ފުއްލާތަކެއް ޝިކާރަކުރުމުގެ މައްސަލައިގައި ފަސް އަހަރު ދުވަހަށް ޖަލަށް ލައިފައިވާ ބޮލީވުޑުގެ މެގަ ސްޓަރ، ސަލްމާން ޚާނަށް ޖަލުން ދެނީވެސް އާދައިގެ ބޯފެންކަމަށް ބައެއް ނޫސްތަކުން ބުނެފިއެވެ.

އެޤައުމުގެ މަޝްހޫރު ނޫހެއްކަމުގައިވާ "އިންޑިޔާ ޓައިމްސް" އިން ބުނެފައިވާ ގޮތުގައި ސަލްމާނަށް ދޭ ފެނަކީވެސް އެންމެ އާދައިގެ ފެންކަމަށްވާއިރު، އެއަށްވުރެ ރަނގަޅު ފެންވަރުގެ ބޯފެން ދިނުމަށް އޭނާ އެދިފައެއްވެސް ނުވެއެވެ.

ސަލްމާން ޚާނަށް ވީއައިޕީ ފަރާތްތަކަށް ހަމަޖައްސައިދީ އިނާޔަތްތަކާއި އިމްތިޔާޒުތައް ހަމަޖައްސައިދެވެން ނެތްކަމަށް، އޭނާ ހުކުމް ތަންފީޛު ކުރަމުންދާ ޖޯދުޕޫރުގެ ސެންޓްރަލް ޖަލުގެ އިސް އޮފިސަރަކު ވެސް އިއްޔެ ވަނީ ބުނެފައެވެ.

ވީއައިޕީ އިންނަށް ދޭ ފެންވަރުގެ ޚިދުމަތްތަކެއް ސަލްމާނަށް ނުދިންކަމުގައިވިޔަސް އޭނާގެ ސަލާމަތަށާއި ރައްކާތެރިކަމަށް ޖަލުގައިވަނީ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. އެގޮތުން، ސަލްމާން ހުންނަ ގޮޅީގެ ކައިރީގައި ހަރަކާތްތެރިވާ ސެކިއުރިޓީންގެ އަދަދު އިތުރުކޮށްފައިވެއެވެ.

އުމުރުން މިހާރު 52 އަހަރުގެ ސަލްމާން ޚާނަށް ފަސް އަހަރުގެ ހުކުމެއްކޮށްފައިވާއިރު، ފުއްލާތައް ޝިކާރަކޮށްފައިވާކަމަށް ބުނަނީ 1998 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ، އެއަހަރު ޝޫޓޫކުރި "ހަމް ސާތު ސާތު ހޭ" ގެ ޝޫޓިންގެ ތެރެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރިޒާ

    ސަލްމާން މާދަމާ ސަލާމަތް ވަނީ އާދައިހެ ފެންވެސް ރަނގަޅުވާނެ ރާއްޖޜގެ ޖަލުތަކުގައި ދެނީ ކޮންކަހަލަ ފެނެއްތޯ ވަގުތު ރިޕޯރޓަރުން ޗެކްކޮށްލާ މިނޫސްކިޔާ މީހުނަށް އަންގާލަ ދިނިން އެދެން

  2. ޤައުމު

    ދިވެހިރާއްޖެ މީހުން ނޫނީ ހިތްމޮޅު ބައެއް ދުވަހަކުވެސް ނުދެކެން. ކުށެއް ކޮއްގެން ޖަލަށް ލިޔަސް އެތަނުން މިދިވެހިންނަށް ލިބެންޖެހޭނީ ފައިވް ސްޓާރ ފެންވަރުގެ ހިދުމަތް. ސިއްހަތު ރަނގަޅު މީހަކު ޖަލައް ލައިފިއްޔާ އަނެއްދުވަހު އުނަގަނޑު ބިނދޭނެ ނޫނީ ކޮއްމެވެސް އެހެން ބައްޔެއްވާނެ. ކުށެއް ކުރިޔަސް މި ދިވެހިން ޖެހޭނީ ކުއްވެރިންނައް ނުހަދާ ބައިތިއްބަން. ސަލްމާންޚާން ނޫޅޭ ހިތްމޮޅުވެގެނެއް.

  3. ާއާދަނު

    މީ މާހައިރާންވާންވީ ކަމެއްނޫން ރާއްޖޭގެ 30 އަހަރުދުވަހު ވެރިކަން ކޮށް ރައްޔަތުން ގެ ރުހުމާއި ލޯބި ލިބިފައިވާ ދިވެހި ދަރިންގެ ބައްޕަވެސް ހުރީ ޖަލުގަ ވީމާ، ތިކަމާއި ހައިރާން ނުވޭ....!