ލޮލުގެ އޮޕްރޭޝަނަށް ކޮށްގެން ފުރަތަމަ ފަހަރަށް އައިނު އަޅައިގެން ދުނިޔެ ފެނި ބައްޕަ ފެނުމުން 7 މަހުގެ ތުއްތު ކުއްޖަކު އުފަލުން ފޮޅިއްޖެއެވެ.

ތިއޯ ބެނެޓް ނަމަކަށް ކިޔާ އުމުރުން 7 މަހުގެ ތުއްތު މިކުއްޖާގެ ލޮލުގެ އޮޕަރޭޝަނަށް ވަނީ 2 ހަފްތާ ނަގާފައެވެ. އެއީ ތުއްތު ތިއޯގެ އުމުރުން 6 މަހުން ލޮލުގެ ކަޅު ކަޅީގައި ހިފާފައި ހުރި ހުދު ފަށަލަ އެއްކޮށް ނަގާލުމަށެވެ. މިއީ ވަރަށް މަދުން ދިމާވާ ކަމަކެވެ. ނޭޝަނަލް އިންސްޓިޓިއުޓް ފޯ ބްލައިންޑް ޕީޕަލް އިން ބުނެފައިވަނީ މިކަމަކީ 10000 ކުދިންގެ ތެރެއިން 3 ނުވަތަ 4 ކުދިންނަށް ޖެހޭ ބައްޔެއް ކަމުގައެވެ. ތިއޯގެ މަންމަ ބުނީ އޮޕްރޭޝަނަށްފަހު އުނގު މަތީ އިށީދެއިނދެގެން މުޅި ކޮޓަރި ހޯދާފައިވާ ކަމަށެވެ.

"އުނގުމަތީ ބައިންދައިގެން ހުއްޓާ މުޅި ކޮޓަރީގެ އެކި ތަންތަން ބެލި، ކުއްލިއަކަށް ތިއޯގެ ބައްޕަ ފެނުމުން އުފަލުން ހުރީ ފޮޅިފައި." ތިއޯގެ މަންމަ ބުންޏެވެ.

ތިއޯގެ ބައްޕަ ބުނެފައިވަނީ ތިއޯ އައިނު އަޅައިގެން މުޅި ތަން ހޯދާފައިވާ ކަމަށާއި، އޭނާ ފެނުމުން ވަރަށް ބޮޑަށް އުފާވި ކަމަށެވެ. ތިއޯގެ އޮޕަރޭޝަން ކޮށްފައިވަނީ ޔޫކޭގެ ލީޑްސް ޖެނެރަލް އިންފާމަރީ އިންނެވެ.

"ތިއޯ އައިނު އަޅާފައި ކޮޓަރި ހޯދައި، އަަހަރެންނާ ދިމާލަށް ބެލި ހިސާބުން ފެނުނީ އުފަލާއި ހިނިތުންވުމުގެ މަންޒަރެވެ." ތިއޯގެ ބައްޕަ ބުންޏެވެ.

ތިއޯ މިހާރު އޭނާގެ 2 އަހަރު ބޮޑު ބޭބެ މެންނާއި އެކީ ގޭގެ ޕާކު ތެރޭ ބުޅަލާއި ކުއްތާ ތަކާއި އެކު ދުވެ މަޖާ ކުރާމުން އަންނަކަމަށްވެސް ތިއޯގެ ބައްޕަ ބުންޏެވެ.