90 ގެ އަހަރުތަކުގައި ބޮލީވުޑްގައި ފިޔަޖަހަމުންދިޔަ އިންޑިއާގެ މަޝްހޫރު ތަރި، ޝިލްޕާ ޝެޓީ، ދިގު "ބްރޭކް" އަކަށްފަހު އަނެއްކާވެސް ފިލްމީ ދުނިޔެއަށް އެނބުރި އަންނާން އުޅޭ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

12 އަހަރަށްފަހު، އުމުރުން 44 އަހަރުގެ ޝިލްޕާ އަލުން ފިލްމު ކުޅެން ނިކުންނަން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނާއިރު، އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ 2007 ވަނަ އަހަރު ނެރުނު ފިލްމް، "އަޕްނޭ" އިންނެވެ. ރިޕޯޓްތައް ބުނާގޮތުގައި ޝިލްޕާ މިހާރު ވަނީ ފިލްޕެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވެ، އެ ފިލްމް އުފައްދާ ފަރާތްތަކާއެކު އެއްބަސްވުމަކަށް ގޮސްފައެވެ.

ހާރޫން މިރްޒާ ޑައިރެކްޓް ކޮށް، ރަމޭޝަ ތައުރާނީ ޕްރޮޑިއުސްކުރާ އެ ފިލްމުން ޝިލްޕާ ފެނިގެންދާނީ ލިޔުންތެރިއެއްގެ ރޯލުން ކަމަށް އަޑު ފެތުރިފައި ވެއެވެ. މި ފިލްމުން ޝިލްޕާ އާއި އެކު ދިލްޖިތް ދޮސާންޖާއި ޔަމީ ގޮތަމް ފެނިގެންދާނެ ކަމަށް ނޫސްތަކުގައި ބުނެފައި ވެއެވެ.

ފިލްމެއްގެ މަސައްކަތް ފެށުމަށް ޝިލްޕާ ތައްޔާރުވަމުންދާއިރު، އޭނާ މިވަގުތު ހުރީ ޗުއްޓީ ހޭދަކޮށްލަން ގްރީސްގައެވެ. އެއްމަސް ދުވަހުގެ ދިގު އެ ޗުއްޓީ ނިންމާލުމަށްފަހު ޝޫޓިންގެ މަސައްކަތް އޭނާ ފަށާނީ އަންނަ އޮގަސްޓު މަހުގެ ތެރޭގައި ކަމަށް ޚަބަރުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާފަ

    ނާންނާތި ބޮޑު ކާފަރު އޮރިޔާން ދައްކަން

    4
    1
    • ޝިލްޕާ

      ކަލެއަށް ކީއް ދެއްކިޔަސް
      ކަލޭނުބަލާ ހުރޭ
      ހިތުން މީނަމީ ވަރަށް ތާހިރު މީހެއް