ބަންގްލަދޭޝްގައި މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި އަންހެން ކުއްޖަކަށް ޖިންސީ ގޮނާކޮށް އޭނާ އަލިފާނަށްލައި އަނިޔާވެރި ގޮތަކަށް މަރާލި ހާދިސާ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައި ވެއެވެ. އެ މައްސަލައިގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް އެޤައުމުގެ އިދާރާތަކުން އިއްޔެ ވަނީ ހާމަކޮށްފައެވެ.

އުމުރުން 19 އަހަރުގެ މުސްލިމް އާއިލާއަކަށް ނިސްބަތްވާ ނުސްރަތު ޖަހާން ރާފީ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 6 ވަނަ ދުވަހުގެ ވަގުތެއްގައި އޭނާ އިސްލާމް ކިޔަވަންދާ ސްކޫލްގެ ތެރެއިންނެވެ. މި ހާދިސާ އާއި ގުޅިގެން ސްކޫލުގެ ބައެއް އޮފިޝަލުންނަށް ވެސް ތުހުމަތު ތަކެއް ކުރެވިފާއި ވެއެވެ.

ބަންގްލަދޭޝްގެ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، ނުސްރަތުގެ މަރާއި ގުޅިގެން މިހާތަނަށް ހައްޔަރު ކުރި މީހުންގެ އަދަދު ވަނީ 16 އަށް އަރާފައެވެ. ފުލުހުންގެ ތަހުޤީޤަށް އެނގިފައިވާ ގޮތުގައި ނުސްރަތު މަރާލީ އޭނާ ތައުލީމު ހާސިލް ކުރަމުންދާ ސްކޫލުގެ ހެޑްމާސްޓަރުގެ އެންގުމަކަށެވެ. އޭނާ ބަޔަކު ލައްވާ މިދަފަ ކަމެއް ކޮށްފައި ވަނީ، އޭނާ އާއި ދެކޮޅަށް މިހާރު ހިނގަމުންދާ ޖިންސީ ގޯނާގެ މައްސަލަ ނުސްރު އަނބުރާ ނުނެގުމުން ކަމަށް ބެލެވެއެވެ. ނުރަސްރަތަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ސްކޫލްގެ ހެޑްމާސްޓަރު މާރިޗު މަހުގެ ތެރޭގައި ވަނީ ހައްޔަރުކޮށްފައެވެ.

ނުސްރަތު މަރާލާފައި އޮއްވައި ފެނުނީ ސްކޫލުގެ ފުރާޅުމަތިންނެވެ. ސްކޫލުގެ ފަހު އިމްތިޙާނަށް ތައްޔާރުވަމުން ދަނިކޮށް އޭނާ މަރާލާފައި ވަނީ، ސްކޫލުގެ ފުރާޅުމައްޗަށް ގަދަކަމުން އެރުވުމަށްފަހު އޭނާގެ ގަޔަށް ކަރާސީނު އެޅުމަށްފަހު ރޯކޮށްލައިގެން ކަމަށް ވެއެވެ. ނުސްރަތު މި ދުނިޔެ ދޫކޮށް ދިޔައީ ގައިގައި ރޯވެ އަނދަމުން ދިޔަ އަލިފާނުން ސަލާމަތް ނުވެވި ހަށިގަނޑުގެ ބޮޑުބައެއް ފިހިގެން، އެ ހާދިސާ ހިނގި ތަނުގައި އޮއްވައެވެ. މި އަމަލު ހިންގި މީހުން ނުސްރަތަށް ހަމަލާ ދިން އިރު ތިބީ މޫނު ފޮރުވައިގެންނެވެ. އެމީހުން މަސައްކަތް ކޮށްފައި ވަނީ ނުސްރަތު މަރުވީ އަމިއްލައަށް ގައިގައި ރޯކޮށްލައިގެން ކަމަށް މަންޒަރު ދެއްކުމަށް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ނުސްރަތުގެ މަރުގެ މައްސަލަ ފާއިތުވެދިޔަ ދުވަސްތަކުގައި އެތައް ބައެއްގެ ސަމާލުކަމަށް އައިސްފައިވާއިރު، އޭނާ އަށް އިންސާފު ހޯދައި ދިނުމަށް ބަންގްލަދޭޝްގެ އިސް އޮފިޝަލުން ވަނީ ގޮވާލާފައެވެ. ހަމަ އެހެންމެ އެޤައުމުގެ ބޮޑުވަޒީރު، ޝެއިޚް ހަސީނާ ވަނީ މި ޖަރީމާގައި ބައިވެރި ރަހުމުކުޑަ ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ.

މި މައްސަލައިގައި މިހާރު ހައްޔަރުކޮށްފައިވާ 16 މީހުންނާއި ދެކޮޅަށް މިހާރު ވަނީ ގިނަ ދަޢުވާތަކެއް އުފުލާފައެވެ. ފުލުހުން ބުނެފައިވާގޮތުގައި، ދަޢުވާ އުފުލާފައިވާ 16 މީހުންގެ ތެރެއިން 12 މީހަކު ވަނީ ނުސްރަތު މަރާލުމުގައި ބައިވެރިވި ކަމަށް ތަހުޤީޤުގައި އެއްބަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙަސީނާ

    ހަމަ މަރަން ޖެހޭނީ

    4
    3
  2. ޙާޖީ

    ތިމާއްދާ ކިޔަވައިދޭ ވަރައްގިނަ މީހުން އަންހެންވެރިން ކަންތަކުގައި ވަރައް ކުރީގައި އުޅޭކަމައް ފާހަގަވޭ ހާއްސަކޮށް ކުޑަކުދިންނާ

    10
    14
    • އއއ

      ކަލޭތީ ދޮގު ބުހުތާނު ކައްޒާބެއް.

      13
  3. މަ

    މޭ ޝީ ރެސްޓް އިން ޕީސް. މިފަދަ މީހުންނަށް މި ރާއްޖޭގައިވެސް ފުރިހަމަ އަދަބު ލިބޭނަމަ މިއީ އަމާންތަނަކަށްވީސް.

    18
  4. މަރީ

    އަނިޔާވެރިކަން އިންތިހާއަށް

    19