ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޮނަސްގެ ކައިވެންޏަށް އަަހަރެއް ވަނީއެވެ. އުމުރުގެ ބޮޑު ތަފާތެއް މި ދެ މީހުންހުރި ކަމުގައިވިޔަސް، މުޅި ދުނިޔެއަށް މި ދެމަފިރިން ސާބިތުކޮށްދިނީ، އެއީ އެއްވެސް ކަމެއް ނޫން ކަމެކެވެ.

ޕްރިޔަންކާ އާއި ނިކް އެކު އެކީގައި ތަންތަނަށް ދަތުރުކޮށް ހަދައެވެ. ނިކްގެ ކޮންސާޓްތަކަށް ޕްރިޔަންކާ ދެއެވެ. އަދި ޕްރިޔަންކާ މަސައްކަތުގައި އުޅޭ ވަގުތު ނިކް އެތަނަށްވެސް ދެއެވެ. މިއީ މި ދެ މީހުން އުޅޭ ގޮތެވެ.

މީގެ އިތުރުން، މީީޑިއާގެ ސަމާލުކަމަށް ިމިހާރު މި ދެމަފިރިންނާއި ގުޅޭގޮތުން އައިސްފައި ވަނީ ދެމަފިރިން އެއްގޮތަށް ހެދުން އަޅާ ވާހަކައެކެވެ.

ޕްރިޔަންކާ އޭނާގެ ފިލްމް ދަ ސްކައި އިޒް ޕިންކްގެ ޕްރޮމޯޝަނަލް ޓުއާގައި ހެދުން އަޅާފައި ހުރީ އޭނާގެ ފިރިމީހާ ނިކްގެ އަލަމާރީގައި ހުރި ހެދުންތައް ބަލައިގެން ތޯ ބައެއް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ. އެހާވެސް ދެ މީހުން ހެދުން އަޅާ ގޮތް އެއް ގޮތެވެ.

ޕްރިޔަންކާ ހެދުން އަޅާފައި ހުރި ގޮތުން އެތައް ބަޔަކު ބުނަމުން ދަނީ، ޕްރިޔަންކާ ހީވަނީ ތަނެއްގެ ވެރިއެއް ހެން ކަމަށެވެ.

އަދި އޭގެ ކުރިންވެސް ނިކް ލާ އެއްޗެހީގެ ވައްޓަފާޅި އާއި އެ ކުލަޔާ އެއްގޮތްވާ ގޮތަށް ޕްރިޔަންކާ ހެދުން އަޅާފައި އެބަ ހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޮނބި

    މެއް......? ދެޓް އިޒް ނޮޓް ކޮޕީންގ.. ދެޓް އިޒް ކޯލްޑް ކަޕްލް ގޯލްސް....???

    18