ޖުމޯކް ހިލް އަކީ އެމެރިކާ އަށް ނިސްބަތްވާ ޒުވާނެކެވެ. އޭނާ އަކީ ދުނިޔޭގެ އަބާދީގެ ގިނަ ބައެކޭ އެއްފަދައިން ބަރުދަން މާބޮޑަށް އިތުރުވެފައިވާ މީހެކެވެ. 2013ވަނަ ހަދަފައިވާ ދިރާސާ އަކުން ދައްކާ ގޮތުގައި އޭރު ދުނިޔޭގައި 2.1 މިލިއަން މީހުން ބަރުދަން އިތުރުވެ، ފަލަވެފައި ތިއްބެވެ.

ޖުމޯކް ހިލް އަކީ އާދަޔާ ހިލާފަށް ފަލަވެ، އޭނާ ހިކެން ކުރާ މަސައްކަތުން ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ މީހެކެވެ. ޖުމޯކް އަކީ ކުޑަ އިރުން ފެށިގެންވެސް ފަލަކޮށް ހުރި ކުއްޖެއް ކަމުގައި ވާއިރު، ކާ އެއްޗެއްސާއި ދުރުގައި ހުންނަން އޭނާ އަށް ވީ ވަރަށް އުނދަގޫ ކަމަކަށެވެ. އެހެންކަމުން އެތައް އަހަރެން ވަންދެން އޭނާ ސިއްހަތަށް ނުވިސްނައި ކަމުން ގެންދިޔައެވެ. ވަކި ހިސާބަކުން އޭނާގެ ބަރުދަން 304ކިލޯ އަށް ވުރެން މައްޗައް އަރައިގެން ދިޔައެވެ.

ޖުމޯކް ސްވިމިން ޕޫލެއްގައި ކަސްރަތު ކުރަނީ

ޖުމޯކްގެ ބަރުދަން މިހައި ބަރުވެގެން ދިޔަ އިރު، އިންސާނަކަށް އެހައި ބަރުވެގެން ފުރާނާ އަށް ނުރައްކާވެ، ހިނގަން އުނދަގޫވާނެ ނަމަވެސް، ޖުމޯކް ދިޔައީ އެކަން ނޭނގި ހުރެ ހެލިފެލި ވަމުންނެވެ. ނަމަވެސް، އޭނާ އަބަދުވެސް ހުންނަނީ ނުތަނަވަސް ވެ ހޫނުވެފައެވެ.

މިހިސާބުން ޑޮކްޓަރުންގެ ލަފަޔާއި އެކު ޖުމޯކް ހިކުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މީގެ އަހަރުތަކެއް ކުރިން އޭނާ ފެށި މި މަސައްކަތުން މިހާރު އޭނާގެ ބަރުދަން ވަނީ ވަރަށް ބޮޑުތަން ލުއިވެފައެވެ. 270 ކިލޯ އަށް ވުރެން ބޮޑުތަނުން އޭނާ މިހާރު ލުއި ވެފައި ވާއިރު، އެ ބަދަލުތައް އޭނާގެ ހަށިގަނޑުންވެސް ފެނެއެވެ.

ޖުމޯކް 2019ގައި

ޖުމޯކް ގަބޫލު ކުރާ ގޮތުގައި އޭނާގެ މަގުސަދަކީ ފަލަވެފައި ތިބޭ މީހުންނަށް ހިކުމަކީ ވާނޭ ކަމެއްކަން ބަޔާންކޮށްދީ ކަސްރަތު ކުރުމަށް ހިތްވަރު ދިނުމެވެ. ޔޫޓިއުބްގައި ޖުމޯކް އޭނާ ހިކުމުގެ މަސައްކަތް ދާގޮތް ބަރާބަރަސް ހިއްސާ ކުރާއިރު، އޭނާ އަކީ އަރަމުން އަންނަ ލަވަކިޔުންތެރި އެއް ކަންވެސް ފާޙަގަކޮށްލެވެއެވެ.