ފޮޓޯ އިން ތިޔަ ފެންނަނީ އިންސްޓަގްރާމްގައި މޮޑެލް ކުރާ އަންހެނެކެވެ. މޮޑެލް ކުރުމުގެ އިތުރަށް އޭނާ އެންމެ ބޮޑު އާމްދަނީ އެއް ހޯދަމުން އަންނަނީ ވަރަށްވެސް އާދަޔާ ހިލާފް ކަމެއް ކޮށްގެންނެވެ. އެއީ އޭނާ ބޭނުން ކޮށްފައި ހުންނަ ޖަންގިޔާތައް އޭނާގެ ފޭނުންނަށް ވިއްކައިގެންނެވެ.

އެމެރިކާގެ ފްލޮރިޑާ އަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ވެނީ ވިޝަސް އާމްދަނީ ހޯދާ ގޮތުން ދުނިޔޭގެ ސަމާލުކަން އޭނާ އަށް ހުއްޓިފައި ވާއިރު، މީޑިއާ ރިޕޯޓްތައް ބުނާގޮތުން ވެނީ ކޮންމެ މަހަކުވެސް މަދުވެގެން 1000 ޑޮލަރު(15،410ރުފިޔާ) އޭނާ ލައިފައި ހުންނަ ޖަންގިޔާތައް ވިއްކައިގެން ހޯދައެވެ. މީގެ އިތުރުންވެސް އޭނާ ކުރާ މޮޑެލިންގެ މަސައްކަތުންވެސް އޭނާ އަށް ފައިސާ ލިބެއެވެ.

ވެނީ މޮޑެލް ކުރަނީ

އިންސްޓަގްރާމްގައި މިލިއަނަކާއި ގާތްކުރާ އަދަދަކަށް ވެނީގެ ފޭނުން ތިބިއިރު އޭނާ ޖަންގިޔާއެއް ވިއްކަނީ 100 ޑޮލަރުގެ ރޭޓުންނެވެ. ޖަންގިޔާގެ އިތުރުންވެސް، އޭނާ ޖިމަށް ދާއިރު ލާން ގެންގުޅޭ އިސްޓާކީނާއި، ގޭތެރޭ އުޅޭއިރު ލައިގެން އުޅޭ އިސްޓާކީނުތައްވެސް މިގޮތަށް ވިއްކައެވެ.

ކޮރެއަން މާޝަލް އާޓްސް އިން ބްލެކް ބެލްޓްވެސް ހާސިލް ކޮށްފައިވާ ވެނީގެ އަމިއްލަ ދެ ފެޝަން ބްރޭންޑެއް އޮންނައިރު، އޭނާގެ މަގުބޫލުކަން ދުވަހަކަށްވުރެ ދުވަހެއް ދަނީ އިތުރުވަމުންކަން ފާހަގަކޮށްލެވެއެވެ.

ވެނީ މޮޑެލް ކުރަނީ

އެމެރިކާގެ ނޫސްތަކަށް މައުލޫމާތު ދެމުން ވެނީ ބުނެފައި ވަނީ އޭނާ ޖަންގިޔާތަކާއި އިސްޓާކީނުތައް ވިއްކަން ފެށީ އޭނާގެ ފޭނުން އެކަމަށް އެދޭތީ ކަމަށާއި އެ ވިޔަފާރި އަށް ބޮޑު ތަރުހީބެއްވެސް ލިބެމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ދިވެހިން ކިޔާއުޅުނީ

  ބަލާލީމަވެސް އެނގޭ ނުވިކެންވި ސަބަބެއް ނެތްކަން!

  24
  8
 2. ހުދުހުދު

  އައްޗީޑި

  52
  6
 3. އަންތަރީސް

  ބޯ ހަލާކު?‍♀️?‍♀️
  އެޔައް ވު ރެ.. ރީތި ..ކަމެއް ..ކުރަން ..ނޭނގުނީ؟؟

  34
  3
 4. ހުސޭނުބޭ

  ތިއެއް ވިއްކޭވަރެއްނޫނޭ! ހިއްކަން އަޅާފައި ހުއްޓާ ޕާޓޭން އައިސް އެދަނީ ވަގަށް ހިފައިގެން! ފަހަރުގައި އެސޮރުމެން އެކަތިމަތިން އަނެކެތި ލައިގެންވެސް އުޅެދާނެ!

  35
 5. މިލަ

  ޗޮައެ!!

  19
  4
 6. ގުދު ގެ ކޮއްކޮ ޓޯޓޯ

  ގުއި ތިކީގެ ވަސް ހުންނާނެ ޗީޑި

  32
  2
 7. ގާކޮޅު ހަންޑިގެ ދަޅު

  \ހިލޭ ދިނަސް ނުނަގާނަން

  43
  2
 8. އަޅޭ

  ދެންކީކޭ ބުނާ ނީ

  12
  2