އަބަދުވެސް އަމިއްލަ ނަފްސަށް އިތުބާރު ކުރުމަށް މީހުން ނަސޭހަތްތެރިވެއެވެ. ނަމަވެސް އަމިއްލަ ނަފްސަށް އިތުބާރު ނުކުރަނީ ގިނަފަހަށް ގޯސް ހެދޭނެކަމަށް ލަފާކޮށެވެ. އެހެންނަމަވެސް މިއީ މުޅިން ތެދެއް ނޫންކަމަށް ދިރާސާއަކުން މިވަނީ ދައްކާފައެވެ.

ފުލޮރިޑާގެ ސައިކޮލޮޖީ ޔުނިވަރސިޓީއިން އާއްމުކޮށްފައިވާ މިދިރާސާގައި ބުނެފައިވަނީ މީހާގެ އަމިއްލަ ނަފްސަށް އިތުބާރު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭކަމެއް ކަމާޢި އަދި މިކަން ކޮށްފިނަމަ ގޯސްކޮށް ކަންތައް ކުރުމުގެ ފުރުސަތު ކުޑަކަމަށެވެ.

މިދިރާސާހެދުމުގައި އިސްކޮށްއުޅުއްވި ފުރޮލިޑާގެ ނަންމަޝްހޫރު ނިއުރޯލޮޖިސްޓް ޑރ. ލިންޑަރ ރިނަމެން ވިދާޅުވެފައިވަނީ އަމިއްލަ ނަފްސަށް އިތުބާރު އޮންނަމަ ސިކުޑީގެ މަސައްކަތް އެތަށް ތަނެއް އަވަސްވާނެކަމަށެވެ. އަދި ބުނެފައިވަނީ ހާސްވާ ވަގުތު ތިމާގެ ނަފްސަށް އިތުބާރުކޮށްފިނަމަ ރަނގަޅު ޗޮއިސް ނެގުމަށް އެހީތެރިވެދޭނެ ކަމަށާއި އަދި ތިމާގެ ނަފްސަށް އިތުބާރު ކުރުމުން ގޯސްހެދުމަށް ފުރުސަތު ކުޑަކަމަށެވެ.

ނަމަވެސް މިދިރާސާގައި ބުނެފައިވަނީ ރަނގަޅު ނިންމުންތައް ނިންމަން ހަމައެކަނި ބޭނުންވަނީ މިފަދަ އަމިއްލަ ނަފްސަށް އިތުބާރު ކުރުން ނޫންކަމަށާއި ރަނގަޅު ޑައިޓެެއްވެސް ބޭނުންވާކަމަށެވެ. މިގޮތުން ބުނެފައިވަނީ ގިނައިން ފެޓް އެކުލެވޭ ޑައިޓެއް ކާނަމަ ބަރުވުމުގެ އިތުރުން، ޑިޕްރެސްވެ، ރަނަގަޅު ނޫން ނިންމުންތައް ނިންމުމަށް މަގުފަހިވާކަމަށެވެ.