ލޮލުގެ އިޝާރާތުން ގިނަ ބައެއްގް ހިތްދަމާގަތް ޕްރިޔާ ޕްރަކާޝް ވާރިއާ އާއިލާއާއެކު ޝޮޕިންގ މޯލަކަށް ވިޔަފާރި ކުރަން ދިޔުމުން ވެސް މީޑިއާގެ ސަމާލުކަން ލިބި އިންޑިއާގެ ނަން މަޝްހޫރު ވެބްސައިޓްތަކުން އެޚަބަރު ކަވަރު ކޮށްފިއެވެ.

އޭނާ އެ ޝޮޕިންގ މޯލަށް ޒިޔާރަތްކޮށްފައިވަނިކޮށް ނަގާފައިވާ ވީޑިޔޯއެއް މީސް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ. އަދި ޕްރިޔާ އާއި އެ ޝޮޕިންގ މޯލް ތެރެއިން ދިމާވި ބައެއް މީހުންނާއެކު ވަނީ ސެލްފީވެސް ނަގާފައެވެ. ޕްރިޔާ ޝޮޕިންގ މޯލަށްއަށް ގޮސްފައި ވަނީ ރަތް ކުލައިގެ ހެދުމެއް ލައިގެންނެވެ.

https://www.instagram.com/p/BhAsUOYHFmd/?utm_source=ig_embed

ޕްރިޔާއަކީ މި އަހަރު ތެރޭގައި ނެރެން ހަމަޖެހިފައިވާ މަލިޔާލަމް ފިލްމެއްކަމަށްވާ އޮރޫ އަދަރް ލަވްގައި ހިމެނޭ ލަވައެއްގެ ތަންކޮޅަކުން ފެނިގެން ދިޔަ މަންޒަރުން މަޝްހޫރުވި ތަރިއެކެވެ،

އުމުރުން 18 އަހަރުގެ ޕްރިޔާ މިހާރު ވަނީ އެތައް ބައެއްގެ ހިތްތައް އަތުލާފައެވެ. އޭނާއަށް މިހާރު އެކި ގޮތްގޮތުން ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރުމަށް ފުުރުސަތު ލިބެމުން އަންނައިރު، އޭނާ ވަރަށް އަވަހަށް ބޮލީވުޑް ފިލްމަކުން ފެނިދާނެކަމަށް ވެސް ވެއެވެ.

ޕްރިޔާއަކީ މިފަހަކުން މަދު ދުވަސްކޮޅެއްގެ ތެރޭގައި މުޅި މީސް މީީޑިޔާ ހިސާރަކުރި، އެއް ފަންނާނެވެ.