ތިމާގެ އަމިއްލަ ދަރިފުޅު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެ މަޔަކު އަދި ބަފަޔަކު ވެސް ބޭނުން ވާނެވެ. ނަމަވެސް ބައެއްފަހަރު އެ ދަރިފުޅުގެ އުފަލަށްޓަކައި ދަރިފުޅު ބޭނުން ވާއެއްޗެއް ކާން ދިނުމުން، ފަހުން ނިކުންނަ ނަތީޖާ ވަރަށް ހިތިވެދެއެވެ.

މިގޮތުން ދިވެހިންގެ ތެރޭގައި ކެއުމަށް ބޭނުން ކުރާ ބައެއް ތަކެތީގެ ސަބަބުން ކެންސަރަށް މަގު ފަހިވެގެން ދެއްވެ.
ތިމާގެ ދަރިފުޅު ކެންސަރުން ދުރުކުރުމަށް މި ތަކެތި ކާން ދިނުން ހުއްޓާލާށެވެ. އަދި ތިމާ ވެސް މިތަކެތި ކެއުމުން ދުރުވެލާށެވެ.

1- ޕޮޕްކޯން

މިއީ ދިވެހިން ގެ ތޭރޭގައި ވަރަށް މަޤްބޫލު އެއްޗެކެވެ. ހަވީރު ފިންޏަށް ނުކުންނަ ދަރިފުޅު ހިތްހަމަ ޖައްސާލުމަށް ޕޮޕްކޯން ގަނެ ދިނުމަކީ ގިނަ ދިވެހި މައިންބަފައިންގެ އާދެ އެކެވެ. ނަމަވެސް ޕޮޕްކޯން ގައި ހުންނަ ތެޔޮކަމެއްގެ ސަބަބުން އިންސާނާގެ ފުއްޕާމެއަށް ކެންސަރު ޖެހުން މަގުފަހި ވާނެއެވެ.

2- ހޮޓްޑޯގް

ހޮޓްޑޯގް އަކީ ގިނަ ކުދިންގެ ފެވަރިޓް އެކެވެ. އާންމު ގޮތެއްގައި ސްކޫލް އިންޓަވަލް ނުވަތަ ހެނދުނު ނާސްތާ އަށް ވެސް ބޭނުން ކުރެވޭ އެއްޗެކެވެ. ނަމަވެސް ރަނގަޅު ކާނާ އެއްކަމަށް އުއްމީދު ކޮށްގެން ހުއްޓަސް، ހޮޓްޑޯގް އަކީ ސޯޑިއަމް ފޮސްފޭޓް ކިޔާ މާއްދާ އެއް ހިމެނޭ އެއްޗެކެވެ. އަދި ދިރާސާ ތަކުން ދައްކާ ގޮތުން ނަމަ އަހަރެއްގެ މައްޗަށް 34000 މީހުން މި މާއްދާ ގެ ސަބަބުން މަރުވެ އެވެ.

3- ޕޮޓޭޓޯ ޗިޕްސް

ކެންސަރަށް މަގުފަހިވާ މާއްދާއެއް އެކުލެވިގެން ވާ އެއްޗަކަށް ޕޮޓޭޓޯ ޗިޕްސް ވެސް ވަނީ ވެފައެވެ. ހައިރާން ވާން ޖެހޭ ތަންކޮޅަކީ މި މާއްދާ އަކީ ސިނގިރޭޓްގައި ވެސް ހިމެނޭ ވިހަ މާއްދާ އެއްކަމެވެ. މިކަމާ ގުޅޭގޮތުން އެމެރިކަން ކޮމިޔުނިޓީ ސަރވޭއިން ވަނީ ކަންބޮޑުވުން ފާޅުކޮށް އަދި ސުވާލު ތަކެއްވެސް އެކުންފުންނިތަކާއި ކޮށްފައެވެ.

4- ފްރެންޗްފްރައިސް

މި ވެގެން ދާނީ ދިވެހި ގިނަބައެއްގެ ޚާއްސަކޮށް ދިވެހި ޒުވާން އަންހެން ކުދިންގެ ހިތް ކަތިލާ ވަރުގެ އެއްޗަކަށެވެ. ނަމަވެސް ދުޅަހެޔޮ ސިއްހަތެއް ބޭނުންވަނީ ނަމަ މިފަހަރު މި ޖެހެނީ ފްރެންޗް ފްރައިސް އާއި ގުޅުން ކަނޑާލާށެވެ. އެހެން ގޮތަކަށް ބުނަނީނަމަ "ބްރޭކްއަޕް" ވާންވީއެވެ. ދަރިން ގެ ކާ އެއްޗެހީގެ މެނޫ އިން "ބްލޮކް" ކޮށްލާށެވެ. ސަބަބަކަށް ވެގެން ދަނީ ޕޮޓޭޓޯ ޗިޕްސް ގަ ހުންން ކެންސަރަށް މަގުފަހިވާ މާއްދާ ގެ އިތުން އޭގަހުންނަ ތެލު ގެ ހުންނަ މާއްދާ އަކުން ވެސް ކެންސަރަށް މަގުފަހިވެގެން ދެއެވެ.

މަސްދަރުގެ ލިންކް

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  ތިބުނާ ހުރިހާ އެއްޗަކީ ގުދުރަތީމާއްދާއަކުން، އެއާނުލާ ދުނިޔެ ފަށުނީއްސުރެ ނޫޅޭ ތެލުން ތައްޔާރުކުރާ އެއްޗެހި.. ދެން ތިބުނާ ކެންސަރަށް ނަގުފަހިވާގޮތެއް ނިކަން ބުނެދީބަލަ.. މިސާލަކަށް ޕޮޕްކޯން، ޕޮޓޭޓޯޗިޕްސް، ފްރެންޗް ފަރައިސް ކެންސަރަށް މަގުފަހިވާގޮތެއް ނިކަން ބުނެބަލަ.. ކައްޓަލަ، ބަނާނާޗިޕްސް، ޖެކްފުރުޓް ޗިޕްސް ތެލުލައިގެން ކާއިރު އޯކޭ. އަލުވި، ޒުވާރި ތެލުލީމަ ނުރައްކާ. މީ ކިހިނެއް ވާކަމެއް.

  29
  7
 2. ޖަވާހިރު

  ތި އެއްޗެހިތައް ރާއްޖެ އެތެރެ ކުރުން މަނާ ކޮށްލީމާ ނިމުނީއެއްނޫން. އޭރުން އެއްވެސް މީހަކަށް ނުކެވޭނެ އެއްނޫން. އަދި މފަދަ ބޮޑެތި ބަލިތަކުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ސަލާމަތްވާނެ. ގެއްލުމެއް ހުރި އެއްވެސް އެއްޗެއް ކާކަށް އެއްވެސް މީހަކު ބޭނުމެއް ބޭނުމެއް ނުވާނެ.

  34
  1
  • ޚާއްޗުސް

   އިންޑިޔާގެ ކޯރުތަކުގެ ހަޑިމުޑުދާރު ފެންޖަހަިގެން ހައްދާ މޭވާޔާ ތަރުކާރީ އެއީ ދިވެހިންގެ ސިއްހަތައް އެންމެ ރަންގަޅު ތަކެތި ދެން ބޭސް އެންރަންގަޅުވާނީ އިންޑިޔާގެ ލޯކޮލިޓީ ބޭސް އެތަނުގަ ހަދާ ރަންގަޅު ކޮލިޓީ ރާއްޖެޔައް ކަމަކު ނުދާނެ

 3. ފިބީ

  ހަނޑޫ ހަކުރު ފުއް ނުވިތާކަށް ކަނޑުމަސް ވެސް ތި ލިސްޓްގަ ހިމަަންވީނު

  18
  3