މެދުރިއުމަތީގެ ބާރުގަދަ ގައުމެއް ކަމަށްވާ އިރާންގެ ވެރިރަށް ތެހްރާންގައި މަޝްހޫރު ފިލްމީތަރިންނާއި ސިޔާސީ ބައެއް މީހުން ޓްރެފިކްގައި ނުޖެހުމަށް އެމްބިއުލާންސް ބޭނުން ކުރާކަން ފަޅާއަރައިފިއެވެ.

އީރާނުގެ ނޫސްތަކުން ބުނާ ގޮތުން އެގައުމުގެ ކުންފުންޏެއް ކަމަށްވާ ފްރައިވެޓް އެމްބިއުލާންސް ސަރވިސްގެ ވަނީ އެގައުމުގެ މުއްސަނދި މީހުން މިގޮތަށް އެމްބިއުލެންސް ބޭނުން ކުރަމުންދާ ކަމަށް އެއްބަސްވެފައެވެ.

އީރާންއަކީ އެމްބިއުލާންސް ދުއްވުމުގައި ހަރުދަނާ ގަވާއިދުތަކެއް ހަދާފައިވާ ގައުމެކެވެ. މިމައްސަލަކީ އެ ސިޓީގެ ފުލުހުންނަށް ރިޕޯޓު ކުރި ނަމަވެސް ހުއްޓުވިފައިނުވާ މައްސަލައެއް ކަމަށް ވެއެވެ.

މިމައްސަލަ ހޫނުވެ ސޯޝަލް މީޑިއާގައި އެގައުމުގެ ރައްޔިތުންގެ ކަންބޮޑުވުންފާޅުކުރަމުންދާއިރު ފުލުހުން މި ކަމަށް މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށް އެގައުމުގެ ރައްޔިތުން ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޓްރެފިކްގައި ނުޖެހި ތަންތަނަށް ދިއުމަށް އެމްބިއުލާންސް އެންމެ ގިނައިން ބޭނުންކުރަނީ ޓިއުޝަން ނައިގައިދޭ މީހުނެވެ.

ކިޔުންތެރިންގެ ހިޔާލު