ޖަައްވުގެ ކޮންމެވެސް ހިސާބެއްގައި އޭލިއަނުން ވަޒަންވެރިވެގެން ދިރިއުޅޭނެ ކަމަށް ސައިންސްވެރިން ގަބޫލު ކޮށްގެން އުޅޭތާ އެތައް އަހަރެއް ވެއްޖެއެވެ. އަދި މިހާތަނަށް އެކަމުގެ އެކަށީގެންވާ އެއްވެސް ހެއްކެތް ފެންނަން ނެތް ނަމަވެސް އޭލިއަނުން ހޯދަން ސައިންސްވެރިން ކުރާ މަައްކަތް ހުއްޓައެއް ނުލައެވެ.

މިހާރު މިވަނީ އޭލިއަނުން ހޯދަން އާމަސައްކަތްތަކެއް ފަށާފައެވެ. ސާކް ފޯ އެކްސްޓާރެސިޓްރިއަލް އިންޓެލިޖެންސް (އެސްއީޓީއައި) ގެ ނަމުގައި ކުރިއަށް ގެންދާ ދިރާސާގައި ދުނިޔެ އާއި ކައިރި 1327 ތަރިއެއް ސައިންސްވެރިން ދިރާސާ ކޮށްފިއެވެ. ނަމަވެސް އެއިން އެއްވެސް ތަރިއަކުން އޭލިއަނެއްގެ އެއްވެސް ޚަބަރެއް އަދި ނިޝާނެއް ވެސް ނުފެނުނެވެ.

"އެސްޓްރިޕިކަލް ޖާނަލް" ގައި އާއްމުކޮށްފައިވާ ކަރުދާހެއްގައި ބުނެފައިވާ ގޮތުގައި މިހާރު ސައިންސްވެރިން އޭލިއަނުން ހޯދުމުގެ މަސައްކަތް ކުރަމުން ގެންދަނީ ވަރަށް ބާރުގަދަ ޓެލެސްކޯޕްތަކެއް ބޭނުން ކޮށްގެންނެވެ.

ނަމަވެސް އުފެދިފައިވާ ސުވާލަކީ އޭލިއަނުން ފެންނަ ވަރަށް އަދިވެސް އިންސާނުން ތަރައްޤީ ނުވަނީ ހެއްޔެވެ؟ ނުވަތަ އޭލިއަނުން ނޫޅެނީ ހެއްޔެވެ؟

އޭލިއަނުން ހޯދުމުގެ މަސައްކަތައް ރަޝިއާގެ ބިލިއަނަރެއް ކަމަށްވާ ޔޫރީ މިލްނާ ވަނީ ދިހަ އަހަރު ތެރޭގައި 100 މިލިއަން ޑޮލަރުގެ ފަންޑު ހަމަޖައްސައިދީފައެވެ. ނަމަވެސް އޭލިއަނުން ހޯދަން ކުރާ މަސައްކަތައް އަދި މިހާތަނަށް ލިބުނު މާބޮޑު ކުރިއެރުމެއް ނެތެވެ.

އޭލިއަނުން ހޯދުމަށް ކުރަމުންދާ މަސައްކަތް އަދި މިހާތަނަށް ކާމިޔާބު ނުވި ނަމަވެސް އަދި އެމަސައްކަތް ކާމިޔާބު ވާނެ ކަމުގެ އެއްވެސް ހެއްކެތް ފެންނަން ނެތް ނަމަވެސް ސައިންސްވެރިން ތިބީ މަސައްކަތް ހުއްޓާލާ ގޮތަކަށް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮތަނބިރި

    މިރާއްޖެބަލައިނުލަމެންނު.. ފެނިދާނެ އަވަހަށްއާދޭ

    13
  2. ބުހާރީ

    ޓެލެސްކޯރޕް އަލައިގެން މިރާއްޖެ ބަލާބަލަ. މިތަނުން ފެންނާނެ ސިޔާސީ އޭލިޔަނުން

    13
    1