އިންގްލެންޑަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް އެ ޓީމާއި ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭންވެއްޖެއެވެ.

ކޭން މި ރިކޯޑު ހެދީ ޔޫރޯ ކޮލިފައިންގައި އިންގްލެންޑް 2-1 އިން އިޓަލީ ބަލި ކުރި މެޗުގައެވެ. ކޭން ލަނޑު ޖަހައި ރިކޯޑު މުގުރާލީ މެޗުގެ 44 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ.

މި ގޯލާ އެކު، އިންގްލެންޑަށް އޭނާ ޖެހި ގޯލްގެ އަދަދު ވަނީ 54 އަށް އަރައިފައެވެ. މި ރިކޯޑު ކުރިން އޮތީ އިންގްލެންޑަށް ކުޅުނު ފޯވާޑް ވޭން ރޫނީ އަތުގައެވެ.

ނަޕޯލީގެ ޑިއޭގޯ އަރްމާންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އިންގްލެންޑުން ލީޑުނެގީ 13 ވަނަ މިނެޓުގައި ޑެކްލަން ރައިސް ޖެހި ގޯލުންނެވެ. އިޓަލީގެ ފުލްބެކް، ޖިއޮވާނީ ޑި ލޮރެންޒޯ އަތުގައި ބޯޅަ ޖެހުނު ކަމަށް ބަލާފައި އިންގްލެންޑަށް ޕެނަލްޓީ ކާމިޔާބުކޮށްދީ ލީޑް ފުޅާކޮށްދިނީ ކޭންއެވެ.

މި ޕެނަލްޓީއަކީ އިންްގްލެންޑުން އެޕީލް ކުރުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން ޕެނަލްޓީ އެކެވެ.

މި މެޗުގެ 80 ވަނަ މިނެޓުގައި އިންގްލެންޑްގެ ފަހަތަށް ކުޅޭ ލޫކް ޝޯ އަށް ދެ ވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައިވެއެވެ.