ކޮންމެ އީދަކާއި ދިމާކޮށް ރަށްރަށުގައި ކުރިޔަށް ގެންދާ މާލީގެ ހަރަކާތްތަކަކީ ރާއްޖޭގައި އެންމެ ހިނގާ ހަރަކާތްތަކެވެ. ކޮންމެ އަހަރަކުވެސް އެންމެ ތަފާތުކޮށް މާލި ޕެރޭޑްގެ ހަރަކާތް ހިންގަމުން ދަނީ ހދ. ކުޅުދުއްފުށީގައެވެ. މިފަހަރުވެސް އެރަށުގެ ޕާލި ޕެރޭޑް ވަރަށް ތަފާތެވެ.

އެރަށުގައި މާލި ޕެރޭޑްގެ ހަރަކާތްތައް މިހާރު ކުރިއަށްދާއިރު، މިހާރުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީސްގެ ކެމްޕޭންއަށް ބޭނުން ކުރަމުންދިޔަ އެޖެންޑާ 19އަށް ފާޑުކިޔައި މާލި ޕެރޭޑްގައި ވަނީ އެއްޗެހި ތައްޔާރުކޮށްފައެވެ.

އެގޮތުން އެއަށް އުޅަނދެއްވެސް ތައްޔާރުކޮށްފައި ވެއެވެ.

އަދި އެ އުޅަނދު ދުއްވަން އިން މީހާގެ ޓީޝާޓުގައި ޗޮކުންދާ ފެރީ ކުރޫ ލިޔެފައިވާއިރު، އޭނާގެ ޓީޝާޓުގައި އަޑިންދާ - 19 ވެސް ލިޔެފައި ވެއެވެ. އަދި އަޑިންދާ 19 ލިޔެފައިވާ އެކި ފުޅަނދުތައް އެ ޕެރޭޑުން ފެނިގެން ގޮސްފައި ވެއެވެ.

Mashi Maali Parade 2019 | HDh Kulhudhuffushi

Posted by Eyewell Portrait on Monday, August 12, 2019

އެހެންކަމުން، މީގައި ޖޯކް ޖަހާފައި މި ވަނީ ސަރުކާރުގެ އެޖެންޑާ 19 އަށް ކަމަށް ބެލެވެއެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކަށް ފާޑު ކިޔައި ތަފާތު ނަން ނަމުގައި ކޮމެޓީތަކެއް ހަދައިގެން ބޯޑު ހިފައިގެން ބައެއް މީހުން ވަނީ ޕެރޭޑްގައި ހަރަކާތްތެރިވެފައެވެ.

ކުޅުދުއްފުށީ މާލި ޕެރޭޑް - ފޮޓޯ: ނާޒިމް ހަސަން ޓްވިޓާ

ޕެސެންޖަރ ކްރޫއެއް ގޮތަށް ތައްޔާރުކޮށްފައިވާ ކޮޗިން ބީ12 ނަމަކަށް ކިޔާ އުޅަނދެއް ހަދާފައި ވެއެވެ. ކޮޗިން ފެރީއަކީ ކުޅުދުއްފުއްޓާއި ކޮޗިންއާއި ދެމެދު ދަތުރުފެށުމަށް މި ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުމެކެވެ.

ކުޅުދުއްފުށީ މާލި ޕެރޭޑް - ފޮޓޯ: ނާޒިމް ހަސަން ޓްވިޓާ

އަދި ރައީސް ސޯލިހު ވެރިކަމާއި ހަވާލުވެ ނެރުނު ވައުދު ލިސްޓުގައިވާ ވިހެއީމަ ލިބޭ ހަދިޔާ ފޮށިވެސް މި ޕެރޭޑްގައި ދައްކާފައި ވެއެވެ.

މީގެ އިތުރުން، ކުޅުދުއްފުށީ ޓާޝިއަރީ ހޮސްޕިޓަލް ދައްކުވައިދޭ ފުޅަނދަކާއި، އެމްއާރްއައި މެޝިން، އާއި އަދި ސިއްހީ ކަންކަމާއި ގުޅޭ ފުޅަނދުތައް ތައްޔާރުކޮށް އެ ޕެރޭޑަށް ނެރެފައި ވެއެވެ.

ކުޅުދުއްފުށީ މާލި ޕެރޭޑް - ފޮޓޯ: ނާޒިމް ހަސަން ޓްވިޓާ

އަދި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ރާއްޖެއިން ފިލުމަށް ބޭނުން ކުރި އުޅަނދު ގޮތަށް އުޅަނދެއް ތައްޔާރުކޮށް، އެ އުޅަނދުގައި ވަރގޯ 9 ލިޔެފައި ވެއެވެ.

އަދި ސޫތުކުޅި 9 ޖަހާފައިވާ އުޅަނދެއްވެސް ތައްޔާރުކޮށްފައި ވެއެވެ. ސޫތުކުޅިއަކީ އިންޑިއާ ސިފައިން އަދީބު ހިފެހެއްޓި ބަނދަރެވެ.

ކުޅުދުއްފުށީ މާލި ޕެރޭޑް - ފޮޓޯ: ނާޒިމް ހަސަން ޓްވިޓާ

އަދި "އަސްލު ލުތުފީ" ވެސް މި ޕްރޭޑްގައި ހަރަކާތްތެރިވެފައި ވެއެވެ.

މަށިމާލި ޕެރޭޑަކީ، އެއިރެއްގައި، މުޖުތަމަޢުގެ ތެރޭގައި އެންމެ ދެކެވޭ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ކެރެކްޓާތަކެއް ފެންނަ ހަރަކާތެކެވެ.

ރާއްޖެއަށް އައި ސިޔާސީ އޮއިވަރުގެ ކުލަވެސް، މި ހަރަކާތުގައި ޖެހިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ރައްޔިތުމީހާ

  ތިމާމެންފޭހުނު އިލޮށި އަމިއްލ ލޮލަށް ، ޔާމީނު އާ ދިމާލަށް ގޮވި ދޮގު ގޮވެލިފަތި އަނބުރާ އެބައި މީހުންގެ ލޮލަށް

  158
  18
 2. މުހައްމަދު

  ސަޅި ކުޅުދުއްށީ ތައްޔިތުން.

  133
  6
 3. Anonymous

  މިސަރުކާރު ގެންނަން ދަންމަރު ޖެހިގެންލީ ވޯޓު ހަމަ ރަނގަޅަށްވެސް އަތައް ގޮވާފަތިއޮތީ.

  100
  12
 4. އަބުދުއްލޯ

  ދެންމަލާމާއްކުރީމަ ކުޅުދުއްފުށީރައްޔަތުންނަކީމޮޔަބަޔަކައްވާނީ ޖަޒީރާގައުޅެލާ ހިތާހިތުގެގުޅުންގުޅާލަ އެމޮޔަނަސީދުގެބަސްއަހާލާ އަނިޔާވެރިކަންނައްތާލާ އަނިޔާލިބުނުކޮނމެމީހަކައް މަތީމަގާނު ބޮޑީގާޑު 800000 މުސާރަ ކާރު އަނިޔާވެރިކަންނައްތާލަން މަގުތަކައްނުމެމުޒާހަރާކުރި ނިކަނެތިންނައް ލަ ލަ ލާ ލަދުންބޯހަލާކު ރައްޔަތުންމޮޔަކަމުން

  74
  6
 5. ކާރިމް

  ކޮބާ ރާޓީވީ... ކެރޭނެބާ މިފަހަރު ރިޕޯޓެއް ހަދާލާފަ ދައްކާލަން...

  99
  5
  • ޑިމޮކްރަޓިސްޓް، ރ.ވާދޫ

   ވަކިވަރަކަށް ދިޔައިމަ ލަދާ ހަޔާތާ ކެނޑޭނެ. އެހެންވެފަ ތިބޭ ބައެއްގެ ވާހަކަތިދައްކަނީ.

   40
   2
 6. ޟ

  ދޮންމަނިކުމެނޭ މިއީ ކޮންމެ ސަރުކާރެެއް އޮތަސް މިކަން ފާހަގަ ކުރާގޮތް! ޑޯންޓު ޓޭކް އިޓް ޕާސަނަލީ
  އަބަދުވެސް ތަފާތުވާނެ!

  64
  3
 7. ފުނަދޫ

  އަނިޔާވެރިކަމޭކިއައިގެން ރައްޔިތުންބޮލައްސަވާރުވެގެން މަގާމުގެދަހިވެތިކަމުގަ ލެވިހަޅޭކުގަ ތިކުޅުދުއްފުށީގަމާރުން ޔާމިނައް ދޯކާދީފަ ޔާންމިނުގެއަނިޔާވެރިކަމުގެ ދަށުން ކުޅުދުއްފުށީ ތަރައްގީއައް ހުރަސްއެޅިމީހުންނާދެކޮޅައް އެއަރޕޯތުއަޅާ މަގުތަކުގަ ތާރުއަޅާ ހުރިހާކަމެއްކޮއްދިނީމަވެސް ޔާމިނައްދިނީދޯކާ ކިހިނެއްތިމީހުންނައް ވެރިޔަކު އިތުބާރުކޮއްފަ ކަމެއްކޮއްދޭނީ

  50
  9
 8. ޚާލި

  ހުންނާނީ މިހާރު ރާކަނިމަސް ކެވިފަ އިގޭ......

  50
  2
 9. މައީ

  މީހަކުވޯތްދީގެންތަ ވަގަންނެގި ވެިކަން ލަދުން ކޮންމެވެސްއެއްޗެއް ކިޔަންވެގެން 96000ވޯތްދެއްކީ ސީދާވަގު ރައީސް ބޮޑުވަގު ތހިމަރަރަ ރައީސްޔާމީނުގެ ވޯތް ދިރުވާލީ ބޮޑުވަގުތަށް

  22
  8
 10. ހަސީން

  އަނގަޔާއަތާދިމާނުވާންފެޝީމަ އަންނިއެއް އިބޫއެއް ނޯންނާނެ ދެންދުވަހަކުވެސް މަގޭއޢއިލާގެވޯތެއްނުލިބޭނެ މިހާރުތާމިއެނގެނީ ޔާމީނުކަން ރަނގަޅީ ކަންކަންކޮއްދޭންއެނގެނީވެސްޔާމީނުއައްކަން

  20
  2
 11. އައްލެއިކަލޯ

  މާއްޔަކީވެސް މީޑިއާގެ ވައްތަރެއް. މާބޮޑަށް ޒާތީނުވުން ބުއްދިވެރި. ހިތްހަމަނުޖެހިއްޖެ ހިނދެއްގައި ކޮންމެ ކަމަކީވެސް ބުލީކުރުންކަމަށް މާނަކުރެވިދާނެ. ކޮންމެއަކަސް ކުޅުދުއްފުއްޓަށް އައްސަރިބހާއި ސާބަސް. ޔުނީކް ރަށެއް. ޔުނީކް ބައެއް. ވަރަށް ރަނގަޅު މެސެޖެއް ވަރަށް ޕޮޒިޓިވްކޮށް ފޯރުކޮށްދެއްވައިފީމު.

  17