ވަރަށް ތަފާތު ގޮތަކަށް ސިފަވާ، އާދަޔާއި ހިލާފު ބޮޑު ލޮލެއް އިންނަ މަހެއް ނޯވޭގެ ޒުވާނަކު ބާނައިފިއެވެ.

މިމަސް ބާނާފައި ވަނީ ނޯވޭގެ ކަނޑުގެ ސަރަހައްދުން އުމުރުން 19 އަހަރުގެ އޮސްކާ ލުންޑަލް ނަމަކަށް ކިޔާ ޒުވާނެކެވެ.

އާއްމުކޮށް ނުފެންނަ މިމަހަކީ "ޑައިނަސޯ އާއިލާގެ މަހެއް" ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

އޮސްކާ ބުނީ އޭނާ އަށް މިމަސް ބޭނުނީ ވެސް އާދަޔާއި ހިލާފު މަހެއް ބޭނޭތޯ ވަރަށް ދިގު ނަނެއް ދޫކޮށްގެން އިންދާ ކަމަށެވެ. އޭނާގެ ދޮށީގެ ނަނުގެ ދިގު މިނުގައި 2600 ފޫޓް ހުރި ކަމަށް އޮސްކާ ބުނެއެވެ.

ސައިންސްވެރިން ބުނާ ގޮތުގައި މިމަހުގެ ނަމަކީ ޗިމާރަސް މޮންސްޓްރޯސާ ލިނޯސް އެވެ. މިބާވަތުގެ މަހެއް ބޭނުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. މިބާވަތުގެ މަސް އާއްމު ގޮތެއްގައި ނުބޭނެނީ މިބާވަތުގެ މަސް އުޅެނީ ކަނޑުގެ ވަރަށް އަޑީގައި ކަމަށް ވާތީއެވެ.

އޮސްކާ އާއި އޭނާގެ ރަހުމަތްތެރިން ވަނީ މިހާރު މިމަސް ކާލާފައެވެ. އޮސްކާ ބުނާ ގޮތުގައި މަހުގެ ރަހަށް ވަރަށް މީރެވެ.

ސައިންސްވެރިން ބުނާ ގޮތުގައި މިމަހުގެ ލޯ އާދަޔާއި ހިލާފަށް ބޮޑުކޮށް އިންނާތީ ކަނޑުގެ ވަރަށް ފުން ހިސާބުތަކުގެ އަޑީގައި ވެސް އެއްވެސް ދަތިކަމެއް ނެތި ތަންތަން ބެލުމުގެ ގާބިލްކަން މިމަހަށް ލިބިފައިވެއެވެ.

މިމަސް އާއްމުގޮތެއްގައި އުޅެނީ ކަނޑުގެ 3300 ފޫޓް އަޑީގައި ކަމަށް ސައިންސްވެރިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ބުޅާބެ

  މިއީ މާތް ﷲ ގެ ކުޅަދުންވަންތަކަން ގެރިއެއް ގެ ނޫން

  33
  5
 2. ލކ

  ތިމަސް އަވަހައް ދޫކޮއްލާ

  6
  1
  • ހުސޭނުބޭ

   މާ ފަހުން ތިބުނީ! އޭތި އެމީހުން ކާލާފި

 3. ބޮޑުދުފާ

  މިރާއްޖޭގައިވެސްއުޅޭ ލޯބޮޑުމަސް. އެކަމަކު ތިޔަހާ ލޯބަޑެއްނޫން. އެއަށްކިޔާއުޅެނީ ލޯބޮޑުބަކުރު. ތިޔަވާނީ ލޯބޮޑުހަސަނަކަށް.

 4. އަހުދު

  މަށަށް ނުކެރޭނެ ތި މަސް ކާން ވެސް.

  3
  1