އެމެރިކާގެ ޓެކްސަސްގެ ޒުވާން ދެމަފިރިއަކު ކައިވެނި ކޮށްގެން ކޯޓުން ނިކުމެ، ގެއަށް ދިޔަ މަގުމަތީގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދެމަފިރިން ވެސް މަރުވެއްޖެއެވެ.

އެމެރިކާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އުމުރުން 19 އަހަރުގެ ހާލީ މޯގަން އާއި އުމުރުން 20 އަހަރުގެ ރިއަނޮން ބޮޑްރެކްސް މަރުވީ ޓެކްސަސްގެ އޮރެންޖް ނަމަކަށް ކިޔާ އަވަށުގައެވެ.

ފުލުހުން ބުނީ މިހާތަނަށް ތަޙްޤީޤަށް އެނގިފައިވާ ގޮތުގައި ދެމަފިރިން މަރުވީ ހައިވޭއެއްގައި އެމީހުންގެ ވެހިކަލް ދުއްވާފައި ދަނިކޮށް ޓްރަކެއްގައި ޖެހިގެންނެވެ.

މީޑިއާތަކުން ބުނާ ގޮތުގައި މި އެކްސިޑެންޓްގައި ޓްރަކް ޑްރައިވަރަށް އެއްވެސް އަނިޔާއެއް ވެފައެއް ނުވެއެވެ.

ހާލީ އާއި ރިއަނޮން ދަތުރު ކުރަމުން ދިޔަ ކާރުގެ ފަހަތުން އެއާއިލާގެ ބައެއް އެހެން މެންބަރުން އިތުރު ކާރެއްގައި ދަތުރު ކުރަމުން ދިޔައެވެ. އެކްސިޑެންޓްވި މަންޒަރު އާއިލާގެ މެންބަރުންނަށް ވެސް ވަނީ ފެނިފައެވެ.

ހާލީ އާއި ރިއަނޮން އަކީ ހައިސްކޫލުން ދިމާވި ދެމީހުންނެވެ. ދެމަފިރިންގެ ކައިވެނީގެ ރަސްމިއްޔާތު ބޭއްވީ ކޯޓު ތެރޭގައެވެ. ނަމަވެސް ދެމަފިރިން ނިންމައިގެން ތިބީ މިއަހަރުގެ ޑިސެމްބަރ މަހު ރަހުމަތްތެރިންނާއި އާއިލާގެ މެންބަރުންނަށް ކައިވެނި ޕާޓީއެއް ބާއްވަން ކަމަށް އާއިލާ މެންބަރުން ބުނެއެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގިތާ ދެމިނެޓް ތެރޭގައި ފުލުހުން އެސަރަހައްދަށް ދިޔަ ކަމަށާއި ނަމަވެސް އޭރު ދެމަފިރިން މަރުވެފައިވާ ކަމަށެވެ.

އޮރެންޖް ޕޮލިސް ޑިޕާޓްމަންޓުން ގެންދަނީ މިހާރު މިމައްސަލަ ތަޙްޤީޤު ކުރަމުންނެވެ.

ހާލީ އާއި ރިއަނޮންގެ މަރާއި ގުޅިގެން ވަރަށް ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ހިތާމަފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ށސޮނިފޮހެުގެ މަަންމެ

  ދެރަވެގެން ގޮސް ރޮވިއްޖެ

  9
  3
 2. އައްޔަ

  ދެމަފިރިން ނަން ސުވަރުގޭ ގެ ނިޔުމަތް ލެވުމަށް ދުއާކުރަން

  10
  17