ސުނާމީ އަކީ ބާރުގަދަ ބިންހެލުމަކުން އުފެދޭ ރާޅެކެވެ. ސުނާމީ އުފެދެނީ ހަމަ އެކަނި ބާރުގަދަ ބިންހެލުމެއް އައުމަކުން ނޫނެވެ. ގިނި ހިލައެއް ދުނިޔެއަށް ވެއްޓުމުން ވެސް ސުނާމީ އުފެދެއެވެ.

ދިވެހިންނަށް ސުނާމީ މިބަސް ދަސްވީ 2004 ވަނަ އަހަރު އިޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމުން އިންޑިއާ ކަނޑުގައި އުފެދުނު ބިޔަ ރާޅުތަކަށް ފަހުއެވެ. ސުނާމީ" މިލަފްޒަކީ، ޖަޕާން ބަހުން އުފެދިގެން އައިސްފައިވާ ލަފުޒެކެވެ.

މިހާތަނަށް ރެކޯރޑް ކުރެވިފައިވާ އެންމެ އުސް ސުނާމީ އުފެދިފައި ވަނީ 1958 ޖުލައި 9 ވަނަ ދުވަހުއެވެ. އެސުނާމީގެ އުސްމިނުގައި 1,732 ފޫޓް ހުއްޓެވެ.

ބިންހެލުމަށް ފަހު އުފެދޭ ސުނާމީގެ ރާޅު ދުރަށް ދަތުރުކުރަމުން ދިޔަވަރަކަށް ރާޅުގެ ބޮޑުމިން އުފުލެމުން ދެއެވެ. އަދި ދަތުރުގެ މެދާ ހަމައިން އުސްމިން ތިރިވާން ފަށައެވެ. މިގޮތަށް އުފެދޭ ސުނާމީގެ އުސްމިނުގައި 50 ފޫޓާއި 3000 ފޫޓާ ދެމެދަށް އުފުލެއެވެ.

ފަހުގެ ތާރީޚެއްގައި ދުނިޔެ ތަޖުރިބާ ކުރި އެންމެ ބޮޑު ސުނާމީ ކާރިސާއަކީ އިންޑޮނޭޝިޔާގެ ކައިރިން ކަނޑުގެ އަޑިޔަށް ރެކްޓާ މިންގަނޑުން 9.3ގެ ބާރުމިނުގައި އައި ބިންހެލުމެއްގެ ސަބަބުން އުފެދުނު މި ސުނާމީއެވެ.

މި ކާރިސާގައި ދިވެހިރާއްޖެ އިން 82 މީހުން މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާ އިރު 26 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ.

ސުނާމީއާ ގުޅިގެން ރާއްޖޭގެ 13 ރަށަކުން މީހުން ފޭބިކަމަށް ސަރުކާރުގެ ރަސްމީ ރިޕޯޓުތަކުން ދައްކާ އިރު، ގެދޮރު ގެއްލުނު މީހުންގެ އަދަދު 15000 އަށްވުރެ މައްޗެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބ

    މި ވީޑިއޯގަ ޖަޕާނަށް ސުނާމީ އަރާތަނެއް ނުދައްކާ. އެއީ ވަރަށް ބިޔަ ނުލަފާ ރާޅުތަކެއް ކޮންމެއަކަސް. ވަރަށް ސޭޑް.