މިޔަރުގެ މުޅިން އާ އާދަޔާ ހިލާފު ވައްތަރެއް ގަލްފް އޮފް މެކްސިކޯއިން ހޯދައިފިއެވެ.

ސައިންވެރިން ބުނާ ގޮތުގަައި އަލަށް ހޯދި މޮޔަރުގެ ބާވަތަށް ކިޔަނީ "ގްލޯ އިން ދަ ޑާކް" އެވެ. މިއީ ކައިޓްފިން ޝާކް އާއިލާއަށް ނިސްބަތްވާ މިޔަރެއް ކަމަށްވެސް ސައިންސްވެރިން ބުނެފައި ވެއެވެ.

މިޔަރުގެ އަރިމަތީ އުރަހައިގައި ހުންނަ ހާއްސަ ލޯވަޅަކުން މި މިޔަރު ބަޔޯލުމިނެސެންޓް ފްލުއިޑް ބޭނުންކުރަނީ ޝިކާރަ ކުރުމަށެވެ.

މި މިޔަރުގައި އާދަޔާ ހިލާފު ކަންތައްތަކެއް ފުރަތަމަ ފަހާގަކުރެވިފައިވަނީ މި މިޔަރު ނަގައިގެން ގޮސް އިތުރު ދިރާސާއެއް ހެދުމުގެ ތެރޭގައެވެ.

ދިގުމިނުގައި އެންމެ 5.5 އިންޗި ހުންނަ ގަލްފް އޮފް މެކްސިކޯއިން ފެނުނު މި މިޔަރަށް އެމެރިކަން ޕޮކެޓް ޝާކްގެ ނަން ވެސް ކިޔައެވެ.

މީގެ މިޔަރެއް ފެނުނީ ދިރާސާކުރާ ފަރާތްތަކުން ގަލްފް އޮފް މެކްސިކޯގައި ސްޕާރމް ވޭލްގެ ކެއުމުގެ ކަންކަން ދިރާސާކުރަމުން ދިޔަ ސައިންސްވެރިންތަކަކަށެވެ.

ޕެސިފިކް ކަނޑުން ހޯދި މިޔަރު ބާއްވާފައިވަނީ ރަޝިއާގެ ސެއިންޓް ޕީޓަރސްބަރގްގައި ހުންނަ ޒޫލޮޖިކަލް މިއުޒިއަމްގައެވެ.