ރޭގަނޑު އަވަހަށް ނިދައި ހެނދުނު އަވަހަށް ތެދުވާ މީހުންނަކީ އެކި ކަހަލަ ސިއްހީ ފައިދާތަކެއް އެމީހުންގެ އުޅުން ހުންނަ ގޮތުން އެމީހުންނަށް ލިބޭ ބައެކެވެ. އެހެންނަމަވެސް ރޭގަނޑު ލަހުން ނިދައި އަދި ހެނދުނު ލަހުން ތެދުވާ މީހުންނަކީވެސް އެބައެއްގެ އުޅުމުގެ ސަބަބުން އެތައް ފައިދާތަކެއް ލިބޭ ބައެކެވެ.

އެތަނުން ރޭގަނޑު އަވަހަށް ނިދައި، ހެނދުނު އަވަހަށް ތެދުވާ މީހުންނަކީ ސިއްހަތަށް ފައިދާހުރި ހެނދުނުގެ ނާސްތާއެއްގެ މަންފާގެ އިތުރުން އިރުގެ އަލިން މީހާއަށް ކުރުވާ ފައިދާވެސް ލިބޭނޭ ބައެކެވެ. ހެނދުނު ގަޑީގައި ލިބޭ އިރުގެ އައްޔަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން ޑީ ހިމެނޭ އިންސާނާގެ ހަމަށް ވަރަށް ފައިދާހުރި އެއްޗެކެވެ. އިރުގެ އައްޔަކީ މީހާގެ ނިދި ކަނޑުވައިދޭން ފަސޭހަ ކުރުވާ އެއްޗެއްވެސްމެއެވެ. އެފަދަ މީހުންނަކީ އެހެން މީހުންނާއި މާ ގުޅިގެން އުޅެވޭ އަދި އުފާވެރި މިޒާޖެއްގައިވެސް މުޅި ދުވަސް ހޭދަކުރާ ބައެކެވެ.

އެހެންނަމަވެސް ރޭގަނޑު ލަހުން ނިދައި ހެނދުނު ލަހުން ތެދުވާ މީހުންނަށްވެސް އެކި ކަހަލަ ފައިދާ އެބަ ހުއްޓެވެ. އެގޮތަށް އަމަލު ހުންނަ މީހުން ވިސްނުންތޫނުވެ ކަންކަމަށް މާ ހުނަރުވެރި ބައެއްވެސްމެއެވެ. ހަމަޖެހިލައިގެން މަސައްކަތްކުރަން އެފަދަ މީހުން ލޯބިކުރާއިރު ދަންވަރުގެ ގަޑީގައި ހަމަހިމޭންކަން މަތީގައި އެ މަސައްކަތްކުރުމަކީ ހިތަށް ޖަމަޖެހުން ގެނުވަދީ ފަސޭހަކަމާއިއެކު މަސައްކަތް ނިންމާލަންވެސް ފުރުސަތު ލިބިދޭއެވެ. އެފަދަ މީހުންނަކީ ކަންކަމަށް އިސްކަންދީ ސަމާލުކަން ދިނުމުގައިވެސް މާ ކުޅަދާނަ ބައެކެވެ.