ގޭމް އޮފް ތްރޯންސްއަކީ އެތައް ބަޔަކު ބަލަމުންދިޔަ ސީރީސްއެކެވެ. އެޗްބީއޯ އިން ދައްކާ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ސިލްސިލާ، ގޭމް އޮފް ތްރޯންސް އަކީ މީގެ އެތައް ގަރުނެއް ކުރީގައި ހިނގައިދާ ކަންކަން ދައްކުވައިދޭ ސީރީޒްއެކެވެ. ދުނިޔޭގެ ހަތް ކަންކޮޅެއްގެ ރަސްކަމުގެ ތަހުތުތަކަށް ވެގެންދާ ގޮތް ކިޔައިދޭ މި ވާހަކައިގައި ބޭނުންކޮށްފައި ވަނީވެސް ތާރީޚު ދައްކުވައިދޭ ތަކެއްޗެވެ.

2011 ވަނަ އަހަރު ދައްކަން ފެށި "ގޭމް އޮފް ތުރޯންސް" ގެ އަށް އެޕިސޯޑް ނިމިފައިވާ އިރު، ފަހުކޮޅަށް އައިސް ގިނަ ބަޔަކު ވަނީ ސީރީސްއަށް ފާޑު ކިޔާފައެވެ. އަބަދުވެސް މީހުން ވާން އެންމެ ނޭދޭ ގޮތްތައް ސީރީސްގައިވާތީ އެކަމަށް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުންވެސް ފޭނުންވެސް އެބަތިއްބެވެ. އެގޮތުން ފައިނަލް އެޕިސޯޑުގެ ބައެއް އަލުން ކުޅުމަށް ބުނަމުންދާ މީހުންނާ ފައިނަލް އެޕިސޯޑު ނިމުނު ގޮތުން، ކަރުނަ އަޅާ ރުއި މީހުންވެސް އެބަތިއްބެވެ.

އިނގިރޭސިވިލާތުގެ އޮންލައިން މާކެޓް ސައިޓެއް ކަމަށްވާ ބާކް.ކޮމްއިން ބުނެފައި ވަނީ ގޭމް އޮފް ތްރޯންސްގެ ކައުންސިލަރަކަށް ދެއްކުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން 30 މިނެޓް ނޫނީ އެއް ގަޑިއިރުގެ ސެސަނެއްވެސް ނެގޭނެ ކަމަށާއި، ނޫނީ ފޭސް ޓު ފޭސް އަދި ގްރޫޕް ސެޝަނާއި އޮންލައިން ސެޝަންތައް ނެގޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އަދި އަގުތައް ހުރީ 25 ޑޮލަރާއި، 50 ޑޮލަރާ ދެމެދުއެވެ.