ރޫހާނީ އެތައް ކަމެއްގެ ތެރޭގައި އެތައް ބަޔަކު އުޅެމުން ދެއެވެ. ބައެއް މީހުންނަކީ މިފަދަ ކަންކަމުގައި އެތައް އަހަަރެއް ހޭދަކޮށް، އެކަމުން ސަލާމަތްވެފައިވެސް ތިބި މީހުންނެވެ. ރޫހާނީ ކަންތައްތަކާއި، ކޮންމެ ވަގުތެއްގައިވެސް ކުރިމަތިވެދާނެއެވެ. ބައެއް މީހުން ހިއްސާ ކޮށްފައި ހުންނަ ވާހަކަތަކުން އެފަދަ ކަމަކާއި ކުރިމަތި ނުކުރައްވާތޯ ދުއާ ކޮށްލަކޮށްލާ ތިބޭ މީހުން މަދެއް ނޫނެވެ.

މިއިވެސް އެފަދަ ހާދިސާއެކެވެ. މީސް މީޑިއާގެ ޕްލެޓްފޯމެއްގައި މީހަކު ހިއްސަކޮށްފައިވާ ހަގީގީ ބިރުވެރި ވާހަކައެކެވެ.

މިކަމެއް ހިނގިއިރު އޭނާއަށް ވާނީ އެންމެ 10 އަހަރެވެ. ބިރުވެރި ރެއެކެވެ. ނިދާފައި އޮއްވާ ކުއްލިއަކަށް ނިދިން ހޭލެވުނީ ކޮޓަރީގެ ދޮރު ހުޅުވާފައި މީހަކު އެތެރެއަށް ވަންނަ އަޑު އިވިގެންނެވެ. އެ މީހަކު އައިސް އިށީންދެލީ އޭނާ އޮށޯވެގެން އޮތް އެނދުގެ އެއް ފަރާތެއްގައެވެ.

"އަހަރެންނަށް ބިރުން ނެތް ގޮތެއް، އެނދުވެސް ހީވީ ގެނބިގެން ހިނގައިދާނެހެން. އެކަމަކު އެއީ މަންމަ ކަމަށް ވެދާނެތީ، އަހަރެން ދެލޯ ހުޅުވާލީން".

އެކަމަކު ކަންވީ އެހެނެއް ނޫނެވެ. އެއީ އޭނާގެ މަންމައެއް ނޫނެވެ.

އެއީ ދެ ލޯ ނެތް ފިރިހެން ކުއްޖެކެވެ. ދެ ލޯ ހުންނަ ތަން ހުރީ ހުސްކޮށެވެ. ބިރުން ތުރުތުރުއަޅާ ވަރުވިއެވެ. އޭނާ އިށީންދެ އިނީ އެނދުގައި ފައިލާ ކޮޅުގައެވެ. އޭނާގެ އުމުރު ވާނީ އަހަރެންނާއި އެއްވަރަކެވެެ.

"އޭނާ އަހަރެންނާ ދިމާލަށް އަތް ދިއްކޮށްލި. އަތު ތެރޭގައި އޮތީ ކުޑަ ފޮއްޓެއް، އަހަރެން އޭތި ނެގުމަށް އަތް ދިއްކޮށްލުމުން، އޭނާ އެ ފޮށި ދުރަށް ޖައްސާލި. އަހަރެން އަނެއްކާވެސް އެ ފޮށީ ނެގުމަށް އަތް ދިއްކޮށް، "ގެންނާށޭ" ބުނެފައި، އަހަރެން ލޯ މަރާލާފައި ލޯ ހުޅުވާލިތަނުން އޭނާ ގެއްލިއްޖެ. އެކަމަކު އަހަރެންގެ އެނދުގައި އޭނާ އިށީންދެން އިން ތަނުގެ ނިޝާންތައް ފެންނަން ހުރި". މި ވާހަކަ ހިއްސާ ކުރި މީހާ ލިޔެފައި ވެއެވެ.

އޭގެ އަހަރުތަކެއް ފަހެވެ. ލޯބިވެރިޔާ ގެއަށް އައިސް، އުޅުނު ދުވަހެކެވެ. ދެ މީހުން އެކުގައި ސްކޫލުން ގޭގައި ކުރަން ދީފައި ހުރި މަސައްކަތްތައް ނިންމާލިއެވެ. އަދި ލޯބިވެރިޔާ އިރުކޮޅަކަށް ނިދާލަން އެނދުގައި ޖައްސާލީ، މައިންބަފައިން ބަލާ އަންނަން ދެންނެވެ.

"އޭނާގެ މައިންބަފައިން އައުމުން، އަހަރެން އޭނާއަށް ގޮވިން، އޭނާ ދެ ލޯ ހުޅުވާފައި ބަލަން ހުރީ ކޮޓަރީގެ އެއް ފަރާތެއްގެ ސީލިންގއާ ދިމާލަށް މައްޗަށް. އޭނާ އަތުން އެތަނަށް އިޝާރަތް ކުރި. އޭގެ ފަހުން އަނެއްކާވެސް ދެ ލޯ މަރާލާފައި ނިދާލި".

އޭނާ ހޭލައްވަން މަސައްކަތް ކުރިއެވެ. އިރުކޮޅެއް ފަހުން އޭނާއަށް ހޭވެރިކަން ޖެހުނެވެ. އަދި ކިހިނެއްވީތޯ ސުވާލު ކުރިއެވެ. އޭނާ ހުރީ ބިރުންނެވެ.

"އަހަރެންނަށް އެ ސީލިންގއާ ދިމާލުން ފެނުނީ ކުޑަ ފިރިހެން ކުއްޖެއް، އޭނާގެ ލޮލެއް ނެތް. އޭނާ ހުރީ ފާރުގައި ސްޕައިޑާ މޭން ޕޯސް ދީގެން އަހަރެންނާ ދިމާލަށް ބަލަހައްޓައިގެން".

މިއީ އޭނާއަށް އަހަރުތެކެއް ކުރިން ފެނުނު ކުއްޖާއާ ހަމަ އެއްފަދަ ކުއްޖެއްކަން އެނގުމުން އޭނާވެސް ބިރު ގަތެވެ. އަދި އޭނާ ވަނީ އަހަރުތަކެއް ކުރިން އޭނާއަށް ހަމަ އެ ކުއްޖާ ފެނުނު ވާހަކަ ހިއްސާ ކުރިއެވެ.

މިކަމަށް މެދުކެނޑުމެއް އައިސްފައެއް ނުވެއެވެ. އަނެއްކާވެސް އޭގެ ފަސް އަހަރު ފަހެވެ. އެއިރުވެސް އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އެއިރުވެސް ދިމާވި ލޯބިވެރިޔާއާއެވެ. އަދި މި ދެ މީހުންގެ ދެ އަހަރުގެ ކުއްޖަކުވެސް އެއިރު ހުރެއެވެ.

"އަހަރުމެން ދިރިއުޅެމުން ދިޔައީ އަހަރެންގެ މައިންބަފައިންގެ ގޭގައި، އަހަރެން ކުރިންވެސް ނިދަމުން އައި ކޮޓަރީގައި".

އޭނާ ބުނާގޮތުން ނަމަ، އޭނާގެ އަންހެން ދަރިފުޅު ކޮންމެ ރެއަކުވެސް އެެއްގަޑިއަކަށް ހޭލަނީއެވެ. އަދި ވާހަކަ ދައްކާ ހަދައެވެ. ދަރިފުޅު ކޮންމެ ރެއަކުވެސް ދައްކަނީ ގާތްގަނޑަކަށް ހަމަ އެއް ވާހަކައެއްކަން އެނގެއެވެ.

"އަހަރެން މަޖަލަަކަށް ހަދާފައި ދަރިފުޅު ކައިރިން އެއްފަހަރު އަހާލިން ކާކާތޯ ވާހަކަދައްކަނީ، ދަރިފުޅު ބުނަނީ އެއީ ކުޑަ ފިރިހެން ކުއްޖެއް ކަމަށް. އަދި އޭނާ ގެއްލިގެން އުޅޭ ކަމާއި، މަންމަ ހޯދަނީ ކަމަށްވެސް ދަރިފުޅު ބުނި"،

އޭނާގެ ދަރިފުޅު ކޮންމެ ރެއަކު އެއްގަޑިއެއްގައި މި ކުއްޖާއާ ވާހަކަދައްކައެވެ. އަމިއްލަ އެހެން ގެއަކަށް އެ އަހަރު ބަދަލު ވަންދެން މިކަން ހިނގަމުން ދިޔަ ކަމަށް އޭނާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސާމީ

    ޤުރްއާން ގަބޫލުކުރާމީހަކު ރޫހާނީކަންކަމަށް ދެބަސްވެގެން ނުވާނެ އަހަރެމެންގެ ހަމަލޮލަށް އެއްޗެހި ފަރުދާކުރައްވާފައިވަނީ ހުރިހާމަހުލޫގުންގެ ވެރިﷲ އަހަރެމެން އިންސާނުންދެކެ ލޯބިވެވޮޑިގެންވާތީ. ރޫހާނީ އެއްޗެއް އޭގެ އަސްލުސޫރައިގަ އިންސާނަކަށް ފެނިއްޖެނަމަ އެމީހެއްގެ ހޭވެރިކަން ހަށިގަނޑަކު ނުހުންނާނެ މުޖައްރިބުކަމެއް އަދި ފެނުނަސް ފެންނާނީ ކޮންމެވެސް ގޮތަކުން އެއްޗަކާއި ރިލޭޓެޑްކަމެއް ވެފައޮތީމާ ކަމަށް ގަބޫލުކުރެވޭ.. އަދި ލޮލަށް ނުފެނުނު ކަމުގައިވިޔަށް ﷲ މަތިން ހަނދުމަ ނައްތައިފި މީހެއްގެ މައްޗަށް އޭނާއާއި ވަކިނުވެ ހުންނާނޭ ޖިންނިއެއް ފާކުރައްވާނެކަން އެކަލާންގެ ވަހީކުރައްވާފަެިވޭ. ވީމާ އެހެން ސިފައެއްގައިވެސް ފެނުން އެކަށީގެންވޭ.... ނަސޭހަތަކީ އަހަރެމެން ބިރުގަންނަން ހައްގު ފަރާތަކީ އާލަމްތަކުގެ ވެރިﷲއަށް، އަދި ރޫހާނީ ކަންކަމުން ރައްކާތެރިވާނެމަގު ﷲ އާއި އެކަލާންގެ ނަބިއްޔާ ވަނީ ވަރަސްވެސް ފުރިހަމަ ކޮށް ބަޔާންކޮށްދެއްވާފައި..

  2. ޖާ

    އެ ކުއްޖާގެ 2 ލޯ ނެތީކީއެއް ނޫން . އެކަހަލަ ކުދިންގެ ލޯ ހުންނާނާ ކަޅު ކުލާގަ ދެ ކަޅި ވެސް ހުންނާނީ ކަޅުކުލާގަ އެކަހަލަ ކުދިން އަރަބި ސަރަހައްދު އަދި އެމެރިކަން ކޮންޓިނެންޓުން ފެންނަކަމަށް ވަނީ ކުރީ ޒަމާންތަކުގަ އޭގެ އަންހެން ފިރިހެން ކުދިންވެސް އުޅޭ އެއީ “ ސްޓާރ ޗިލްޑްރަން “ އިނގިރޭސީން ކިޔާ ގޮތުންނަމަ ބެލެވޭ ގޮތުގައެއީ ޖިންނީންގެ ޤަބީލާތަކުގެ ތެރެއިން ޤަބީލާއެއް

    3
    1