އިންޑިއާގެ ބިހާރްގައި ފެންގަނޑެއްގެ ތެރޭގައި ޓިކްޓޮކް ވީޑިއޯއެއް ޝޫޓް ކުރަމުން ގެނބިގެން ކުއްޖަކު މަރުވެއްޖެއެެވެ.

މިދިޔަ ހޯމަ ދުވަހު މި ހާދިސާ ހިނގާފައި ވަނީ އަފްޒަލް ނަމަކަށް ކިޔާ ކުއްޖަކު އޭނާގެ ދެ ރައްޓެހިންކަމުގައިާ ކަސިމް އާއި ސިތާރެ ފެންގަނޑެއްގެ ތެރޭގައި ޓިކްޓޮކް ވީޑިއޯ އެއް ހަދަން އުޅުމުގެ ތެރޭގައެވެ.

މި ހާދިސާ ހިނގާދިޔަ ވީޑިއޯއެއް އެ މީހުންގެ ފޯނުންވެސް ފެނިފައި ވެއެވެ. އެ ވީޑިއޯއިން ފެންނަނީ ތިން މީހުންވެސް މޮޅެތި ސްޓަންޓްތައް ހަދާ ފެންގަނޑު ތެރޭގައި ސަކަރާތް ޖަހާ މަންޒަރެވެ. އެގޮތުން ކަސިމް އެ ފެންގަނޑު ތެރެއިން ލާފައި ދިޔައިރު، އެ މަންޒަރު ވީޑިއޯ ކުރަން ހުރީ އޭނާގެ ރަހުމަތްތެރިއެކެވެ. އެ ވީޑިއޯއިން ދެން ފެންނަނީ ކަސިމް ފެންގަނޑު ތެރޭގައި ޑައިވް ކުރަމުންދަނިކޮށް އޭނާ ގެނބެމުންދާ މަންޒަރެވެ.

އޭނާ ސަލާމަތް ކުރުމަށް އަފްޒަލްވެސް ފެންގަނޑު ތެރެއަށް ޑައިވް ކުރިއެވެ. އެހެން ނަމަވެސް އޭނާ ސަލާމަތެއް ނުކުރެވުނެވެ. އަދި އިތުރު ބަޔަކުވެސް އޭނާ ސަލާމަތް ކުރުމަށް މަސައްކަތް ކުރިއެވެ.

ކަސިމްގެ ހަށިގަނޑު އެ ފެންގަނޑު ތެރެއިން ފެނިފައި ވަނީ އެއް ދުވަސް ފަހުންނެވެ.

ކަސިމް މަރުވި އެ ފެންގަނޑަކީ އެ ސަރަހައްދަށް ކުރި ވިއްސާރަގައި ހެދުނު ބޮޑު ފެންގަނޑެއް ކަމަށް ވެއެވެ.

ޓިކްޓޮކް ވީޑިއޯ ހަދަން އުޅުމުގެ ތެރޭގައި މީގެ ކުރިންވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފައެވެ.