މާބަނޑު ދުވަސްވަރު މާގިނައިން ކޮފީ ބޯނަމަ ބަނޑުގައިވާ ދަރިފުޅުގެ ފުރަމޭ ހަލާކުވުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޗައިނާގެ ޔުނިވާސިޓީއަކުން ހެދި ދިރާސާއަކުން ދައްކާގޮތުގައި މާބަނޑު ދުވަސްވަރު ދުވާލަކު 2 ޖޯޑަށް ވުރެން އިތުރަށް ކޮފީ ބޯނަމަ ބަނޑުގައިވާ ދަރިފުޅުގެ ފުރަމޭ ހަލާކުވުމުގެ ފުރުސަތު ބޮޑެވެ.

މި ޓީމުން ބުނާގޮތުގައި ކޮފީގައި ހިމެނޭ ކެފެއިންގެ ސަބަބުން ތުއްތު ދަރިފުޅުގެ ގުނަވަންތައް އުފެދުމުގައި ދަތިތަކާއި ކުރިމަތި ކުރުވައެވެ. މި ކަމުގެ ސަބަބުން ފުރަމޭގައި ފެޓްސް އުފެދެއެވެ.

މި ޓީމުން ވަނީ މި ދިރާސާ ހެނދުމަށް މާބަނޑު މީދަލެއް ބޭނުން ކޮށްފައެވެ. ދިރަސާ ކުރި ޓީމުން ބުނާ ގޮތުގައި މި ނަތީޖާއަށް ބަލާނަމަ ތުއްތު ދަރިފުޅު ބޮޑުވެ މުސްތަގު ބަލުގައި ދިމާވާ އުދަނގޫތައްވެސް ބޮޑުވާނެއެވެ.

ކޮފީ އަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައެއްގެ ދިރިއުޅުމުގެ މުހިއްމު އެއްބައި ކަމުގައި މިހާރު ވަނީ ވެފައެވެ. ދުނިޔޭގެ އެތައް މިލިއަން މީހުންގެ ދިރިއުޅުން ކޮފީއާ ގުޅިފައިވާއިރު ކޮފީގެ ފައިދާއާއި ގެއްލުމާ ބެހޭ ގޮތުން އަދި އޭގެ މިންވަރާ ބެހޭ ގޮތުން ސިއްހީ ބޮޑެތި ބަހުސް ދަނީ ކުރެވެމުންނެވެ.

ކޮފީ އަކީ އޭގައި ފައިދާ ތަކެއް އެކުލެވުނު ނަމަވެސް ބޭނުންކުރެވޭ މިންވަރަކުން ގެއްލުންތަކެއް އެކުލެވޭ އެއްޗެއްވެސް މެއެވެ. އެހެން ކަމުން ތިމާގެ ހަށިގަނޑަށް ގެއްލުންވާނީ، ނުވަތަ މޫޑު ބަދަލު ވެގެންދާނީ ކިހާ މިންވަރަކަށް ކޮފީ ބޮއެގެންތޯ އަމިއްލައަށް ބަލާލާށެވެ.