މިސްރުގެ ސިޓީއެއް ކަމަށްވާ ޖީޒާގައި ހުންނަ އަހުރާމެއްގެ ތެރެއިން 4500 އަހަރު ވެފައިވާ މަހާނަތަކެއް ފެނިއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި މަހާނަތައް ފެނުނީ، މީގެ ކުރިން އެ އަހުރާމުގެ ތެރެއިން ބަލާފައި ނުވާ ސަރަޙައްދެއްގެ ބިންގަނޑުގެ އަޑިންނެވެ. ވަކަރުން ތައްޔާރުކޮށް ކުލަތަކެއް ބޭނުންކޮށްގެން ކުލަޖައްސާފައިވާ އެ މަހާތައް ފެންނަ ފޮޓޯތައް މިހާރު މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ގިނަ ސިއްރުތަކެއް ފޮރުވިފައިވާނޭ ކަމަށް ބެލެވޭ އަހުރާމެއްގެ ތެރެއިން ރަނގަޅު ފެންވަރެއްގައި ތައްޔާރުކޮށްފައި ހުރި ދެ މަހާނައެއް ފެނިފައިވާއިރު، މިއީ ކުރީ ޒަމާނުގައި މިސްރުގެ އިސް ދެމީހެއްގެ މަހާނަ ކަމަށް ވަނީ ބެލެވިފައެވެ.

މިސްރުގެ އަހުރާމުތަކަކީ މީގެ އެތައް ހާސް އަހަރެއް ކުރިން ދުނިޔޭގައި އުޅުނު ބަޔަކު ބިނާކޮށްފައިވާ ބިނާތަކެކެވެ. ވަސީލަތްތައް މަދު އެ ޒަމާނުގައި މިފަދަ ބޮޑެތި ތަންތަން އަޅައި ތައްޔާރުކޮށްފައިވުމާއި މެދު އެތައް ބައެއްގެ ހިތްތަނުގައި ސުވާލު އުފެދިފައިވާއިރު، އެކަމުގެ ހަޤީޤަތް މިހާތަނަށް ޔަޤީން ކަމާއެކު މީހަކަށް ބުނެވިފައެއް ނެތެވެ.

މިސްރުގެ އެކި ކަންކޮޅުތަކުގައި އެވޭލާޒަމާނަށް ނިސްބަތްވާ 80 އަށްވުރެ ގިނަ އަހުރާމު ވެއެވެ. އޭގެތެރެއިން އެންމެ ބިޔަކޮށް އެންމެ ފެންވަރު ރަނގަޅަށް ހުރީ ޖީޒާގައި ހުންނަ ބޮޑ ތިން އަހުރާމެވެ. މިތަންތަނުގައި ވަޅުލާފައި ހުރީ ކުރީގައި މިސްރުގައި ވެރިކަންކުރި ފިރުއައުނުން ނުވަތަ އޭރުގެ ރަސްރަސްކަލުންގެ ހަށިގަނޑުތައް ކަމަށް ބުނެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަން

    މޫސާގެފާނުގެ ފިރުއައުނުވެސް އޮތީ ތިތާތަ؟ އޮތިއްޔާ އޭނަ ތިނަތަނަށް އައީ ކިހިނެތްތަ؟ ފިރުއައުނު ޣަރަގު ކުރެއްވީނު؟

    1
    2
    • Anonymous

      އެންމެ ފިރުއައުނެއް ނޫނޭ އުޅުނީ އަޅެ!