ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް އާއްމު ގޮތެއްގައި ފުލުހުން މައްސަލަތައް ބަލަމުން ގެންދާއިރު، އާއްމުންގެ އެހީ އަށް އެދެއެވެ. ނަމަވެސް މިގޮތަށް އެދެނީ ހޯދާ މީހެއްގެ ސާފު ފޮޓޯއެއް ނުވަތަ މޫނު ހުންނާނެ ކަމަށް ބެލެވޭ ވައްތަރެއްގެ ފޮޓޯ ދެއްކުމަށް ފަހުގައެވެ.

އެހެންނަމަވެސް، އިނގިރޭސި ވިލާތުގެ ސަރަހައްދެއްގެ ފުލުހުން ކަންތައް ކުރީ މިއާއި މުޅިން އިދިކޮޅަށެވެ. ފޮޓޯ އިން އެ ފެންނަ މީހާގެ ފޮޓޯ މީސް މީޑިއާގައި ހިއްސާ ކުރަމުން ފުލުހުން ވަނީ އެއީ ވައްކަމުގެ މައްސަލަ އެއްގައި ހޯދަމުން ގެންދާ މީހެއް ކަމަށް ބުނަމުން، އެއީ ކާކުކަން އެނގޭތޯ ސުވާލު ކޮށްފައެވެ.

މިއާއި އެކު އާއްމުންގެ މިކަމަށް ޖޯކު ޖަހަމުން އަންނައިރު، އެމީހުން ބުނެފައި ވަނީ މޫނު ނުފެންނަ ހިނދު ކާކުކަން ނެނގޭނޭ ކަމަށާއި، އެ މީހާގެ މޫނު ފެންނަ ފޮޓޯ އެއް ދެއްކުމަށެވެ. މީގެ މަހެއް ކުރިން އެ މީހާ ވަނީ ޕެޓްރޯލް އަޅައިދޭ ތަނަކަށް މޫނު ނިވާކޮށްގެން ދަންވަރު ގަޑީގައި ވަދެ، އެތަނުން ފައިސާތަކެއް ވަގަށް ނަގާފައެވެ. ނަމަވެސް، ފުލުހުން އާއްމުންގެ އެހީއަށް އެދިފައި މިވަނީ އެކަން ހިނގިތާ މަހެއް ފާއިތުވި ފަހުން ކަމުން ބައެއް މީހުން މިކަމުގައި ފުލުހުންގެ އަތެއް ވޭތޯވެސް އަންނަނީ ސުވާލު ކުރަމުންނެވެ.

އިނގިރޭސި ވިލާތްފަދަ ބޮޑެތި ގައުމުތަކުގައި އާއްމުންގެ އެހީ އާއި ފުލުހުން ގިނަ މައްސަލަތަކެއް ހައްލު ކުރިނަމަވެސް، އާއްމުންނަށް މި މައްސަލަ ހައްލު ކުރެވޭނޭ ކަމަކަށް ނުބެލެވެއެވެ. އެއީ އެކަން ކުރި މީހާ މިހާގެ ހަށިގަނޑަށްވެސް ބަދަލުތަކެއް އައިސްފައި ހުރެދާނެތީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަކު

    ޢިނގިރޭސިން ހަމަ ގަމާރިއްޔޭ! ކޮތަޅު އަލައިގެން ހުއްޓަސް އޭނަގެ ގާތް މީހުންނަށް އޭނަ ވަކިކުރާން އެނގޭނެ އެވެ. ޢެހެރަ ޝަހުސީ ބަނޑުންވެސް އެނގޭނެ އެވެ. މިކަމުގައި ލީޑެއް ލިބުން އެކަށީގެން ވޭ