މިއީ ދެކުނު އަތޮޅުގެ ރަށެއްގެ މީހަކު ކައިވެނިކޮށްގެން ދިރިއުޅުން އައްޑު އަތޮޅަށް ބަދަލުވި ފަހުން ދިމާވި ހާދިސާއެކެވެ. މި ހާދިސާގެ ވާހަކަ ގެނެސްދީފައި މި ވަނީ، އެ ހާދިސާގައި ކަނޑުވި ފިރިހެނެއްގެ އަނބިމީހާ "ވަގުތު" އަށް ދީފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ.
އެއީ މީގެ 55 ވަރަކަށް އަހަރު ކުރިއެވެ. އަހަރެން ކުޑައިރު ދިރިއުޅުން އައްޑޫއަށް ބަދަލު ކުރީމެވެ. އަހަންނަކީ ހުވަދު އަތޮޅުގެ މީހެއް ނަމަވެސް، ދިރިއުޅުމުގެ ކަންކަން ހުރިގޮތުން އައްޑޫއަށް ބަދަލުވެ އެ އަތޮޅު ރަށެއްގައި ދިރިއުޅެން ފަށައިގަތީމެވެ. އަދި އެރަށުގައި ދިރިއުޅެމުން ދަނިކޮށް، ހުވަދު އަތޮޅު މީހަކާއި ދިމާވެގެން އުފެދުނު ލޯބި ކައިވެންޏާ ހަމައަށް ގެންދިޔައީއެވެ.
އަހަރެމެން އައްޑޫގައި އުޅެމުން އައީ، މީހެއްްގެ ގޭގައެވެ. އޭރު ދިރިއުޅުން ވަރަށް އުފާވެރިއެވެ. އެއީ އަހަރެންގެ ފުރަތަމަ ޒަވާޖީ ހަޔާތް ކަމުން، ހަޔާތުގެ ބައިވެރިޔާއާއެކު އުފަލުގައި ދިރިއުޅެވޭތޯ މަސައްކަތް ކުރީމެވެ. ހަޔާތުގެ އުފާވެރި ދުވަސްތައް ގުނަމުންގޮސް، އަހަރެމުންގެ ދެމަފިރިންނަށް ލޯބިލޯބި އަންހެން ދަރިއަކު ލިބުނެވެ.
އަހަރެން ފިރިމީހާއަކީ މާލެއާއި އައްޑޫ އާ ދެމެދު ބޯޓު ދަތުރު ކުރަމުން އައި މީހެެކެވެ. މިގޮތަށް އުޅެމުން ގޮސް، އައްޑޫގައި އަލަށް ބަން ބައްތެއްޔެއްގައި އަހަރެންގެ ފިރިމީހާ މާލެއަށް ދިޔައެވެ. އޭރު އަހަރެމުންގެ ދަރިފުޅަށް ނުވަ މަސް ވަރު ވެދާނެއެވެ.
އަހަރެންގެ ފިރިމީހާ މާލެ ދިއުމުން ދަރިފުޅުގެ ހުރިހާ ކަމެއް ކުރަމުން އައީ އަހަންނެވެ. އެ ޒަމާނަކީ ފޯނު ހުންނަ ޒަމާނެއް ނޫންކަމުން، ފިރިމީހާ ގޮސް އެނބުރި އަންނާނެ ދުވަހެެއް ނޭނގެއެވެ. އަދި ފިރިމީހާއަށް މާލެ ދެވިއްޖެކަން ނުވަތަ ނޫންކަންވެސް އެނގޭނެ ފަސޭހަ ގޮތެއް ނޯވެއެވެ.
އެހެން ނަމަވެސް، ފިރިމީހާއާއި، އެ ބައްތެލިން ދަތުރު ކުރި މީހުން އެނބުރި ރަށަށް އަންނަން ދަތުރުފެށިކަން ކަށަވަރުކުރެވުނެވެ. އެއީ މާލެއިން ލިބުނު މައުލޫމާތަކުންނެވެ.
އާނއެކެވެ. އެ މީހުން ރަށަށް އަންނަން ފުރިއެވެ. އެހެންނަމަވެސް ނަސީބު ކަން ދިމާކުރި ގޮތުން، އެނބުރި ރަށަށް އައުމުގެ ނަސީބެއް ނުލިބުނެވެ. އެ ބައްތެލީގައި ދަތުރު ކުރި އެންމެން ކަނޑުވީ ކަމަށް އެންމެންވެސް ގަބޫލުކުރެވުނެވެ. އެމީހުން ވީނުވީއެއް ނޭގި ގެއްލުނީއެވެ.
އެ ބައްތެލީގައި ދަތުރު ކުރީ ކިތައް މީހުން ކަން ނޭނގުނު ނަމަވެސް، އެ ބައްތެލި ރަށަށް ނާންނަތާ ގިނަ ދުވަސްވުމުން، އެމީހުން ހޯދުމުގެ މަސައްކަތް އޭރު ހުރި ވަސީލަތްތައް ބޭނުންކޮށްގެން ކުރިއެވެ. ނަމަވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. އަދި އެ މީހުން ދަތުރުކުރި ބައްތެލި ވެސް ނުފެނުނެވެ.
އެންމެ ފަހުން ފިރިމީހާ ގެއްލުނީ ކަމަށް ނިންމައި، އައްޑޫގައި އަހަރެން ދިރިއުޅެމުން އައި ގެ ދޫކޮށް އެނބުރި ރަށަށް ދިޔައީމެވެ. އަދި ހަތަރު އަހަރާއި ހަތަރު މަހާއި، 10 ދުވަސް ފަހުން އަހަރެން އެހެން މީހަކާއި ކައިވެނި ކުރީމެވެ. އަހަރެންނަށް އޭނާގެ ހަނދާންތައް ފޮހު ނުލެވުނު ނަމަވެސް، ދިިރިއުޅުން އުފާވެރި ކަންމަތީ ކުރިއަށްގެންދެވޭތޯ މަސައްކަތް އެބަ ކުރަމެވެ.
އަހަރެންގެ އުމުރުން މިހާރު 68 އަަހަރުވެއްޖެއެވެ. އެ ހަނދާންތަކުގެ ވާހަކަ ކިޔާދޭ ކޮންމެ ފަހަަރަކު ހިތުގައި ރިހުމެއް ވެއެވެ. އެ ހަނދާންތަކާއި ދުރަށް ދާނީ ވަކި ކިހިނެއް ހެއްޔެވެ؟. އެއީ އަހަރެންގެ އަލަތު ފިރިމީހާއެވެ. އަހަރެންގެ ލޯބިވާ ޙަޔާތުގެ ބައިވެރިޔާ އެވެ.
ވަރަށް ހިތްދަތި ވާހަކައެއް...މީގެ ކުރިން ވެސް ވަގުތު ގައި ތި ވާހަކަ އޮތްހެންހީވޭ..މަތިވާހަކަ ކިޔާ 2ވަނަފަހަރު މީ..ފުރަތަމަ ފަހަރަށް އަޑުއެހީވެސް ވަގުތުއިން
ތަކުރާރުކޮ އް އެ އް ވާހަކަތަކެ އް ވަރަ އް ގިނަވެ އްޖެ
ތަކުރާރުކޮށް އެއް ވާހަކަތަކެއް ވަރަށް ގިނަވެއްޖެ
ރިޕީޓް. މިމީހުން ހީކުރަނީ ދެންއުޅޭނީ ގަޅިންނޭ.