ކޮންމެ އެއްޗެއްވެސް ގިނަ ދުވަހު ބޭނުން ކުރާ ވަރަކަށް އެ އެއްޗެއްގެ ބޭނުން އެއެއްޗެއް ހަލާކު ވެގެންދެއެވެ. މިގޮތުން ހެޑްސެޓް ނުވަތަ އެއަރޕޮޑް ފަދަ ތަކެތި ގިނަ ދުވަސް ވާރަކަށް އޭގެން އިވޭ އަޑު މަޑުވެއެވެ.

އެއަރޕޮޑުން އަޑުއިވޭވަރު މަޑުވާނަމަ މިއޮތީ އުފާވެރި ޚަބަރެކެވެ. އައު އެއަޕޮޑެއް ލިބޭނެ ގޮތެއް އެބަ އޮތެވެ.

އެޕަލްގެ ގިނަ ޕްރަޑަކްޓްސްތަކަކީ އެއް އަހަރު ދުވަހުގެ ވޮރެންޓީއާއެކު އަންނަ ޕްރަޑަކްސްތަކެކެވ. މިގޮތުން އެއަރޕޮޑްއަކީވެސް އެއް އަހަރު ދުވަހުގެ ވޮރެންޓީ އާއެކު އެޕަލްއިން ދޫކުރާ ޕްރަޑަކްޓްއެވެ.

އެއަރޕޮޑް ގިނަ ދުވަހު ބޭނުން ކުރާނަމަ އެއަރޕޮޑުން ބައެއް ފަހަރު އިވޭ އަޑު މަޑުވެއެވެ. މިހެން ދިމާވެފައިވާނަމަ އެންމެ ކައިރީ ހުރި އެޕަލް ސްޓޯރަކަށް ދިއުމުން އާ އެއަރޕޮޑެއް އެމީހަކަށް ދޭން ޖެހެއެވެ.

އެއަރޕޮޑުން މަޑުން އަޑުއިވޭކަން ދެނެ ގަންނާނީ ކިހިނެތް؟

އެއަރޕޮޑުން މަޑުން އަޑުއިވޭކަން ދެނެގަތުމަކީ ވަރަށް ފަސޭހަ ކަމެކެވެ. މިގޮތުން ފުރަތަމަ ކަމަށް އާދައިގެ ހެޓްސެޓަކުން ލަވައެއް ނުވަތަ މަދަހައެއް ޖަހާފައި ހެޑް ސެޓުން އަޑު އަހާށެވެ. އަދި ހަމަ އެ ވޮލިއުމްގައި ބަހައްޓާލަފައި އެއަޕޮޑް ކަނެކްޓްކޮށް މަދަހަ ނުވަތަ ލަވަ ޖަހާށެވެ. އަޑުގެ ބާރު މިނުގައި ފަރަގެއް އުޅޭނަމަ، މަރުހަބާ އެވެ. ތިއޮތީ އާ އެއަރޕޮޑެއް ލިބިފައި ކަމުގައި ވިސްނާލާށެވެ.