އިނގިރޭސިވިލާތުގައި އުމުރުން 18 އަހަރުގެ އަންހެން ކުއްޖަކު އޭނާ ކުރިން ލޯބީގެ ގޮތުން އުޅުނު ފިރިހެން މީހާ ބަދުނާމު ކުރުމަށް ފޭކު އެކަންޓުތަކެއް ހަދައިގެން އުޅެނިކޮށް، ބޭޒާރުވެއްޖެއެވެ. މި މައްސަލަ އާއި ގުޅިގެން އޭނާ އިދާރާތަކުގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ކުރި ތަހުޤީޤަކަށްފަހު މިހާރު ގުނަމުން ދަނީ ޖަލު ޙުކުމެއްގެ ދުވަސްތަކެވެ.

ކްލެރިސް ކްރޮތާސް ކިޔާ އެ އަންހެން ކުއްޖާ ވަނީ އެތައް ފޭކް އައިޑީތަކެއް ހަދައި، އަމިއްލަ އަށް އެ އައިޑީ ތަކުން އޭނާ އަމިއްލަ އަށް މެސެޖުކޮށްފައެވެ. އެ މެސެޖުތަކުގައި ކްރެލިސް އަށް ބިރުދައްކައި، ގެއްލުން ދޭނޭ ކަމުގެ އެތައް އިންޒާރެއް ދީފައި ވާއިރު، އެއް ދުވަސް ތެރޭ އެފަދަ 100 މެސެޖު ލިބުނުކަމަށް ކްލެރިސް ވަނީ ބުނެފައެވެ.

ފުލުހުންނަށް މައްސަލަ ޖެއްސުމަށް ފަހު ކްލެރިސްގެ ފޮޓޯއެއް

މި މައްސަލަ އިދާރާތަކުގެ ސަމާލުކަމަށް ގެންނަމުން އޭނާ ބުނެފައި ވަނީ އެއީ އޭނާގެ ކުރީގެ ލޯބިވެރިޔާ ކުރާ ކަމެއް ކަމަށާއި، އޭނާގެ އައިލާ އަށް ގެއްލުން ދިނުމުގެ އިތުރުން ކްލެރިސް އަށް އޭނާ ފާރަލާ ކަމަށެވެ. ނަމަވެސް، ފުލުހުން ކުރި ތަހުގީގުން އެނގުނު ގޮތުގައި އެއީ ކްލެރިސް އަމިއްލަ އަށް އޭނާގެ ކުރީގެ ލޯބިވެރިޔާ އަށް ކަމެއްގައި ބަދަލު ހިފުމުގެ ގޮތުން ކުރި ކަމެކެވެ.

މިކަން ފުލުހުންނަށް ފަޅާ އެރުމުން، ކްލެރިސް ދެން މަސައްކަތް ކުރީ އެކަމުގައި އޭނާ އަށް އެހީތެރިވި ކްލެރިސްގެ އެންމެ ގާތް އެކުވެރިޔާގެ ބޮލަށް މިކަން ކަނޑާލުމަށެވެ. މި މައްސަލަގާއި ކޯޓުން ކްލެރިސްގެ މައްޗައް އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވާއިރު، މައްސަލަ ބެލި ގާޒީ ވަނީ މިއީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ދެކޭ ކަމަށް ބުނެފައެވެ. މިއީ ރާއްޖޭގައިވެސް ބައެއް ފަހަރަށް ހިނގަމުން އަންނަ ކަންކަމެވެ.