މިއީ ވަރަށް ކުޑައިރުން ފެށިގެން އެކި އެއްޗެހީގައި ކުލަޖެއްސުމުގައި އުޅުނު ޒުވާނެކެވެ. މިހާރު އުމުރުން 21 އަހަރެވެ. އެކި އެއްޗެހީގައި ކުލަ ޖެއްސުމާއި ކުރެހުމުގެ ތަފާތު މަސައްކަތްތަކެއް ކުރަމުން އަންނަ ޒުވާނެކެވެ.

ޣައްޒާއަށް ނިސްބަތްވާ ލީން އަލްހާޖް ނަމަކަށް ކިޔާ މި ޒުވާނާގެ މަސައްކަތަށް މިހާރު ދުނިޔޭގެ އެތައް ބައެއްގެ ސަމާލުކަމަަށް ވަނީ އައިސްފައެވެ. ދުނިޔޭގެ އެކި މީޑިއާތަކުން މި ޒުވާނާގެ ވާހަކަ ވަނީ ގެނެސްދީފައެވެ.

އިސްލާމިކް ޔުނިވާސިޓީ އޮފް ޣައްޒާއިން ސައިކޮލޮޖީ ކިޔަވަމުން އަންނަ ލީން އެކި އެއްޗެހީގައި ކުލަ ޖައްސައި އުޅެއެވެ. ގަލާއި ޕޮޓްތަކުގައިވެސް އޭނާ ކުލަޖައްސާ އުޅެއެވެ. މިހާރު އޭނާ އެކި މަންޒަރުތައް ކުރަހައި ކުލަޖައްސާ އުޅެނީ މޭބިސްކަދުރު ފަތުގައެވެ.

މޭބިސްކަދުރު ފަތުގައި ކުލަ ބޭނުންކޮށްގެން ކުރަހާފައިވާ މަންޒަރުތައް ވަރަށް ހިތްގައިމުވެފައި ރީއްޗެވެ.

ލީން މޭބިސްކަދުރު ފަތުގައި ކުލަޖައްސަނީ - ވަގުތު އިމޭޖްސް: ވަފާ

ލީންއަކީ ތިމާވެށްޓަށް ވަރަށް ލޯބިކުރާ ޒުވާނެކެވެ. އެހެންވެ އޭނާ އާއްމުކޮށް ކުލައިން ކުރަހައި އުޅެނީވެސް ތިމާވެށްޓާއި ގުޅުން ހުރި މަންޒަރުތަކެވެ.

ލީން މޭބިސްކަދުރު ފަތުގައި ކުލަޖައްސަނީ - ވަގުތު އިމޭޖްސް: ވަފާ

"ވަގުތު" އަށް ދިން އިންޓަވިއުއެއްގައި ލީން ބުނީ، މޭބިސްކަދުރު ފަތުގައި އެކި މަންޒަރުތަކުގެ ކުލަޖެއްސުމުގެ ހިޔާލު އައީ، މޭބިސްކަދުރަކީ ޕަލަސްތީނުގެ ސަގާފަތާއި ގުޅުން ހުރި ވަރަށް މުހިންމު އެއްޗަކަަށްވެފައި، ގިނަ ގެތަކުގައި މޭބިސްކަދުރު ހުންނާތީ ކަމަށެވެ.

"ފަލަސްތީނުގައި ހަދާނެ ވަރަށް މީރު ކެއުމެއް، އެއީ ވަރަށް ގިނައިން ހަދާ އެއްޗެއް. އެއަށްވެސް ހުންނާނީ މޭބިސްކަދުރު ފަތް ބޭނުންކޮށްފައި ދެން ހުންނާނީ ބަތް"

ލީން - ވަގުތު އިމޭޖްސް: ވަފާ

މޭބިސްކަދުރު ފަތުގައި، އެއްވެސް މީހަކު ކުރިން ކުލަޖައްސައި ނޫޅޭކަން ފާހަގަކުރައްމުވަމުން ލީން ބުނީ، މިއީވެސް ތަފާތު "ޔުނިކް" ކަމެއްހެން ހީވުމުން ކުރަން ފެށީ ކަމަށެވެ.

އޭނާ މިކަން ކުރަމުން އަންނަތާ އެތައް އަހަރެއް ވެފައިވާއިރު، މިކަމުގައި އޭނާ ދެކެމުން އަންނަ ހުވަފެންތައް ވަރަށް ފޮންޏެެވެ. ލީން ބުނީ، އޭނާ ބޭނުންވަނީ އޭނާ ކުރަމުން އަންނަ މި މަސައްކަތްތައް ދައްކާލުމަށް އެގެޒިބިޝަނެއް ބޭއްވުން ކަމަށެވެ.

ލީންގެ މަސައްކަތް އެތައް ބައެއްގެ ސަމާލުކަމަށް - ވަގުތު އިމޭޖްސް: ވަފާ

"މިކަން ކުރަން ބޭނުން ފަލަސްތީނުގެ ތެރޭގައިވެސް އަދި ދުނިޔޭގެ އެހެން ހިސާބުތަކުގައިވެސް، އަހަންނަށް އިނގޭ އެއީ ވަރަށް އުނދަގޫ ކަމެއް ކަން، އެހެން ނަމަވެސް އަހަރެން އުއްމީދު ކުރަން އަހަރެންގެ ހުވަފަން ސީދާވާނެ ކަމަށް". ލީން ބުންޏެވެ.

ލީން ބުނީ، އޭނާގެ މަސައްކަތް ފެނި ގިނަ މީޑިއާތަކުގެ ސަމާލުކަން އޭނާއަށް ލިބުނުއިރު އޭނާގެ އެންމެ ބޮޑު އިންސްޕިރޭޝަންއަކީ އޭނާގެ ބައްޕައެވެ. ބައްޕައަކީ އާޓިސްޓެއްކަމަށް ލީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢައްޔަ

    މިލޯބިލޯބި ކުއްޖާ ޝަހީދު ނުކޮއްލަނީސް ރާއްޖެއަށް ގެނެވޭތޯބަލަންވީ

    14
    6
    • އިބުރޭ1122

      ތިކުއްޖާ ރާއްޖެގެނެސް އިނުން ނޫން އެހެން އެއްވެސްކަމެއް ބޭނުމެއްނޫން. މިކަން ނުވާހާ ހިނދަކު ޓީއޭވެސް ބޭނުމެއްނޫން.

      3
      2
  2. އަހުމަދު

    ގެނެސް މަ ބޭނުމީ ތި ކުއްޖާއާއި އިންނަން......އަޅޭ

    6
    2
    • އަހްމު

      ކަލޭ ދެ މީހުން ކިހިނެއް އިންނަނީ އޭނައާ މަހުއްޓާ

      7
      1
    • މިކުއްޖާ

      ޕިސް މިއޮއްކަމެއްދޯ!!!

      11
      • އަހްމު

        ކޮންކަމެއް އޮތީ އެކުއްޖާއަށް ދިމާވެދާނެ ނިކަމެތިކަމަކުން ސަލާމަތް ކުރުމަށް ކައިވެނި ކުރުމަކީ

        • ތުނިޔަ

          ތިކުއްޖާޔާ އިނަސް ތިކަހަލަ ރީތި އެހެންކުއްޖެއް ފެންނައިރަށް ކަލޭމެން ދުއްވައިގަންނާނެ!