ޕޮންޑެއްގެ ތެރެއަށް ވެއްޓި ގެނބެމުން ދިޔަ ދަރިފުޅު ސަލާމަތް ކުރުމަށް ޕޮންޑަށް ފުންމާލި ބައްޕައަކު ގެނބިގެން މަރުވެއްޖެއެެވެ.

މި ހާދިސާ ހިނގާފައި ވަނީ އެމެރިކާގެ އިންޑިއާނާގެ އިންޑިއަންޕޮލިސްގައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ 24 އަހަރުގެ ބައްޕަ ކާރު މަޑުކޮށްލައިގެން ބޭރުގައި އެހެން މީހަކާއި ވާހަކަދައްކަން ހުއްޓާ އެ ކުއްޖާ ކުރީ ސީޓަށް އަރާ އޮޅިގެން ގިއަރު ލެވެލްއަށް ފިއްތާލެވި، ކާރު ފަހަތަށް ގޮސް ޕޮންޑަށް ވެއްޓި އެ ކުއްޖާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ކާރާއެކު ޕޮންޑަށް އެ ކުއްޖާ ވެއްޓުމާއެކު އޭނާ ސަލާމަތް ކުރުމަށް ބައްޕަ ވަނީ ޕޮންޑަށް ފުންމާލާފައެވެ. އެ މީހާއަކަށް ފަތާކަށް ނޭނގެއެވެ. އޭނާގެ ދަރިފުޅު ގެނބެނީއެވެ. އިތުރު ގޮތެއް ނެތުމުން އޭނާ ފުންމާލިއިރު، އޭނާގެ ރަހުމަތްތެރިޔާއަށްވެސް ފަތާކަށް ނޭނގެއެވެ.

އޭނާ ޕޮންޑަށް ފުންމާލާފައި ވަނީ ދަރިފުޅު ސަލާމަތް ކުރަން ފުންމާލި އޭނާގެ ރަހުމަތްތެރިޔާ ފުންމާލި ގޮތަށް ނުފެންނާތީ އޭނާ ހޯދުމަށެވެ.

އިއްޔެގެ ހަވީރު 4:30 ހާއިރު މި ހާދިސާ ހިނގިއިރު، އެ ކުއްޖާގެ ބައްޕަ ވަނީ މަރުވެފައެވެ. އަދި އެ ކުއްޖާއަށް ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު، އޭނާގެ ރަހުމަތްތެރިޔާއަށްވެސް ކޮންމެވެސް ވަރަކަށް އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާދިންކަމަށް ވެއެވެ.