ބޮލީވުޑްގެ ބަތަލާ ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގގެ ކައިވެންޏަށް މިހާރު އަހަރެއްވާން ކައިރިވެފައިވާއިރު، ދިޕިކާ ބަނޑުބޮޑުކަމަަކަށް އޭނާގެ ފޭނުން ދަނީ ބުނަމުންނެވެ.

މިގޮތަށް ވާހަކަދެކެވެން ފަށާފައި ވަނީ، ރަންވީރުގެ އިންޓަގްރާމް އެކައުންޓަށް ލި ސްޓޯރީއަކަށް ދިޕިކާ ކުރި ކޮމެންޓަކާއި ގުޅިގެންނެވެ. ރަންވީރުގެ އިންސްޓަގްރާމްއަށް ލި ފޮޓޯއަކަށް ދިޕިކާ ކުރި ކޮމެންޓްގައި ވަނީ "ހާއި ޑެޑީ"މިހެން ލިޔެފައި ކުއްޖެއްގެ އިމޯޖީއަކާއި އަތްތިލަ ބަޑިއަކާއި ހިތެއް ހިމަނާފައިވެއެވެ. ޖަވާބުގައި ރަންވީރު ވަނީ "ހާއި ބޭބީ"ޖަހާފައެވެ. މިހެން ޖެހުމާއެކު އަރްޖުން ކަޕޫރްވެސް ވަނީ އެއަށް ކޮމެންޓް ކޮށްފައެވެ.

އަރްޖުންގެ އެ ކޮމެންޓާއެކު ދިޕިކާ އާއި ރަންވީރުގެ ފޭނުންދަނީ ދެމީހުންނަށް މަރުހަބާ ކިޔަމުންނެވެ. އަދި ދީޕިކާ އިނީ ބަލިވެ ކަމަށް ބުނަމުން ދިޔަ ނަމަވެސް އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދެ ތަރިންވެސް ދައްކާފައެއް ނުވެއެވެ.

މީގެ ކުރިންވެސް ދިޕިކާ ބަޑުބޮޑު ކަމަށް ވާހަކަދެެކެވިގެން ދިޔައެވެ.

މި ދެތަރިން ކައިވެނިކޮށްފައި ވަނީ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. ލޯބީގެ ގޮތުން ގުޅިގެން ހަތަރު ވަރަކަށް އަހަރުވަންދެން އުޅުމަށްފަހު ދެ މީހުންގެ ކައިވެނީގެ ހަފްލާ ވަރަށް ކުލަގަދަކޮށް ބާއްވާފައި ވެއެވެ.