ގޭމް އޮފް ތްރޯންސް ޕްރީކުއަލް ’ހައުސް އޮފް ދަ ޑްރެގަން‘ 2022 ގައި ރިލީޒްކުރުމުގެ މަގުމަތީގައި ވަނިކޮށް މި ސީރީސް ކެންސަލްކޮށްފިއެވެ.

އެޗްބީއޯ އިން 2019 ވަނަ އަހަރު އަލުން ޑިވެލޮޕްކުރަން މަސައްކަތް ކުރަން އުޅުނު މަޝްހޫރު ސީރީޒްތަކުގެ ތެރޭގައި އެންމެ ކުރީގައި މި ސީރީސް ހިމެނިފައި ވަނިކޮށް މި ސީރީސް ކެންސަލް ކުރީ އެޗްބީއޯ އަށް މާލީގޮތުން ގެއްލުން ލިބޭތީ ކަމަށް ބައެއް މީޑިޔާ ރިޕޯޓުތަކުން ބުނެއެވެ. މި ސީރީޒް ހެދުމަށް މިހާތަނަށް އެޗްބީއޯއިން ވަނީ 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ) ވަނީ ހޭދަކޮށްފައެވެ.

އެޗްބީއޯ އިން އުފެއްދުމަށް ނިންމާފައިވާ ސީރީޒްތަކުގެ ތެރެއިން ބްލަޑް މޫން އަދި ލޯންގް ނައިޓް ވެސް ހިމެނެއެވެ.

މި ސީރީސްތަކަށް އިންތިޒާރުކުރަމުންދިޔަ އެތައް ބަޔަކު މިހާރު ތިބީ މި ހަބަރާއިއެކު މާޔޫސްވެފަ އެވެ.

ބޮބް ގްރީންބްލަޓް ބުނީ އާ ޕްރީކުއަލް ހަދަމުންދިޔަތާ މަސްތަކެއް ފަހުން އޭނާއަށް މީގެ ޕައިލެޓްގެ ކަޓެއް ފެނުމުން އެޗްބީއޯގެ ހެޑް އޮފް ކޮންޓެންޓް ކެސީ ބްލޮއިސް އަށް އެންގި ކަމަށެވެ. ކެސީ ބްލޮއިސް ވަނީ މިއީ އަސްލު ސީރީޒް އުފައްދަން ނިންމި ވައުދާ އެއްގޮތަށް އުފައްދާފައިވާ އެއްޗެއް ކަމަށް ނުދެކޭކަމަށް ބުނެފައެވެ. އަދި އޭނާވެސް އެކަމަށް ދެބަސްވެފައިނުވާއިރު އެއީ ހަޤީޤަތުގައި ވެސް ހިތްހަމަނުޖެހުމެއް ކަމަށް އޭނާ ވެސް ފާހަގަ ކުރިކަމަށް ބޮބް ވަނީ ބުނެފައެވެ.

މައި ސިލްސިލާގެ އެއްހާސް އަހަރު ކުރިން ހިނގާ ކަންކަން އާ ސީކުއަލްއިން ދައްކާގޮތަށް ނިންމާފައި ވެއެވެ. އަދި މިހާރު ބޮޑުހަރަދުކޮށް ހަދާފައިވާ ސީރީސްގެ ބައިގައި ދަގަނޑު ދަންތުރައެއް، ޑްރެގަންއެއްވެސް ނެތްކަމަށް ބޮބް ފާހަގަ ކުރިއެވެ.

ހައުސް އޮފް ޑްރެގަން 2022 ގައި ޕްރިމިއަރ ކުރުމަށް ކުރިން ހަމަޖެހިފައިވާއިރު، "ޑާންސް އޮފް ދަ ޑްރެގަންސް" ގެ ނަމުން މަޝްހޫރުވެފައިވާ ހައުސް ޓާރގޭރިއަންގެ އިތުރުން މީގައި ޓާރގޭރިއަންގެ ދާޚިލީ ހަނގުރާމައިގެ ވާހަކަތައްވެސް ކިޔައިދޭނެއެވެ.