އަހަރެމެން އެންމެންވެސް ދިރިއުޅުމަށްޓަކައި އެކިއެކި މަސައްކަތްތައް ކުރަމުން އަންނައިރު އެންމެންވެސް ބޭނުންވާނީ އަދާކުރާ ވަޒީފާ އަކުން ވީހައިވެސް ބޮޑު މުސާރަ އެއް ލިބޭށެވެ. އެމެރިކާގެ ކުންފުންޏެއްގެ މުވައްޒަފުންނަށް މިކަން މިވަނީ ހަގީގަތަކަށް ވެފައެވެ.

ކްރެޑިޓް ކާޑުތައް ޕްރޮސެސްކޮށް، މާލީ ކަންކަމާއި ގުޅޭ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ ކުންފުންޏެއް ކަމުގައިވާ "ގްރެވިޓީ ޕޭމަންޓްސް" މިވަނީ ކޮންމެ މީހަކުވެސް ވަޒީފާ އަދާ ކޮށްލަން ދާން ބޭނުންވާ ތަނަކަށް ވެފައެވެ. އެއީ ސަބަބެއްވެސް ނެތިއެއް ނޫނެވެ. އެ ކުންފުނީގެ ސީއީއޯ ވަނީ އެ ކުންފުނީގައި މަސައްކަތް ކުރަމުން އަންނަ 200 އެއްހައި މުވައްޒަފުންގެ މުސާރަ އަހަރަކު އެއް މިލިއަން ދިވެހި ރުފިޔާ ނުވަތަ 70،000 އެމެރިކާ ޑޮލަރަށް ބޮޑު ކޮށްދޭން ނިންމާފައެވެ. މި އަދަދަކީ އެ ކުންފުނީގެ އެންމެ ދަށް ފަންތީގެ މުވައްޒަފުންނަށް ދޭން ނިންމާފައިވާ އަދަދު ކަމުގައި ވާއިރު، ބޮޑެތި މަގާމުތަކުގައި ތިބޭ މީހުންނަށް މިއަށް ވުރެންވެސް ބޮޑު މުސާރަ އެއް ދޭން ވަނީ ނިންމާފައެވެ.

ގްރެވިޓީ ޕޭމަންޓުގެ ބައެއް މުވައްޒަފުން

މީގެ ކުރިންވެސް މިގޮތަށް އަމަލު ކުރަން މި ކުންފުނިން ނިންމާފައި ވާއިރު، ކޮންމެ އަހަރަކުވެސް ދަނީ ވަކި ވަރަކަށް މުސާރަ އިތުރު ކުރަމުންނެވެ. އަދި 2024ގެ ނިޔަލަށް އެ އަދަދަށް ނުވަތަ އެއަށްވުރެންވެސް ގިނައިން އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދިނުމީ ގްރެވިޓީ ޕޭމަންޓްސްގެ ސީއީއޯ އަދި ވެރިޔާ، ޑޭން ޕްރައިސްގެ އެންމެ ބޮޑު އެއް އަމާޒަށް ވަނީ ވެފައެވެ.

މިގޮތަށް މުސާރަ ބޮޑު ކުރަން ފެށި ފުރަތަމަ އަހަރު ކުންފުނީގެ އަގު ވެއްޓިފައި ވީ ނަމަވެސް، ޑޭން ވަނީ އޭނާގެ މުސާރަ ކުޑަކޮށްފައި މުވައްޒަފުންގެ މުސާރަ ބޮޑު ކޮށްދީފައެވެ. އޭނާ މައުލޫމާތު ދޭ ގޮތުގައި އެ ކުންފުނީގެ ހުރިހާ މުވައްޒަފުންވެސް އަމިއްލަ ގެތަކާއި އަގުބޮޑެތި ކާރުތައް ގަނެ، ކުރިން ބޮޑެތި ލޯނު ނަގައިގެން ތިބި މީހުންވެސް މިހާރު އުޅެމުން އަންނަނީ ވަރަށް އަރާމުގައެވެ.

ގްރެވިޓީ ޕޭމަންޓުގެ ސީއީއޯ .މިއީ ދުނިޔޭގެ އެންމެ ރަނގަޅި ބޮސްގެ ގޮތުގައި މަޝްހޫރު ވެފައިވާ މީހާ

ޑޭން ކޮންމެ އަހަރަކުވެސް މުސާރަ ބޮޑު ކުރާއިރު މިކަމަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓި، އެތައް މިލިއަން ބަޔަކު އެ ކުންފުންޏަށް މަސައްކަތް ކޮށްދޭން ބޭނުންވާ ކަމަށްބުނެ ވާހަކަ ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒާޒޫ

    އަޅެ ހާދަ ރަނގަޅު ބޮސްއެކޭ

    17
  2. ވަހުތާނު އަހުމަދު

    އަނެއްކާ ޖާބިރުގެހިއްސާއޮންކުންފުންޏެއްނޫންބާ ؟؟

    14
    1