’ގޭމް އޮފް ތްރޯންސް‘ އަކީ ގިނަބައެއްގެ ތެރޭގައި ވަރަށް މަޝްހޫރުވެގެންދިޔަ ސީރީސް އެކެވެ. މި ސީރީސްގެ ތަފާތު އެކި ކެރެކްޓާސް ތަކަކުގެ ސަބަބުންނާއި، ސީރީސްގެ ސަބަބުން ބޮޑު ސަމާލުކަމެއް ތަރިންނަށް ލޮބިގެން ދިޔައެވެ. ސީރީސްގައި ފެނިގެންދާ ބައެއް ތަރިން އަސްލު ދިރިއުޅުމާއި ވަރަށް ތަފާތުއިރު މިއީ އޭގެ ތެރެއިން ތަރިއެއްގެ ވާހަކައެވެ.

މި ސީރީސްގައި ލޯޑް ވެރީސްގެ ރޯލުން ފެނިގެންދާ އެކްޓަރު ކޮންލެތް ހިލް އަކީ ހަގީގީ ދިރިއުޅުމުގައި ތަލަކޮށް ހުންނަ މީހެއް ނޫނެވެ. މިއީ ފޭނުންނަށް ބޮޑު ހައިރާންކަމެއް ލިބިގެންދާނެ ކަމަކަށްވެސް ވެދާނެ އެވެ. ސަބަބަކީ އެތައް އަހަރެއް ވަންދެން ގެނެސްދިން އެ ސީރީސްގައި ހުރިހާ އިރަކުވެސް އޭނާ ފެނިގެންދަނީ ތަލަކޮށް ހުންނަ މީހެއްގެ ރޯލުން ކަމަށްވާތީ އެވެ.

ހަޤީޤަތުގައި އުމުރުން 57 އަހަރުގެ ހިލް އަކީ ބޮލުގައި އިސްތަށި ހުންނަ މީހެކެވެ. މީގެ ކުރިން އޭނާ ދީފައިވާ އިންޓަވިއުތަކުގައި އޭނާ ވަނީ ގޭމް އޮފް ތްރޯންސްގެ ކޮންމެ ސީޒަނެއްގެ ކުރިން އިސްތަށިގަނޑު ކޮށާލަން މަޖުބޫރުވާކަމަށް ބުނެފައެވެ.

ހިލް ބުނީ އޭނާގެ ހަޔާތުގައި މީގެ ކުރިން ދުވަހަކުވެސް އިސްތަށިގަނޑު ނުކޮށާވަރަށް އިސްތަށިގަނޑު ކޮށާލާފައި ހުރުމުގެ ސަބަބުން ފުރަތަމަ އޭނާއަށް އުނދަގޫވި ކަމަށެވެ. ނަމަވެސް ފަހުން އެއީ އެހާ އުނދަގޫ ކަމަކަށް އޭނާއަކަށް ނުވެއެވެ.

ލޯޑް ވާރިސް އަކީ ސީރީސްގެ ވާހަކައިން ވާގޮތަށް ހަތް ރަސްކަމުގެވެސް ހުރިހާ ކަމެއް ދަންނަ ވަސްވާސްދޭ ޖާސޫސުންގެ މަކަރުވެރި އެއް ސާހިބެވެ.

ގޭމް އޮފް ތްރޯންސް 2019 ވަނަ އަހަރު ނިމިފައިވާއިރު ހިލް ވަނީ އޭގެ ފަހުން ތަފާތު އެކި ފިލްމުތައް ކުޅެފައެވެ. އޭގެ ތެރޭގައި ޑަބްލިން ކްރައިމްސް، ވިއެނާ ބްލަޑް، ހޯލްޑިންގް ހިމެނެއެވެ.