އިންޑިއާގެ ރާޖަސްތާނުގައި ބަޑުގައި ރިއްސާތީ ހޮސްޕިޓަލަށް ގެންދިޔަ މީހެެއްގެ ބަޑުން 2 އިންޗީގެ 116 މޮހޮރު ނަގައިފިއެވެ.

އުމުރުން 46 އަހަރުގެ ބޮލާ ޝަންކަރު އަކީ ހާއްސަ އެހީއަށް ބޭނުންވާ ދުވަސްތަކެއް ކުރިން މޮހޮރު ކެއުމުގެ އާދަ އަށަގެންފައިވާ މީހެކެވެ. އޭނާ މޮހޮރު ކަމުން ދިޔައީ އާއިލާއަށް ސިއްރުންނެވެ.

ބަނޑުގައި ރިއްސާ ސަބަބު ދެނެގަތުމަށް ޑޮކްޓަރުން އެކްސްރޭއާއި ސްކޭންތައް ނަގައި ބެލުމުން ވަރަށް ބޮޑަށް ހައިރާންވިއެވެ. އެއީ އެމީހާގެ ބަނޑުން ފައިސާ ފޮތްޗާއި ރޭޒަރު ތިލަފަދަ ދަނޑުގެ އެތައް ބާވަތެއް ފެނުމުންނެވެ.

ހޮސްޕިޓަލުގައި ކުރެވުނު ދިގު ސާޖަރީއަކަށް ފަހު ބޮލާގެ ބަޑުން އޭނާ ދިރުވާލި 116 މޮހޮރު ނެނގި އިރު ޑޮކްޓަރުން ބުނީ ބޮލާގެ ފުރާނަ ސަލާމަތް ކުރެވުނީ ހަމަ ކިރިޔާ ކަމަށެވެ.

މޮހޮރު ކެއުމުގެ ސަބަބުން ބޮލާގެ އެތެރެ ހަށީގެ ބައެއް ގުނަވަންތަކަށް ވަނީ ގެއްލުން ލިބިފައެވެ.

މިއީ ޑިޕްރެޝަނުގެ ސަބަބުން އޭނާގެ އުޅުމަށް އައި ބަދަލުތަކެއްގެ ސަބަބުން އޭނާ ކެއި އެއްޗެހިތަކެއްކަމަށް ބެލެވޭކަމަށާއި އޭނާއަށްވެސް ސިކުނޑީގެ މައްސަލަތަކެއް ކުރިމަތިވެ، ދަނގަޑުގެ ބާވަތްތައް މީރުވީކަމަށެވެ.

ޑޮކްޓަރުން ބުނި ގޮތުގައި އޮޕަރޭޝަން ކުރުމަށްފަހު ފުރަތަމަ 24 ގަޑިއިރު އޭނާ އޮތީ ނާޒުކު ހާލަތެއްގައި ވެންޓިލޭޓަރެއްގައި ކަމަށާއި މިހާރު އޭނާގެ ބަނޑުގައި ދަނގަޑުގެ އެއްވެސް ބާވަތެއް ނެތެވެ.

މިއީ މީހެއްގެ ހަށިގަނޑުން މިހާ ގިނަ އަދަދަކަށް މޮހޮރު ނެގި ފުރަތަމަ ފަހަރެއް ނޫނެވެ. އިންޑިއާގައި މިފަދަ ކަމެއް 2016 ވަނަ އަހަރުވެސް ހިނގިއެވެ. އިންޑިއާގެ ޕަންޖާބުގައި ހިނގި ހާދިސާގައި 42 އަހަރުގެ މީހެއްގެ ބަނޑުން 40 ވަޅި ނަގަން ޖެހުނެވެ. މިއޮޕަރޭޝަނަށް ގާތްގަނޑަކަށް 2 ދުވަސް ހޭދަވިއެވެ.

ކިޔުންތެރިންގެ ހިޔާލު