އެތަށް ބައެއްގެ މެދުގައި މަޝްހޫރު ޓީވީ ސީރީޒް " ގޭމް އޮފް ތުރޯންސް" ގެ އަށްވަނަ ސީޒަން އަލުން އުފެއްްދުމަށް އެއްމިލިއަން މީހުން ޕެޓިޝަނެއްގައި ސޮއިކޮށްފިއެވެ.

"ގޭމް އޮފް ތުރޯންސް" ގެ އަށްވަނަ ސީޒަން އަލުން އުފެއްދުމަށް މި ސީރީޒްގެ ފޭނުން ޕެޓިޝަނެއްގައި ސޮއިކުރަން މިފެށީ މި ސީރީޒްގައި ހަމަނުޖެހޭ ކަންތައްތައް ހުރިކަމަށާއި "ގޭމް އޮފް ތުރޯންސް" ގެ އަށް ވަނަ ސީޒަން ލިޔުނު ފަރާތްތަކާއި މެދު ހިންހަމަ ނުޖެހޭ ކަމަށް ބުނެއެވެ.

މި ސީރީޒްގެ ބަތަލާ އެމިލިޔާ ކްލާކް ވަނީ އަށް ވަނަ ސީޒަން އަކީ އެންމެ ކާމިޔާބު ވާނެ ސީޒަން ކަމަށް ބުނެފައެވެ. ނަމަވެސް ގޭމް އޮފް ތްރޯންސްގެ ސީޒަން 8 ގެ ހަތަރު ވަނަ އެޕިސޯޑުގެ މަންޒަރަކުން، ސްޓާބަކްސް ކޮފީތައްޓެއް ފެންނާތީ ގިނަ ބަޔަކު ދަނީ އެ ވާހަކަ ދައްކަމުންނެވެ. މި ކޮފީތަށި މޭޒެއްގެ މަތީގައި ބަހައްޓާފައި އިންނަ މަންޒަރު ފެންނަ ޝޮޓުގައި ސީރީޒްގެ އެކްޓަރުންވެސް ތަށިތަކެއްގެ ގޮތުގައި ކުރީ ޒަމާނުގައި ބޭނުންކުރާފަދަ ބައެއް ތަކެތި ހިފައިގެން ތިބޭ މަންޒަރު ފެންނައިރު، މިއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

2011 ވަނަ އަހަރު ދައްކަން ފެށި "ގޭމް އޮފް ތުރޯންސް" ގެ ފުރަތަމަ ހަތް ސީޒަނާ އެކު ޖުމްލަ 67 އެޕިސޯޑް ގެނެސް ދީފައިވެ އެވެ. މިހާރު ގެނެސްދެމުންދާ ސީޒަން 8 ގައި 6 އެޕިސޯޑު ހިމެނޭއިރު، ކުރިޔަށް ދެން އޮތީ މި ސީޒަންގެ ފަހު ދެ އެޕިސޯޑެވެ. މި ދެ އެޕިސޯޑަކީ ސީރީޒްގެ އެންމެ ފަހު ދެ އެޕިސޯޑެވެ. އެއަށްފަހު ގޭމް އޮފް ތްރޯންސް ސީރީޒް ނިމުމަކަށް އަންނާނެ ކަމަށް އެ ސީރީޒް އުފެއްދި ފަރާތުން ބުނެފައި ވެއެވެ.

8 ވަނަ ސީޒަނުން މި ވާހަކަ ނިންމައިލި ނަމަވެސް "ގޭމް އޮފް ތުރޯންސް" ފެށުން 300 އަހަރު ކުރިއަށް ގެންގޮސް މީގެ ޕްރިކްއެލް ގެނެސް ދޭން އެޗްބީއޯ އިން ވަނީ ނިންމައިފަ އެވެ.