"ގޭމް އޮފް ތްރޯންސް" އިން ބެލުންތެރިންގެ ބޮޑު މަގުބޫލް ކަމެއް ހޯދި ސޯފީ ޓާނާ އާއި ލަވަކިޔުންތެރިޔާ ޖޯއީ ޖޯނަސް އެމީހުން ދެވަނަ ހަނީމޫން މަންޒިލެއްގެ ގޮތުގައި ރާއްޖެ އައިސް، ރާއްޖޭގައި ހަނީމޫން ހޭދަކުރުމަށް ފަހު ފުރައިފި ކަމަށް ރިޕޯޓް ލިބިއްޖެއެވެ.

ހަނީމޫނަށް ރާއްޖެ އައުމަށް ފަހު އެމީހުން ރާއްޖެ އިން ފުރީ މިދިޔަ ބުރާސްފަތި ވިލޭރޭގެ ވަގުތެއްގައެވެ.

ރާއްޖޭގައި ހަަނީމޫން ހޭދަކުރި އެއްވެސް ފޮޓޯއެއް ސޯފީ ވެސް އަދި ޖޯއީ ވެސް މިހާތަނަށް އާއްމު ކޮށްފައެއް ނުވެއެވެ.

ދެމީހުން ހަނީމޫން ހޭދަކުރީ ސޮނޭވާ ޖާނީގައި ކަމަށް ވެއެވެ. ނަމަވެސް އެއްވެސް ފަރާތަކުން އެކަން ކަށަވަރު ކޮށެއް ނުދެއެވެ.

ފްރާންސްގައި އޮތް ހަފްލާއެއްގައި ކައިވެނި ކުރި ސޯފީ އާއި ޖޯއީ އެމީހުންގެ ކައިވެންޏަށް ފަހު ފުރަތަމަ ހަނީމޫން ހޭދަކުރީ ހޮލީވްޑްގެ ސަން ވިސެންޓް ބަނގަލޯ ގައެވެ. އެއީ އެއްވެސް ފޮޓޯއެއް ނުނެގޭ، ވަރަށް ޕްރައިވެޓް ބަނގަލޯ އެކެވެ.

ސޯފީ އާއި ޖޯއީ މީގެ ކުރިން ވެސް ރާއްޖެ އައިސްފައި ވެއެވެ. ރާއްޖޭގެ ރީތިކަމަށް ތައުރީފްކޮށް ސޯފީ މީގެ ކުރިން މީސް މީޑިއާގައި ޕޯސްޓްތައް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުރުގާ

    ބަލަން ހެޔޮ ނުވާނެ. ރާއްޖެއަރުވާކަށްވެސް ނުވާނެ

    1
    7
  2. ޭެެތީރު

    ސޯފީ ހުރީ ސޮނެވާފުށީ ގައި