި ކުރަނީ ކޮންކަމެއް ބާ؟

  5. ާައާލިން

    ބޮޑުބެރާ އެކު މިއުޒިކް އިންސްޓްރުމެންޓސް ބޭނުން ކުރީމަ ރިދަމް ރީތިވެފަ މިޔުޒިކް ސަޅިވޭ. ތަފާތު މުބާރާތަކަށް ވާނެ.

    1
    8
  6. Anonymous

    އަލްހަމްދްﷲ ވަރައް އުފާވެރި ޚަބަރެއް. މިޤަޢުމުގެ ޒުވާނުންގެ ބޯ ކެއުމައިގެން ސަލަފީންތައް އަބަދުއުޅެނީ

    5
    9
    • الحمدلله

      ސަލަފީ ދަޢުވަތަކީ ﷲ އާއި އެއިލާހުގެ ރަސޫލާއަށް (ޤުރުއާން އަދި ސުންނަތަށް( ޞަޙާބީން އަދި އެބޭކަލުންނަށް ތަބާވި ބޭކަލުން ތަބާވި ގޮތަށް ތަބާވުން. އަދި ސަލަފީންނަކީ ދަލީލަކާ ނުލައި އެއްވެސް ބަޔަކަށް ތަބާވާ ބައެއްނޫން. މިއީ ޙައްޤު ސަލަފިއްޔަތަކީ.އަދި ސަލަފީންނަކީ ވަކި ޖަމާޢަތެއްގެ ނުވަތަ ވަކި ބަޔަކަށް ނިސްބަތްވާ ބައެއްނޫން.

      3
      1
  7. ޥާރިޝް

    ކްރޮސްރޯޑްސް އިން ދިވެހި ޒުވާނުންނަށް ގިނަ ފުރުސަތުތައްދޭތީ އުފާވޭ. ރާއްޖެ އަނބުރާ ހޯދަން އެބަ ޖެހޭ.

    1
    9
  8. Anonymous

    ޤުރުނާއި މިޔުޒިކަކީ އިންސާނެއްގެ ހިތުގައި އެއްފަހަރާ ޖަމާވާނެ ދެ އެއްޗެއް ނޫން. ކޮންމެސް އެކައްޗެއް ނެރެން ޖެހޭނެ.

    5
    1
  9. އަލި ދީދީ

    މިއުޒިކަކީ ހަރާމް އެއްޗެއްތޯ؟ .100 ސޭހުން މިކަމާ އެއްޗެއް ބުނެބަލަ

    1
    1
  10. އާދަމް

    ލަވަޔާއި މިޔުޒިކަކީ ޤުރުއާނާއި ސުންނަތުގައި ހަރާމް އެއްޗެއް. ލުޤްމާން ސޫރަތުގެ 6 ވަނަ އާޔަތުގެ "ލަހްވަލް ޙަދީޘް" އަކީ ލަވަ ކަމަށް ތަފްސީރުގައި ވަނީ. އަދި މި އުންމަތުގައި ލަވަޔާއި މިއުޒިކު ހުއްދަކުރާނެ ބައެއް އަންނާނެ ކަމަށް ރަސޫލާ صلي الله عليها وسلم ގެ ހަދީސް ބަސްފުޅެއްގައި ވޭ. މިކަމުންވެސް އެނގެނީ ލަވަޔާއި މިޔުޒިކަކީ ހަރާމް އެއްޗެއްްކަން.
    މަށަކީ ޝައިޚެއް ނޫން. ނަމަވެސް ދީނީ މައުލޫމާތު ހޯދާ ދިރާސާކުރުމުގެ ތެރެއިން ދަންނަބޭކަލުންގެ ބަޔާންތަކުން ލިބުނު ސައްހަ މައުލޫމާތެއް މިއީ.

    3
    1