މީގެ އަހަރުތަކެއް ކުރިން ޒުވާން ފިރިހެން ކުއްޖަކު ސައިކަލެއް ގަންގަން ވިސްނާ އިރުގައި އެންމެ ފުރަތަމަވެސް ވިސްނުމަށް އަންނާނީ ސުޒުކީ ބްރޭންޑުގެ ޖީއެން ސައިކަލެވެ. ނަމަވެސް މިހާރު އެ ވިސްނުން ދަނީ މަޑުމަޑުން ބަދަލުވަމުންނެވެ.

ފިރިހެނުން ޖީއެން ސައިކަލަށް ލޯބި ކުރާ އެންމެ ބޮޑު އެއް ސަބަބަކަށް ވެފައި ވަނީ އެއީ އަންހެން ކުދިންނަށް ވަރަށް ކަމުދާ ސައިކަލަކަށް ވެފައި އޭގެ އަގުވެސް ހެޔޮވީމައެވެ. އެއް ގާ ގަނޑުން ޖަހައި ދެ ދޫނި މަރާލެވުން ފަދަ ކަމަކަށް ވާތީއެވެ. ގިނަ ފަހަރަށް ބިޓެއް ހޯދަން މަސައްކަތް ކުރާ އިރުގައިވެސް ޖީއެން ސައިކަލެއް ހުންނަނަމަ މާ ބޮޑު އުނދަގުލަކާއި ނުލައި އޮންނާނީ ސެޓު ވެފައެވެ. އަންހެން ކުދިން ބުނާ ގޮތުގައި ޖީއެން ސައިކަލު ބަލާލަން ރީތިވެފައި އޭގެ މަތީގައި އިނދެލަންވެސް އަރާމެވެ. އަދި ފިރިހެން ކުދިން އެ ސައިކަލު ދުއްވަން އިންނައިރު ވަރަށްވެސް "ސެކްސީ" އެވެ.

ނަމަވެސް، މިހާރު ޖީއެން ސައިކަލަށް މަރުދޭ އަންހެން ކުދިން ވަރަށްވެސް މަދުކަން ފާހަގަކުރެވޭނެއެވެ. އެއީ މާކެޓުގައި އެ ސައިކަލަށް ވުރެން މާ މޮޅެތި ސައިކަލުތައް ލިބެން ހުންނާތީއެވެ. މާލެ އާއި ހުޅުމާލޭ ދެމެދު މިހާރު ބްރިޖެއްވެސް އަޅާފައި އޮތުމުން ގިނަ އަންހެން ކުދިން ބޭނުންވަނީ ބާރަށް ދެވޭ ކަހަލަ ބޮޑެތި ސައިކަލުތަކެވެ. އެންމެ 125ސީސީގެ ޖީއެން ސައިކަލެއްގެ ފަހަތަށް އަރައިގެން ދާން އެ ކުދިން ބޭނުމެއް ނުވެއެވެ.

މިހާރު އަންހެން ކުދިންނަށް އެންމެ ކަމުދާ ސައިކަލުތަކުގެ ގޮތުގައި އުޅެނީ ބޮޑެތި އަދި އަޑު ބާރު ސައިކަލުތަކެވެ. ކަން މިހެން އޮތުމާއި އެކު މިހާރު ޖީއެން ސައިކަލުތައް ގަންނަ ފިރިހެން ކުދިންގެ އަދަދު ވަރަށްވެސް މަދުކަން ފާހަގަކުރެވޭނެއެވެ. ސަބަބަކީ އަންހެނުން ޖީއެން ސައިކަލަށް ޖެހުނު ލޯބި ފަނޑުވަމުން ދާތީއެވެ. ޒަމާނާއި އެއްވަރަށް ސައިކަލުގެ ސްޓައިލް ތައްވެސް ބަދަލުވާނެއެވެ. މިއީ ދޮގެއް ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ީިިިިަަަައިބިލިސް

  ބޮޑެތި އެއްޗިސް އޭ ކަމުދާނީ އެކުދިންނަށް

  39
  1
 2. ާހަހަހަ

  ކަލޭނޭ ރީތި ފޮޓޯއެއް ?

  10
 3. މަގޮލާ

  އެހެންވީމާ އަންހެންކުދިން ތިޔަ ރައްޓެހިވަނީ ސައިކަލާތާ... އަބަދުވެސް މުދަލަކާހެދި ބޫތުކައިފަ. ޕިސްޕިސް. ފީލިންގ ގޯލްޑް ޑިގާރ ?

  37
  3
 4. ޕަކާސް

  ކޯޗެކޭ ކިޔާކަށް؟ ތީ ހަމަ ހުސް ދޮގު. އިސްތިހާރު ކުރަންވެގެން

  20
 5. ބޭކާރު ވާހަކަ

  ޖީއެން އެއް ނޫން ސީއެން ފަހަތަކަސް އެެވެރިން ނާރާ މިހާރަކު. އެމީހުން އަމިއްލަ އެއްޗިހީގަ އެ ދުއްވާ ނަގަނި.

  14
  1