މަޝްހޫރު އަދި ގިނަ ބަޔަކު ބޭނުން ކުރާ މީސް މީޑިއާ ނެޓްވޯކު ޓުވިޓާގައި އަޑު ހުންނަ ފޮޓޯ ލެވޭނެ ގޮތް ހަދައިފިއެވެ.

ޓްވިޓާ ބޭނުން ކުރަމުންދާ އެތަށް ބަޔަކު ދަނީ އަޑު ހުންނަ ފޮޓޯތަށް ލުމަށް ފަހު އެ ފޮޓޯތަށް ޓުވީޓް ކުރަމުންނެވެ. މީސް މިޑިއާ ޓުވިޓާގައި އެތަށް ބަޔަކު މި ފީޗާ މިހާރުދަނީ ބޭނުން ކުރަމުންނެވެ.

މިއަހަރު ފެށުނު ފަހުން ޓުވިޓާއިން ތަފާތު އައު ފީޗާސް ތަށް ތައާރަފް ކުރަމުންދާއިރު މިދިޔަ މަހުގައި ޓުވިޓާއިން ވަނީ ޓްވީޓެއް ފަހުން ބަލާލަން ސޭވްކޮށްލަން ބޭނުން މީހުންނަށް ވަރަށް މުހިއްމު ފީޗާއެއް ތައާރަފް ކޮއްފައެވެ.

ފީޗާ ބޭނުންކޮށްގެން ޓްވީޓް ސޭވްކުރިނަމަވެސް އަނެއް މީހާއަށް ނޯޓިފިކޭޝަންއެއް ނުދާނެއެވެ. ބުކްމާކްގެ އިތުރުން ޓްވިޓާއިން އަންނަނީ "ޝެއަރިން އޮޕްޝަންސް" އެއް ތަނަކަށް ލުމަށް މަސައްކަތްކުރަމުންނެވެ.

ޓްވިޓާ އިން ބުނީ ބުކްމާކް ފީޗާއެއް ތައާރަފްކުރީ ގިނަބައެއްގެ އެދުމުގެ މަތިން ކަމަށެވެ.

2017 ވަނަ އަހަރުގެ ތިން ވަނަ ކުއާޓަރު ނިމުނު އިރު ޓުވިޓާ ބޭނުންކުރާ 330 މިލިއަން މީހުން އެބަތިއްބެވެ.

ޓުވިޓާ މިދިޔަ އަހަރު ނިމުނު އިރު ހަރަކާތްތެރިވާ މީހުންގެ އަދަދަކީ 305 މިލިއަން އެވެ. އެއާ އަޅާ ބަލާއިރު 1.6 ބިލިއަން މީހުން ފޭސްބުކް ބޭނުންކުރެ އެވެ. ގޫގުލްގެ އަށް ސޯޝަލް މީޑިއާ ޕްރޮޑަކްޓްތައް އެއް ބިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރެ އެވެ.