އިނގިރޭސި ވިލާތުގައި ޑީޖޭ އެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މީހަކު ނިދީގައި ހިނގާފައި ގޮސް، 4 ވަނަ ފަންގިފިލާގެ ބެލްކަނިން ބޭރަށް ފުންމާލައިފިއެވެ.

އެ ގައުމުގެ ރޭޑިއޯ ސްޓޭޝަނެއްގައި މަސައްކަތް ކުރަމުން އަންނަ ޕައުލް ނަމަކަށް ކިޔާ އުމުރުން 45 އަހަރުގެ އެ ފިރިހެން މީހާ ވަނީ އޭނާގެ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން އަންހެނުންނާއި އެކު ހޮޓަލަކަށް ގޮސްފައެވެ. އެ ހޮޓަލުގައި އެރޭ އުފަންދުވަސް ފާހަގަކުރުމަށް ފަހު އެ ދެމަފިރިން ނިދާފައި ވާއިރު، ޕައުލް ވަނީ އެތަނުގެ 4 ވަނަ ފަންގިފިލާ (80 ފޫޓު) މަތިން ފުންމާލާފައެވެ. އަދި މިކަން އޭނާގެ އަންހެނުންނަށް އެނގުނީ ދަންވަރު ތެދުވި ގަޑީގައި އޭނާގެ ފިރިމީހާ ކައިރީ ނެތުމުން ގޮސް ބެލްކަންޏަށް ނިކުމެ ހުރި ގަޑީގައެވެ.

ޕައުލް ވެއްޓުނު ބެލްކަނީ

މިދިޔަ މަހު ހިނގި މި ހާދިސާ އަށް ފަހު 2 ހަފްތާ ވަންދެން ޕައުލް ކޯމާއެއްގައި އޮތްނަމަވެސް، މިހާރު އޭނާ ވަނީ ހޭ ޖެހިފައެވެ. ދެ ކުދިންގެ ބައްޕަ ކަމުގައިވާ ޕައުލް ބުނެފައި ވަނީ މިއީ އޭނާ ދިރިއުޅުމަށް ލިބުނު ދެވަނަ ފުރުސަތެއް ކަމަށާއި، ދިރިހުރުމުން ވަރަށް އުފާވާ ކަމަށެވެ.

ޑޮކްޓަރުންގެ ރިޕޯޓް ދައްކާ ގޮތުން ޕައުލްގެ ހަށިގަނޑުން 28 ކައްޓެއް ވަނީ ބިންދައިގެން ގޮސްފައެވެ. އަދި އޭނާގެ ހަށިގަނޑުގެ އެތެރެއިން ލޭވެސް އައިސްފައިވާ ކަމަށް އެ ރިޕޯޓްގައި ވެއެވެ. ޕައުލް އަށް ހިނގޭނީ މީގެ އަހަރުތަކެއް ފަހުން ކަމަށް ޑޮކްޓަރުން ބުނެފައި ވާއިރު، ޕައުލް ބުނާގޮތުން މިހާރު އޭނާގެ އަމާޒަކީ ވީހައިވެސް އަވަހަށް ކުރީގެ ހާލަތަށް އައިސް އާއިލާ އަށްޓަކައި މަސައްކަތް ކުރަން ފެށުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙިޔާލް

    ނަސީބެއް ނުން ސޮރުމަރު ނުވިކަން

  2. ހިނު

    ނަސީބެއް ނުން ސޮރު މަރު ނުވިކަން

  3. ާއަޙްމަދު

    ރަ ގަޅުތާ. ހޭ "ޖެހިއްޖި" އްޔާ ދެން ތިކަހަލަ ކަމެއް ނުކުރާނެތާ.