އިރުގައި ގަޑިއަކު 700 މޭލު ބާރުމިނުގައި ދަތުރު ކުރަމުންދާ "ޕްލާޒްމާ ސުނާމީ" ތަކެއް ސައިންވެރިން ހޯދައިފިއެވެ.

11 އަހަރު ވަންދެން އިރުގެ ހަރަކާތްތަކަށް ބެލުމަށްފަހު ސައިންވެރިން ބުނީ އިރުގައި ޕްލާޒްމާ ސުނާމީ ދައުރުވާ ކަން މިހާރު ދެނެގަނެވިފައިވާ ކަމަށާއި, މި ހަރަކާތަށް " ޓާމިނޭޓަރ" ގެ ނަމުން ނަންދީފައިވާ ކަމަށެވެ.

ސައިންވެރިން ބުނާ ގޮތުގައި ބިޔަ ސުނާމީތަކަކީ އިރުގެ ސޯލާ ސާކަލް ނިމެން އުޅޭ ކަމުގެ އިޝާރާތެވެ. ސައިންވެރިން ގަބޫލު ކުރާ ގޮތުގައި އިރުގެ ސޯލާ ސާކަލް 2020 އަހަރު ހަމަވާނެއެވެ.

އިރަކީ ސުރޫދަ ނިޒާމުގެ މެދުގައިވާ ތަރިއެވެ. އިރުގެ ބޮޑުބައި ބިނާވެގެން ވަނީ ހައިޑްރިޖަން އާއި ހީލިއަމް ގެ މައްޗަށެވެ. އިރަކީ އިރުގެ ނިޒާމްގައިވާ ޕްލެނެޓް ތަކަށް އައްޔާއި ހަކަތަ ފޮނުވައިދޭ މައިގަނޑު ވަޞީލަތެވެ. ކާއިނާތުގައިވާ ޕްލެނެޓް ތަކަކީ އޭގެ އަމިއްލަ ޒާތުގައި ފިނިތަންތަން ކަމަށްވުމުން އެޕްލެނެޓް ތަކުގައި ކާއިނާތު ދިރިއުޅުމަށްޓަކައި ބޭނުންވާ ހަކަތަ އާއި އަލި ލިއްބައި ދިނުމުގެ ވަޞީލަތަކީ މިފަދަ ތަރިތަކެވެ. އިރަކީ ދުނިޔެއާއި 150 މިލިއަން ކިލޯ މީޓަރު ދުރުގައިވާ ތަރިއެކެވެ.

ދުނިޔެއާ އަޅާބަލާއިރު އިރަކީ ވަރަށް ބޮޑު އެއްޗެއް ކަމަށްވިޔަސް ބައެއް އެހެން ތަރިތަކާއި އަޅާބަލާއިރު އިރަކީ ވަރަށް ކުޑަ ތަރިއެކެވެ. އިރުގެ ޑައިމީޓަރަކީ ގާތްގަނޑަކަށް 1392000 ކިލޯ މީޓަރު އެވެ. މިއީ ބިމުގެ ޑައިމީޓަރުގެ 109 ގުނަ އެވެ. އިރުގެ މެދުގައި ހުންނަ މައިގަނޑު ގޭހަކީ ހައިޑްރިޖަން އެވެ.

އިރުގެ މެދަކީ އަބަދާ އަބަދު ހިގަމުންދާ ނިއުކްލިއަރ ރިއެކްޝަންތަކުގެ ސަބަބުން ދުނިޔޭގައިވާ ހުރިހާ އެއްޗެއް އަންދާލުމުގެ ގަދަފަދަ ހޫނު މިނެއް ލިބިގެންވާ ތަނެކެވެ. އިރުގެ މެދުތެރޭގެ ހޫނުމިނަކީ 1400000 ޑިގްރީއެވެ. އިރުގެ ކައިރިފަށަށް ކިޔަނީ ފޮޓޯސްފެއަރ އެވެ. މިއީ އިރުގެ އެތެރޭ ބަޔަށްވުރެ މާފިނި ތަނެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކަހެރުވައް

    މުސްލިމުންނަކަށް ސައެންސުގެ ކަންތަކެއް ނޭނގޭނެ. މިވާނީ ކޮންމެވެސް ތަހުޒީބު ގައުމެއްގެ ހޯދުމަކަށް

    5
    34
    • އެންމެބޮޑު 200 ތަރި

      ޔުނިވަރސް ގައިވާ އެންމެ ބޮޑު ތަޜިގެ ތެރެއިން 200 ވަރަކަށް ތަރިއަށް ކިޔަނީ ޢަރަބި ނަންތައް، "ސިރިއސް" މިއީވެސް އޮރިޖިނަލް ޢަރަބި ނަމެއް އެއީ "ޝިއުރާ" ނަޖުމް ސޫރަތުގައި އޮންނާނެ، ޝިޢުރާގެ ވާހަކަ. "ނަޖްމު" މާނައަކީ ތަރި.
      ހަނދުގައި 18 ތަނަކަށް މުސްލިމު ފަލަކީ ޢިލްމުވެރިންގެ ނަމުން ވަނީ ނަން ދީފައި. ލިޔުމުގައި އެއޮތީ އިރަށްވެސް ނިމުމެއްވާ ކަން އެއީ ގުރުއާނުގައި އަންނގާވާފައިވާ ކަމެއް.

      30
      2
    • އާދަނު

      އެނގޭތީ ދޯ ފޮތްތައް ފޭރުނީ؟

      21
      4
    • ދުނި

      ކަހެރުވަކަކަށް ކޯއްޗެއްތޯ އިނގޭނީ

      8
      3
  2. ކަބީލާ

    ކަހެރުވައް ތީ މުސްލިމެއްތަ؟ މުސްލިމުންގެ ދުސްތޫރަކީ ކީރިތި ޤުރްއާން. އެ ޤުރްއާން ބާވައިލެއްވީ ހުރިހާ ޢިލްމެއް ދުނިޔޭގައި ލެއްވެވި އިލާހު. ދުނިޔޭގެ އެންމެން އެ ކިޔަނީ ސައިންޓިފިކް ކޮންމެ ހޯދުމެއްގެ އެންމެ ފަހުގެ ނިމުން އަންނަނޫ ޤުރްއާނުގައި އެކަމެއް އޮތް ގޮތުގެ މައްޗަށްކަމަށް. އެތައް ސައެންސް ވެރިންނެއް އިސްލާމްވަމުން އަންނަނީ މިހެންވެ. އެކަމު ކަހެރުވަކަކީ މިކަންކަމަށް ޣާފިލްވެފައިވާ މީހެއްކަމަށް ބެލެވޭ.

    22
    1
  3. ދާމް

    ކަހެރުވައް
    ތައުބާވޭ ! ގުރުއާނަކީ އަޖައިބުން ފުރިގެންވާ ފޮތެއް . ވިސްނާ ވިސްނާ. ހައްގު ފެންނާނެ.

    16
    1
  4. ލޯކަ!

    އަމިއްލައަށް ތި ލިބިގަތް ނަމުންވެސް (ކަހެރުވައް) އެނގެނީ އެއްވެސް އެއްޗެއްނޭނގޭކަމެވެ. ސައިންސުވެރިން ކިތަންމެ މައްޗަށް ހޯދަމުން ދިޔަސް ކީރިތި ޤުރްއާން ފަހަނައަޅައި ނުދެވޭނެ! އެންމެ ފުރަތަމަ ހުރިހައި ހޯދުމެއް ހޯދީވެސް މުސްލިމުންނެވެ. މިއަދުގެ ދުނިޔޭގެ ކުރިއަރައި އެދާ ހުރިހައި ޢިލްމެއް އެންމެ ފުރަތަމަ ވުޖޫދަށް ގެނުވީ މުސްލިމުންނެވެ. މުސްލިމުން އަތުން ހުރިހައި އެއްޗެއް ވަގަށްނެގީ ކާފަރުންނެވެ. އިލްމުއެކަންޏެއްނޫނެވެ. އެންމެ މުއްސަނދީވެސް އަރަބިންނެވެ. އެހުރިހައި މުއްސަނދި ކަމެއްވެސް ފޭރެމުން އެގެންދަނީ ކާފަރުންނެވެ. އަދި އެވަރުން ހިތްހަމަނުޖެހިގެން އެކިނަންނަމުގައި މުސްލިމުން މަރައި ކޮށައި އަޅަމުން އެގެންދަނީވެސް ކާފަރުންނެވެ ދުނިޔެ އަކީ ކާފަރުންގެ ސުވަރުގެއެވެ. މުސްލިމުންގެ ހުރަގެއެވެ. އިންސާނާ ކިތަންމެކުރިއަރައިދިޔަސް ޤުރުއާނުގައިވާ މިންވަރާ ގާތައްވެސް އިންސާނުންނަށް ނުދެވޭނެ!!!

    • މޮޔައެނޮނިމަސް

      ފޭރުނީ އޭ ކިޔައިގެން ހިތް ހަމ ޖައްސާލަިގެން ތިބޭ.ދެން ކަލޭމެން ނުފޭރެނީ ކީއެވެ